އެފްރިކާގެ ބެނިންގައި ނުރައްކާތެރި ވައިރަހެއް ފެތުރެނީ

Loading

Facebook
Twitter
WhatsApp

އެފްރިކާގެ ބެނިންގައި ނުރައްކާތެރި އެޗް.5.އެން.1 ވައިރަސް ފެތުރެމުން ދާކަމަށް އެ ގައުމުގެ އެގްރިކަލްޗާ މިނިސްޓްރީން ބުދަ ދުވަހު ހާމަކޮށްފިއެވެ.

ވައިރަސް އެ ގައުމުގައި ފެތުރެމުންދާކަން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ކޮމާޝަލް ވެރިރަށް ކަމުގައިވާ އަބިޑްޖާންގައެވެ. އެއީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މީގެ އިތުރުން ގާނާ، ޓޯގޯ، ނައިޖާ، ބުރްކިނާ ފާސޯ، ނައިޖީރިއާ، މޮރިޓޭނިއާ އަދި ސެނެގާލުން މި ވައިރަހުގެ ކޭސްތައް ފެނިފައިވެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށް ގެންދިޔަ ލެބޯޓްރީ ޓެސްޓުތަކުން އެނގިފައިވާ ގޮތުގައި މި ސަރަހައްދުތަކުގައި ދޫނިސޫފާސޫފި މަރުވުން އިތުރުވެފައި ވަނީ މި ވައިރަހުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން އެ ގައުމުގެ އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ދަނޑުވެރިންނާއި، ދޫނިސޫފާސޫފި ގެންގުޅޭ ފަރާތްތައް މިކަމަށް ސަމާލުކަން ދިނުމަށް ވަނީ ގޮވާލާފައެވެ. މި ލެބޯޓްރީ ޓެސްޓުތައް އަދި އިތުރަށް ތަހުގީގު ކުރުމަށް މިހާރު ވަނީ ސާމްޕަލްތައް އިޓަލީއަށް ފޮނުވާފައެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1996 ވަނަ އަހަރުއެވެ. އެއީ ޗައިނާގެ ސަރަހައްދެއްގައި ދޫނިތަކަކަށް ޖެހުނު ބައްޔެކެވެ. ނަމަވެސް މިހާރު މި ވައިރަސް 50 އަށް ވުރެ ގިނަ ގައުމަށް ވަނީ ފެތުރިފައެވެ. ބައެއް ފަހަރު އިންސާނުންނަށްވެސް މި ބަލި ޖެހެއެވެ. ނަމަވެސް މިހާތަނަށް އިންސާނުންގެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑް އަކާ ހިސާބަށް މި ވައިރަސް ފެތުރިފައެއް ނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް