ވެކްސިން ޖެހުން މަޖުބޫރު ކުރުމާއެކު އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ކެއަރ ވޯރކަރުން ވަޒީފާއިން ވަކި ވެއްޖެ

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ ކެއަރ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ވެކުސިން ނުޖަހާނަމަ ވަޒީފާއިން ވަކިކުރާނެކަން އިއުލާން ކުރުމާއެކު ގިނަ އަދަދެއްގެ މުއައްޒަފުން އެކީ އެކައްޗަކަށް ވަޒީފާ ދޫކޮށް މުސާރަ ބޮޑު، އެމަޒޯން ފަދަ ކުންފުނިތަކުގެ ވަޒީފާތަކަށް ބަދަލު ވެއްޖެ އެވެ. މިކަމާ ގުޅިގެން އެ އިންޑަސްޓްރީގައި މަސަތްކަތް ކުރާ މީހުން ލިބުމުގެ ދަތިކަން ވަނީ ކުރިމަތި ވެފައެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ”ދަ ގާޑިއަން“ އިން ބުނެފައިވާ ގޮތުގައި ކެއަރ ހޯމް އޮޕަރޭޓަރުންގެ ހަތަރު ބައިކުޅަ ތިން ބައި އޮޕަރޭޓަރުންނަށް އޭޕްރީލް މަހަށް ފަހު ވަނީ މުވައްޒަފުން ވަޒީފާއިން ވަކިވާ މިންވަރު އިތުރުވުމުގެ މައްސަލަ ކުރިމަތި ވެފައެވެ. ވަޒީފާއިން ވަކިވާ އާންމު ސަބަބުތަކެއް ގޮތުގައި މައްސަލަ ކުޑަ، މުސާރަ ބޮޑު ވަޒީފާއެއް ބޭނުންވުމުގެ އިތުރުން 11 ނޮވެމްބަރަށް ފަހު ޖެހުން މަޖުބޫރުވާ ވެކްސިން ޖަހަން ބޭނުން ނުވުން ވަނީ ފާހަގަ ކުރެވިފައެވެ.

މި ނޫހުގައި ބުނެފައިވާ ގޮތުގާ ވަޒީފާއިން ވަކިވާ ގިނަ ކެއަރ ވޯކަރުން ވަނީ އެންއެޗް އެސް ގެ ވަޒީފާ އަށް ހުށައަޅާފައެވެ. އަދި މީގެ އިތުރުން ކެއަރ ދާއިރާއާ ގުޅުމެއް ނެތް އެމަޒޯން ފަދަ ކުންފުނިތަކުންވެސް ގިނަ އަދަދެއްގެ މީހުންނަށް ވަނީ ވަޒީފާ ދީފައެވެ.

ނެޝަނަލް ކެއަރ އެސޯސިއޭޝަންގެ ޗެއަރމަން ނަޑްރާ އަހްމަދް ”ދަ ގާޑިއަން“އަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކެއަރ ސެކްޓަރއަށް ކުރިމަތިވެފައިވާ މި މައްސަލަ ހައްލުކުރުމަށް ނެޝަނަލް ހެލްތު ސާރވިސްއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އޭނާ ވަނީ ސަރުކާރުން ވެކްސިންއާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތައް ބަދަލުކުރުމަށްވެސް ގޮވާލާފައެވެ.

ޕަބްލިކް ސާރވިސް ޔުނިޔަންއިން ވަނީ ކުރިމަތިވެފާވާ މަސައްކަތްތެރީން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ”ނޯ ޖޮބް“ ގަވާއިދެއް ގާއިމު ކުރުމަށް މިނިސްޓަރުންނަށް ގޮވާލާފައެވެ. އަދި މީގެ އިތުރުން މިޔުނިއަން އިން ބުނާ ގޮތުގައި މުސާރަ ކުޑަވުމުގެ ސަބަބުން ކުރީއްސުރެވެސް ކެއަރ ވޯކަރުން ތިބެނީ ވަޒީފާއާ މެދު ހިތްހަމަ ނުޖެހިފައެވެ. އަދި ވެކްސިން ޖަހަން މަޖުބޫރު ކުރުމަކީ އެމީހުން ވަޒީފާއިން ވަކިވުމަށް އެންމެ ފަހުގެ ނިންމުން ނިންމުމަށް ކުރިމަތިވި ސަބަބެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް