ކާމިޔާބަކީ މޮޅެތި ކުޅުންތެރިން ތިބުމުން ޔަގީންވާނެ ކަމެއް ނޫން!: ރޮނާލްޑޯ

Loading

Facebook
Twitter
WhatsApp

ރިއަލް މެޑްރިޑްގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ރޮނާލްޑޯ ބުނިގޮތުގައި ޕެރިސް ސެއިންޓް-ޖާރމެންގައި މެސީ ހުރިކަމަށްވިޔަސް ޗެމްޕިއަންސް ލީގް އެ ކުލަބަށް ކާމިޔާބު ކުރެވޭނެކަން ޔަގީން ކަމާ އެކު ނުބުނެވޭނޭ ކަމަށެވެ.

މިހާރުގެ ރިއަލް ވެލަޑޮދްގެ ޕްރެސިޑެންޓް ރޮނާލްޑޯ އޭނާ ލޮސް ބްލަންކޮސްގައި ހޭދަ ކުރި ދުވަސްތަކުން މިސާލު ޖަހައި ބުނެފައި ވަނީ ކަރުދާހުގައި މޮޅު ޓީމެއް ލިޔެފައި އޮތުމަކީ ކާމިޔާބީ ޔަގީން ކޮށްދޭ ކަމެއް ނޫން ކަމަށެވެ.

ރޮނާލްޑޯ ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރާނީ ކޮން ޓީމެއްކަން ބުނެވޭ ވަރަށް ވުރެ އަދި މާ އަވަސް ކަމަށެވެ.

”މަންޒަރު ސާފުކޮށް ފެންނަން ފައްޓާނީ ކުއާޓާ-ފައިނަލް ހިސާބުގައި. ވާހަކަ ދެއްކުމާއި ކުޅުމަކީ ވަރަށް ތަފާތު ދެ ކަމެއް.“ ރޮނާލްޑޯ ބުނެފައިވެއެވެ.

މުބާރާތުގެ ނަތީޖާ ބަދަލުވެދާނެ ގިނަ ކަންތައްތައް ހުންނާނެކަމާއި ރޮނާލްޑޯ ރިއަލް މެޑްރިޑަށް ފަސް ސީސަން ކުޅުނު އިރު އެންމެ ފަހަރަކުވެސް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވިފައި ނެތްކަމަށް އޭނާ ބުނެފައި ވެއެވެ .

”ކާމިޔާބަކީ މޮޅެތި ކުޅުންތެރިން ތިބުމުން ޔަގީންވާނެ އެއްޗެއް ނޫން. ޕީއެސްޖީއަށްވެސް އެކަން އެނގޭނެ.“ ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ ކައިލިއަން އެމްބާޕޭއާ މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ބުނެފައި ވަނީ އޭނާއާއި ރޮނާލްޑޯއާ ދެމެދު ވައްތަރުކަމެއް ހުންނަ ކަމަށާއި ވަރަށް ބާރުމިނެއްގައި ގިނަ ޓެކްނިކް ތަކެއް އޭނާ ހަދާކަމަށެވެ. އަދި އޭނާ ޑިފެންޑަރުން ކައިރިން ސަލާމަތްވެ ގޯލްކީޕަރު ވެސް ކަޓުވާލާކަމަށާއި ވަރަށް ޒުވާން އުމުރެއްގައި އެމްބާޕޭ ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށް ވެސް ބުންޏެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް