ޔަހޫދީން މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމަށް އިޒްރޭލު ސިފައިން އެހީވަނީ

Loading

Facebook
Twitter
WhatsApp

ނިއުޔޯކް ޓައިމްސްގައި އަންގާރަދުވަހު ޝާއިރުކޮށްފަވާ ލިޔުމެއްގައިވާ ގޮތުގައި އިޒްރޭލުން މިހާރު ވަނީ މަސްޖިދުލް އަގްސާއަށް ޔަހޫދީން ވަދެ މިސްކިތުގެ ތެރޭގައި އެމީހުންގެ އަޅުކަމާބެހޭ ކަންކަން ކުރުމުގެ ހުއްދަ ދީފައެވެ.

ޔަހޫދީން ދެކޭ ގޮތުގައި މަސްޖިދުލް އަގްސާ ހުންނަ ތަނަކީ އެމީހުންގެ މުގައްދަސް ފައްޅިއެއް ކަމުގައިވާ ޓެމްޕްލް މައުންޓް ހުންނަ ސަރަހައްދެވެ.

މަސްޖިދުލް އަގްސާގައި ޔަހޫދީން އަޅުކަން ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައިވަނީ އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ދައުރުގައެވެ. އެއީ މީގެ ގާތްގަނޑަކަށް ފަސް އަހަރެއްހާ ދުވަސް ކުރީންނެވެ. އޭރު އެވާހަކަތަކަށް މީޑިއާގެ އެހާ ބޮޑު ސަމާލުކަމެއްދެވިފައެއް ނުވެއެވެ. ނަމަވެސް މިހާރު މި މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިސްކިތުގެ ތެރެއަށް ޔަހޫދީން ވަދެ އެމީހުން އަޅުކަން ކުރަން އުޅުމުގެ ތެރޭގައި މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އެތައް ކަމެއް އެމީހުން ކުރަމުންގެންދެއެވެ.

ޔަހޫދީން އަލް އަގްސާ މިސްކިތަށް ވަދެ ނިކުމެ އުޅެނީ އިޒްރޭލު ސިފައިންގެ ހިމާޔަތުގެ ދަށުންނެވެ. ނަމަވެސް މިސްކިތުގައި ނަމާދުކުރުމަށް ދާ ފަލަސްތީނުގެ މުސްލިމް މީހާއަށް އެތަނަށް ވަނުމުގެ ހުއްދައެއް ނުލިބެއެވެ. ފަލަސްތީނުގެ ވެސްޓް ބޭންކް ސަރަހައްދުގައި ތިން މިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެމުން ދިޔަކަމަކު އެތަނުން ގިނަ މީހުންނަށް ހަޔާތުގައި އެއްފަހަރުވެސް އެ މާތް މިސްކިތުގެ އެތެރެއަށް ވަދެވިފައެއްނުވެއެވެ.

އިޒްރޭލު ސިފައިން ވަނީ 2000 ވަނަ އަހަރު ވެސްޓް ބޭންކާއި މަސްޖިދުލް އަގްސާ ވަކިކޮށް ބޮޑު ފާރެއް ރާނާފައެވެ. އަދި ގަވައިދުތައް ހަދައި ވަކި އުމުރެއްގެ މީހުންނަށް ނޫނީ މިސްކިތަށް ވަނުމުގެ ހުއްދަ ނުލިބޭގޮތަށް އެމީހުން ވަނީ އިންތިޒާމުކޮށްފައެވެ.

ކަންކަން މިހެން ހުރި އިރު ޔަހޫދީ މީހާއަށް މިސްކިތުގެ ބިމުގައި އޭނާ ބޭނުން ކަމެއް ކުރުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް