ސާސްކޮވް 2 ޖެހި ރަނގަޅުވުން ފައިޒާ ވެކުސިން ޖެހުމަށްވުރެ 30 ގުނަ ރަނގަޅު

140

ސާސްކޮވް 2 ޖެހިފައި، ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ކޮވިޑް-19 ޑެލްޓާ ވޭރިއަންޓާ ކުރިމަތިލާ ނިޒާމް ފައިޒާ ވެކްސިން ޖަހާ މީހުނަށް ވުރެ 30 ގުނަ ރަނގަޅުކަން ފާހަގަ ކުރެވިއްޖެއެވެ.

މި ދިރާސާ ކޮށްފައިވަނީ އިޒްރޭލުގެ ވެރިރަށް ޓެލްއަވީވްގައި 700،000 މީހުން ތިން ބަޔަކަށް ބަހައިގެންނެވެ. އެއީ ވެކްސިން ޖެހުމެއް ނެތި ބަލިޖެހި ރަނގަޅު ވެފައިވާ ފަރާތްތަކާއި، ވެކްސިންގެ އެއް ޑޯޒް ޖަހައި އަދި ބަލިޖެހި ރަނގަޅުވެފައިވާ ފަރާތްތަކާއި، ހަމަ އެކަނި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކެވެ.

މި ދިރާސާ އިން ދެއްކި ގޮތުގައި ބަލިޖެހި ރަނގަޅު ވެފައިވާ ފަރާތްތަކަށް އަލުން ބަލިޖެހުމުގެ ފުރުސަތު ވެކްސިން ޖެހި ފަރާތްތަކަށްވުރެ 13 ގުނަ ކުޑައެވެ. މިކަމުން އެނގިގެންދަނީ ޤުދުރަތީ އިމިއުނިޓީއިން ލިބޭ ރައްކާތެރިކަމަކީ ވެކްސިން ޖެހުމުން ލިބޭ ރައްކާތެރިކަމަށްވުރެ ގިނަ ދުވަހަށް ދެމިހުންނަ، މާ ރަނގަޅު ރައްކާތެރިކަމެއް ކަމެވެ.

ދިރާސާ ކުރި ޑޮކްޓަރުންނަށް ވެކްސިން ޖެހުމުގެ އިތުރުން ބަލި ޖެހި ރަނގަޅު ވެފައިވާ ފަރާތްތަކުގެ ކިބައިން ފެނުނު ނަތީޖާ ވެކްސިން ނުޖަހާ ފަރާތްތަކުން ލިބުނު ނަތީޖާ އަށްވުރެ ރަނގަޅު ކަމުގައި ވިޔަސް، އެ ތަފާތަކީ މާ ބޮޑު ތަފާތެއް ނޫން ކަމަށް ވަނީ ނިންމާފައެވެ. ބަލި ޖެހި ރަނގަޅުވާ ފަރާތްތަކުގެ އިމިއުނިޓީ ރަނގަޅުވާ ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ވިދާޅުވަނީ، ބީ އަދި ޓީ ސެލްގެ މެމަރީ ބަލިޖެހި ރަނގަޅުވާ ފަރާތްތަކުގެ ރަނގަޅުވުމެވެ. އަދި ބަލި ޖެހުމުން އަސްލު ވައިރަސްއާ ކުރިމަތިލާން ޖެހުމެވެ. ނަމަވެސް ވެކްސިން ޖެހުމުން ހަށިގަނޑަށް ފާހަގަ ވަނީ ހަމައެކަނި އެ ވައިރަސްގެ ސްޕައިކް ޕްރޮޓީންއެވެ.

މި ދިރާސާ އަދި ރިވިއު ކޮށްފައިނުވި ކަމުގައި ވިޔަސް ފެނިފައިވާ ނަތީޖާތަކަކީ މިފަދަ އެހެން ދިރާސާތަކުގެ ނަތީޖާތަކާ އެއްފަދަ ނަތީޖާއެކެވެ. ޖުލައި މަހު އިޒްރޭލުގެ ހެލްތް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހި ރަނގަޅު ވެފައިވާ 850،000 އިޒްރޭލު މީހުންގެ ތެރެއިން އަލުން ބަލި ޖެހިފައި ވަނީ ހަމަ އެކަނި 72 މީހުންނަށެވެ.

ޑަބްލިޔު އެޗް އޯ އިން ޖުލައި މަހު ނެރުނު ހިސާބު ތަކުން ދައްކާ ގޮތުގައި ބަލި ޖެހި ރަނގަޅުވާ %95 މީހުންގެ ހަށިގަނޑުގައި ބައްޔާ ކުރިމަތިލާ ނިޒާމު 6 މަސް ވަންދެން ރަނގަޅު ވަރެއްގައި ހުރުމަށްފަހު ކުޑަކޮށް ދަށްވި ނަމަވެސް މާ ބޮޑަށް ދަށް ނުވެ ދާދި އެއްވަރަކަށް ހަށިގަނޑުގައި ހިފެހެއްޓިފައި ހުރެއެވެ.

މީގެ އިތުރު ހަ ދިރާސާއަކުން ވެސް ދައްކާ ގޮތުގައި ބަލި ޖެހި ރަނގަޅުވުމަކީ އަލުން ބަލި ޖެހުމާ ދުރުކޮށްދޭ ކަމެކެވެ. އަދި އަލުން ބަލި ޖެހޭ ހާލަތެއްގައިވެސް މާ ބޮޑުވަރުވުމާ ދުރުކޮށްދޭ ކަމެކެވެ. މިކަންތައްތަކަކީ ފަހުގެ ދިރާސާތަކުން ހާމަވެފައިވާ ކަންތައްތަކެއްނޫނެވެ. މި ކަންތަކަކީ ކުރީއްސުރެ ޤަބޫލުކެރެވިފައިވާ ހަގީގަތެކެވެ.

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ