ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމެއްގައި އެތައް ބަޔަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޔުނައޓެޑް ސްޓޭސް ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދީފައިވާ ގޮތުގައި ހެއިޓީއަށް އައި ބިންހެލުމުގެ ބާރުމިނަކީ 7.2 މެގްނިޓިއުޑްއެވެ. މި ބިންހެލުން އައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ބިންހެލުން އައީ ވެރިރަށް ޕޯޓް އައު ޕްރިންސްއާއި 150 ކިލޯމީޓަރު ދުރުގައިވާ ޕެޓިޓް ޓްރޯޑިނިޕްލްސްއާއި ގާތްގަނޑަކަށް އަށް ކިލޯމީޓަރުގެ ސަރަހައްދަކަށެވެ. ހައިޓީގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ، ޖެރީ ޗާންދްލާރ އޭ.އެފް.ޕީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބިން ހެލުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ހާމަކުރާކަށް ނޭނގޭކަމަށެވެ. ނަމަވެސް އެތައް ބަޔަކު މަރުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ އަވަށުގެ ރައްޔިތެއް ކަމުގައިވާ ކްރިސްޓެލާ ސެއިންޓް ހިލެއާރ އޭ.އެފް.ޕީ ނޫހުގެ ރިޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެ ގައުމު އަދިވެސް މީގެ 11 އަހަރު ކުރިން ދިމާވެފައިވާ ބިންހެލުމުގެ ކާރިސާއިން މުޅިން ސަލާމަތްވެފައި ނުވާކަމަށެވެ. ސްކޫލްތަކާއި ހޮސްޕިޓަލުތައް އަލުން މަރާމާތު ކުރުމަށް ސަރުކާރުން ފެށި މަސައްކަތް އަދިވެސް ނުނިމެއެވެ. އެފަހަރުގެ ބިންހެލުމުގައި 200000 މީހުން މަރުވެ 300000 މީހުން ޒަހަމްވިއެވެ. އަދި ގާތްގަނޑަކަށް މިލިއަނެއްހާ މީހުންގެ ގެދޮރު ހަލާކުވެ މަގުމަތިވިއެވެ.

އެހާލަތުން އަދިވެސް އަރައި ނުގަނެވި އުޅެނިކޮށް އަނެއްކާވެސް މިހާ ބާރުގަދަ ބިންހެލުމެއް އައުން ވެގެން ދިޔައީ ހެއިޓީގެ ރައްޔިތުންނަށް ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމަކަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް