ލުބުނާން ތެލަށް ޖެހިއްޖެ: އިރާނުގެ ތެޔޮ ބޯޓެއް ލުބްނާނަށް ދަތުރު ފަށައިފި

Loading

Facebook
Twitter
WhatsApp

ލުބްނާންއަށް ދިމާވެފައިވާ ތެލުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލުބުނާންގެ ޖަމާއަތަކުން އިންތިޒާމްކޮށްގެން އިރާނުން ތެޔޮބޯޓެއް އެ ގައުމަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމާ ގުޅިގެން ހިޒްބުﷲގެ ލީޑަރު، ޙަސަން ނަސްރުﷲ (ފޮޓޯ) މިދިޔަ ބުދަ ދުވަހު ދެއްވި ޚިޠާބެއްގައި ވިދާޅުވީ އެ ތެޔޮބޯޓު އިރާނުން ފުރުމާ އެކު އެ ބޯޓު ލުބްނާނުގެ ޒިންމާގެ ދަށަށް ވަންނާނެކަމަށެވެ. އެހެންކަމުން އެމެރިކާ އާއި އިޒްރޭލު ފަދަ ގައުމުތަކުން މި ކަމުގެ ތެރެޔަށް ނުވަނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. މި ކަމަކީ ހަމައެކަނީ އެ ގައުމަށް ދިމާވެފައިވާ އިގުތިސާދީ ބަލިމަޑުކަމުން އަރައިގަތުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށާއި ފޮރުވިފައިވާ އެހެން އެއްވެސް މަގުސަދެއް މިކަމުގެ އަޑީގައި ނުވާނެކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ތެޔޮބޯޓު ލުބުނާނަށް ބަނދަރުކުރާނީ ކޮން އިރަކު ކަމާއި ކޮން ތަނަކަން ކަން ނަސްރުﷲ ވިދާޅުވެފައެއް ނުވެއެވެ. އޭނާ ވިދާޅުވީ މި މައުލޫމާތު ހިއްސާ ކުރެވޭނީ އެ ބޯޓު މެޑިޓަރޭނިއަން ކަނޑާ ހަމައަށް ފޯރުމުންނެވެ.

ލުބްނާންގެ އިގުތިސާދީ ހާލަތު ވަނީ ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ބޭރުފައިސާގެ ސްޓޮކް ހުސްވެ، ސެންޓްރަލް ބޭންކުން ވަނީ އެ ގައުމަށް އެތެރެ ކުރެވޭ މުދާ މަދުކުރުމަށް ނިންމާފައެވެ. އަދި ލުބްނާނުގެ ސިފައިން ވަނީ ޕެޓްރޯލް ސްޓޭޝަންތަކުން ތެޔޮ ވިއްކުން މަނާކޮށްފައެވެ. އެއީ ތެލުގެ ބޭނުންޖެހޭ މުހިންމު އެހެން ކަންކަމަށް ބޭނުންކޮށް ރައްކާ ކުރުމަށެވެ. މުޅި ގައުމުން ތެޔޮ ހުސްވާންފެށުމާ ގުޅިގެން އެ ގައުމުގައި ހުރި މަތީފެންވަރެއްގެ ޕްރައިވެޓް ހޮސްޕިޓަލުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑީސަލް ހުސްވެއްޖެ ނަމަ ހޮސްޕިޓަލުން ކަރަންޓުކެނޑި އެތައް ސަތޭކަ ބަޔެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެކަން އެ ހޮސްޕިޓަލުތަކުން ވަނީ ފާހަގަކޮށްފައެވެ. ލުބްނާނުގެ ފައިސާގެ އަގު ވަނީ 90 އިންސައްތަ ދަށަށް ގޮސްފައެވެ. އެ ގައުމުގެ ޖުމްލަ އާބާދީގެ 78 އިންސައްތަ މީހުން ދިރިއުޅެމުން ދަނީ ފަގީރުކަންމަތީގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް