އަލްޖީރިޔާގައި ދިމާވި އަލިފާނުގެ ހާދިސާގައި އެ ގައުމުން ކުށްވެރިކުރީ މޮރޮކޯ އާއި އިޒްރޭލު

Loading

Facebook
Twitter
WhatsApp

އަލްޖީރިޔާގައި ދާދި ފަހުން ދިމާވި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އަލްޖީރިޔާގެ ރައީސް އޮފީހުން މިދިޔަ ބުދަ ދުވަހު މައުލޫމާތުދެއްވި ގޮތުގައި ސަރުކާރުން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ކަމުގައި ބައިވެރިވި ކަމަށް ލަފާކުރެވޭ 22 މީހުން ހައްޔަރުކޮށްފައެވެ.

މި މީހުން ނިސްބަތް ވަނީ އެ ގައުމުން ޓެރަރިސްޓު ގްރޫޕްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދެ ޖަމާއަތަކަށެވެ. އިސްލާމިކް ރަޝާދް ގްރޫޕްއާއި އެމް.އޭ.ކޭ އަށް ނިސްބަތްވާ މީހުންނަށް އެންމެބޮޑަށް އެހީތެރިވެދޭ ދެ ގައުމަކީ މޮރޮކޯއާއި އިޒްރޭލު ކަންވެސް މިކަމާ ގުޅިގެން ރައިސް އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އަލްޖީރިޔާއާއި މޮރޮކޯއާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރައްވާނެކަންވެސް އެ ގައުމުގެ ރައީސް ވިދާޅުވިއެވެ. މި ކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ސަރުކާރުން އަދި ދީފައެއް ނުވެއެވެ. އަދި މޮރޮކޯ އާއި އިޒްރޭލުގެ ފޮރިން މިނިސްޓްރީންވެސް އެ ކަމާ ގުޅިގެން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް