އެމެރިކާއިން ގާއިމުކުރި އެންމެ ޒަމާނީ މިލިޓްރީ ބޭސްތަކާއި ހަތިޔާރުގެ މިލްކުވެރިކަން ޠާލިބާނުންނަށް

Loading

Facebook
Twitter
WhatsApp

ޠާލިބާނުން އަފްޣާނިސްތާނު ހިފުމާ އެކު އެމީހުންގެ ބާރުގެ ދަށަށް ވަނީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ ބްލެކްހޯކް ހެލިކޮޕްޓަރުތަކަކާއި ޢަސްކަރީ ހަތިޔާރުތައް ގެނެސްފައެވެ. މިއީ ދުނިޔޭގެ ތަހުޒީބީ އެތައް ގައުމުތަކުގައިވެސް ނެތް ވަސީލަތެކެވެ.

އެމެރިކާގެ ސަބަބުން ތާލިބާނުގެ އަތްދަށަށް މިހާރުވަނީ 11 މިލިޓްރީ ބޭސް ގެނެވިފައެވެ. މީގެ ތެރޭގައި ފުރިހަމަ ޢަސްކަރީ ތަމްރީނު ލިބިފައިވާ އެތައް ސަތޭކަ ހަނގުރާމަވެރިންގެ ލަޝްކަރެއްވެސް ހިމެނެއެވެ. މި ހުރިހައި ވަސީލަތެއްގެ އިތުރުން އަދި އެއާރ ފޯސްއެއް ލިބުމަކީ ޠާލިބާން ޖަމާއަތަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީކަން އެމީހުންވެސް ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާއިން ވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހާއި ޖޫން މަހުގެ ތެރޭގައި އަފްޣާން ނެޝަނަލް ޑިފެންސް އެންޑް ސެކިއުރިޓީ ފޯސްއަށް 6 އޭ-29 ލައިޓް އެޓޭކް އެއާރކްރާފްޓްއާއި، 174 ހައި މޯބިލިޓީ މަލްޓިޕާރޕަސް ވީލްޑް ވެހިކްލްއާއި، 10000 ރޮކެޓާއި، 61000 އެކްސްޕްލޯސިވްސް އަދި 9000000 އުންޑަ ފޯރުކޮށްދީފައެވެ. މިހުރިހާ ތަކެއްޗެއް ވަނީ ޠާލިބުންގެ އަތްމައްޗަށް އަރާފައެވެ.

އަފްޣާނިސްތާނުގައި އެމެރިކާގެ ވެހިކަލްތައް: މިހާރު ޠާލިބާނުންގެ މިލްކެއް

އަފްޣާނިސްތާނުގެ އެއާރ ފޯސް ( އޭ.އޭ.އެފް) މައިގަނޑު ގޮތެއްގައި ބޭނުންކޮށް އުޅެނީ ތިން ވައްތަރެއްގެ އުޅަނދެކެވެ. އެއީ ބްލެކްހޯކްސް، އެމް.ޑީ-530 އަދި 56-އެމް.އައި-17 އެވެ. މީގެ އިތުރުން ޚާއްޞަ ޙާލަތްތަކުގައި ޓުކަނޯ ފްލައިޓާސްއާއި، ހަރކިއުލީސް ޓްރާންސްޕޯޓް ކްރާފްޓް، ޔުޓިލިޓީ ކްރާފްޓް އަދި އޭ.ސީ-208 ފިކްސްޑް ވިންގް އެއަރކްރާފްޓްވެސް ބޭނުންކުރަން ފަށާފައިވެއެވެ. މިހުރިހާ ތަކެއްޗެއް ބޭނުންކުރަން އަމާޒު ކުރެވިފައި އޮތީ ޠާލިބުންނާ ދެކޮޅަށެވެ.

ޖުމްލަގޮތެއްގައި އަފްޣާނިސްތާނުގެ ލަޝްކަރުގެ ބާރުގެ ދަށުގައި 211 އެރާ ޕްލެޓްފޯމްތައް ހުއްޓެވެ. މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށްވެސް އެ ގައުމުގެ ސަރުކާރުން ވަނީ މިތަނުން 167 ޔުނިޓްގެ ބޭނުން ހިފާފައެވެ.

އެމެރިކާއިން އަފްޣާނިސްތާނުގައި 11 މިލިޓެރީ ބޭސްއެއް އުފައްދަވާފައިވެއެވެ. އެއީ ނިއު އެންޓޮނިކް، ކަންދަހާރް އެއަރފީލްޑް، ކޭމްޕް މޯހެޑް، ނިއު ކާބުލް ކޮމްޕްލެކްސް، ބްލޮކްހައުސް، ކޭމްޕް ސްޓޭވެންސަން، ކޭމްޕް ޑާޔާ، ކޭމްޕް ލިންކޮން، ކޭމްޕް އެރީނާ، ބަގްރާމް އެއާރފީލްޑް އަދި ރިސޮލިއުޓް ސަޕޯޓާރސް ހެޑްކުއާރޓާސްއެވެ.

އެމެރިކާއިން މިތަންތައް ބިނާކޮށް ހުރިހައި ވަސީލަތްތަކެއް އެތަންތަނުގައި ގާއިމުކޮށް އަފުޣާނިސްތާނުގެ ސަރުކާރާ ހަވާލުކުރުމަށްފަހު، އަފްޣާނިސްތާނުން ހުރިހައި އެމެރިކާ ސިފައިން މި އޮގަސްޓު މަހުގެ ފަހުދުވަހު ފޭބުމަށް ވަނީ ކަނޑައެޅިފައެވެ. އެ ހުރިހާ ކަމެއް އެގޮތަށް ކަނޑައަޅާފައި ވަނިކޮށް ޠާލިބާނުން އަފްޣާނިސްތާން ފަތަހަކޮށް އެމީހުންގެ ބާރުގެ ދަށަށް އެ ހުރިހާ ހަތިޔާރަކާއި އުޅަނދުތައް ގެނައެވެ.

އެމެރިކާއިން އިރާގުގައިވެސް އަމަލުކޮށްފައިވަނީ ހަމަ އަފުޣާނިސްތާންގައި ކަންތައް ކުރިފަދަ ގޮތަކަށެވެ. ސުލްހަވެރިކަމުގެ ނަމުގައި އެމެރިކާއިން މިފަދަ ކަންކަން ކޮށް އެންމެ ފަހު ވަގުތު އެ ގައުމެއް ހަލާކުގެ ތެރެއަށް އެއްލާލައި އެތަނަކުން އެމީހުން ފިލައި ރައްކާވެއެވެ.

އަފުޣާނިސްތާނުގައި ޠާލިބާނުން ހޯދި ކާމިޔާބަކީ މުޅި ދުނިޔެއަށް ހައިރާންކަން ވެރިގެންދިޔަ ކާމިޔާބީއެކެވެ.

 

Loading

One Response

  1. މުސްލިމުންނައް ނަސްރުދެއްވުން އެއީ ﷲގެ ޒާތުފުޅައް ލާޒިމު ކުރައްވާ ލިއުއްވާފައި ވާކަމެކެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް