ޠާލިބާނުން އަފުޣާނިސްތާން ހިފުމުން އިންޑިޔާގައި މުސްލިމުންނަށްކުރާ ފުރައްސަރަ އިތުރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ހިނދޫން އެ ގައުމުގެ މުސްލިމުންނަށް އެތަކެއް އަނިޔާތަކެއް ދެމުންދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ސަރުކާރުގެ އިސްފަރާތްތަކާ ގުޅިގެން، ހައްދުފަހަނަޅާފައިވާ ހިންދޫން ދަނީ މުސްލިމުންނަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުމުގެ އިތުރުން އެކި ވަރުވަރުގެ އަނިޔާތައް ދެމުންނެވެ.

ޠާލިބާނުން، އަފްޣާނިސްތާން ހިފުމާއެކު އިންޑިޔާގެ މީސްމީޑިޔާ ޕްލެޓްފޯމްތަކުގައި އައު ހޭޝްޓެގެއް އާންމުވިއެވެ. އަފްޣާނިސްތާނަށް ދިޔުމަށް ގޮވާލައި މީސްމީޑިޔާގައި މި ހޭޝްޓެގް ބޭނުންކޮށްފައި ވަނީ އިންޑިޔާގެ މުސްލިމުންނަށް މަލާމާތްކުރުމުގެ ގޮތުންނެވެ. ދާދި އިހަކަށް ދުވަހު ޕާކިސްތާނަށް ދިޔުމަށް ގޮވާލައި ހޭޝްޓެގެއް ބޭނުންކޮށްގެން ވެސް ބަޔަކުމީހުން ވަނީ މީސްމީޑިޔާގައި މުސްލިމުންނަށް ފުރައްސާރަކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި އިންޑިޔާ އަކީ ހިންދޫންގެ މުގައްދަސް ބިމެކެވެ. އެހެންކަމުން މުސްލިމުންނަށް އިންޑިޔާގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންނުވާނެއެވެ.

މީގެ ކުރިން ވެސް މަލާމާތުގެ ގޮތުން މުސްލިމުންނާއި ދިމާއަށް ހިންދޫން، ޓެރަރިސްޓުންނޭ ކިޔައި އުޅުނެވެ. ޠާލިބާނުން އަފްޣާނިސްތާން ހިފުމަށް ފަހު މިފަދަ ބަސްބަހުން މުސްލިމުންނަށް މުޚާޠަބުކުރުން ވަނީ އިންޑިޔާގައި އިތުރުވެފައެވެ.

އިންޑިޔާގެ އާސާމް ސްޓޭޓްގައި 15 މީހުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ދީނީ އިލްމުވެރިންނާއި، ސިޔާސީ ބޭފުޅަކާއި ނޫސްވެރިއެއްވެސް ހިމެނެއެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ޠާލިބާނުންނަށް ސަޕޯޓުކޮށް މީސްމީޑިޔާގައި ޕޯސްޓުކޮށްފައިވާކަމުގެ ތުހުމަތުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް