ވޭތުވެދިޔަ 50 އަހަރު ސިއްޚީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރެއްވި ފަރާތްތަކާއި މަޖިލީހުން ބައްދަލުކުރަން ނިންމައިފި

ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ ސިއްޚީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރެއްވި ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުން ބައްދަލު ކުރުމަށް ނިންމައިފި އެވެ. އޭގެ ތެރޭގައި އެ ދުވަސްތަކުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި، ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް މަގާމުގައި ތިބި ފަރާތްތަކާއި ޑޮކްޓަރުންގެ އިތުރުން ސިއްޚީ ދާއިރާއާ ގުޅުންހުރި އެހެނިހެން ފަރާތްތައް ވެސް ހިމެނެއެވެ. މިކަމާއި ގުޅިގެން ރައްރިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެ އިދާރާގެ އިޖްތިމާއީ ކޮމިޓީން ކުރިއަށް […]
ލުބްނާނުގައި ގޮވުންތަކަކީ ”ހަމަލާއެއް“ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި އިއްޔެ ގޮވި ބާރުގަދަ ގޮވުންތަކަކީ ޙަމަލާ އެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. މި ޙާދިސާ އާއި ގުޅިގެން ލުބްނާނަށް ޙަމްދަރުދީ ފޮނުއްވަމުން މި ގޮވުންތަކަކީ ޙަމަލާއެއްކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެހެން ވިދާޅުވި ސަބަބެއް އޭނާ ހާަމައެއް ނުކުރައްވައެއްވެ. ޓްރަމްޕް މިޙާދިސާ ޙަމަލާއެއް ކަމަށް ސިފަ ކުރެއްވުމާއި ގުޅިގެން ލުބްނާނުގެ އޮފިޝަލުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބާރުގަދަ ގޮވުންތަކާއެކު ވަރުގަދަ ލޮޅުންތަކެއްއަރާ 80 އެއްހާ މީހުން މަރުވެފައިވާ މި […]
މާފަރުން ބިދޭސީން ބާލަން އެދި ހޯމްމިނިސްޓަރަށް ސިޓީއެއް ފޮނުވައިފި

ނ. މާފަރުގައި ގަވާއިދާ ޚިލާފަށް އުޅެމުންނާ ބިދޭސިން އެރަށުން ބޭރުކޮށް ދިނުމަށް އެދި އެރަށު ކައުންސިލުން ހޯމް މިނިސްޓަރ އިމްރާން އަބްﷲ އަށާއި އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީ ފޮނުވައިފި އެވެ. މާފަރު ކައުންސިލުން އިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ރަށުގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ 21 ބިދޭސީއަކު އުޅޭކަމަށާއި، އެމީހުންގެ ސަބަބުން ރަށަށް އެކި ގޮތްގޮތުން ގެއްލުން ލިބެމުންދާތީ ބިދޭސިންގެ މައްސަލަ ބަލައި ގާނޫނީ ގޮތުން އެ މީހުންނާމެދު ފިޔަވަޅު އަޅައި […]
މާލެ ސަރަހައްދުގެ ސުކޫލުތައް އަނެއްކާވެސް ބަންދުކޮށްފި

ކޮވިޑްގެ ނުރައްކާ ބޮޑުވެ، މި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މާލޭ ސަރަހައްދުގެ ސުކޫލްތަކުގެ ކިޔެވުން އަނެއްކާ ވެސް ބަންދުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކޮވިޑް-19ގެ ހާލަތަށް ރިޔާއަތްކޮށް ހެލްތު ޕޮރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާގައި މާލެ ސިޓީގެ ސުކޫލުތަކުގެ ދަރިވަރުން ސުކޫލަށް ހާޒިރުވާން ނުޖެހޭގޮތަށް އެމިނިސްޓްރީން ހަމަޖައްސާފައިވާކަމަށެވެ. އެ މިނިސްޓްރީން ބުނީ ސުކޫލތްތަކަށް ކިޔަވަން ދަރިވަރުން ހާޒިރު ނުވިނަމަވެސް އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށް […]
ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސްތަކުގެ ބިމުގެ ކުލި ނުދެއްކުމުން އަރާ ޖޫރިމަނާ ކުޑަކޮށްފި

ޓޫރިސްޓް ރިސޯޓާއި، ހޮޓާ އަދި ގެސްޓްހައުސްތަކުން ބިމުގެ ކުލި ނުދައްކައިފިނަމަ އަރާ ޖޫރިމަނާ ކުޑަކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްތް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ. މި އިސްލާހުގައިވާގޮތުން ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސްތަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީޚަށް ކުލި ނުދައްކައިފިަނަމަ، ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް […]
އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުން ރަޖިސްޓްރީވާން އަންގައިފި

ރާއްޖެއިން އިނގިރޭސިވިލާތަށް ކިޔަވާންދާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވާން ހަޔާއެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ. ސެޕްޓެމްބަރުގެ އިންޓޭކަށް ދާން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި އެފަދަ ދަރިވަރުންގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވަމުން ގެންދިއުމުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން މިއަދު ކުރި އިއުލާންގައި އިިނގިރޭސިިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވާން ދީފައިވަނީ ވަރަށް ކުރުމުއްދަތެކެވެ. މިހަފްތާގެ އަންގާރަދުވަހުގެ 1:30ގެ ކުރިންނެވެ. ހަޔާ އެޑިއުކޭޝަން އިން ބުނީ މިއަހަރރުގެ ސެޕްޓެމްބަރއިންޓޭކަށް އިނގިރޭސިވިލާތަށް […]
މާލޭގައި ދެން ކަށުނަމާދު ކުރާނީ ގައިދުރުކޮށް

ކޮވިޑް -19ގެ ބަލިމަޑުކާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ގައިދުރުކޮށް ކަށުނަމާދު ކުރާގޮތަށް ހަމަޖައްސައިފި އެވެ. މާލޭ ސަރަހައްދުގައި ކަށުކަމާކެމީގެ ކަންކަން ކުރުމާއި އަދި ކަށުނަމާދު ކުރުމާއި ގުޅޭ ގޮތުން މިއަދު މާލޭ ސިޓީ ކައުންސިލުން ނެރު އިއުލާނުގައި ވަނީ މިއަދުން ފެށިގެން ކަށުނަމާދުގެ ޖަމާއަތުގައި މީހުން ތިބެންވާނީ ދެ މީހުންގެ ދޭތެރޭ ހުސްޖާގަ އެއް އޮންނަ ގޮަތަށް ކަމަށެވެ. ކުރިންވެސް އަމަލުކުރަމުން އައިގޮތަށް ކޮވިޑް-19 ބަލީގައި ނިޔާވާ މީހުންގެ ކަށުކަމާ ކެމީގެ ކަންކަން […]
ޢަރަފާތް ދުވަސް، ހެޔޮކަމާއި މާތްކަން ބޮޑުވެގެންވާ ދުވަހެއް

މާދަމާ އަކީ އަރަފާތްދުވަހެވެ. ހިޖްރީ ގޮތުން ޒުލްހިއްޖާ މަހުގެ ނުވަ ވަނަ ދުވަހެވެ. އަރަފާތްދުވަހަކީ އެތަށް ގޮތަކުން ހެޔޮކަމާއި ސަވާބައާއި ދަރުމަ ލިބިގެންވާ ދުވަހެކެވެ. މި ދުވަހަކީ ފާފަފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ ދުވަހެވެ. ރޭތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑުރެއަކީ ލައިލަތުލް ގަދުރި ވިލޭރެ އަށް ވީފަދައިން ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ދުވަހަކީ އަރަފާތްދުވަހެވެ. އަރަފާތް ދުވަހަކީ ހައްޖުދުވަހެވެ. ރަސޫލުﷲ ސައްލައްﷲ އަލަހި ވަސައްލަމް ހަދީސް ކުރައްވާފައިވަނީ ހައްޖަކީ އަރަފާތެވެ. އަދި އެދުވަހު […]
އުގެއިލް ފައުންޑޭޝަނުން ހުޅުމާލޭގައި ލައިބްރަރީއެއްހަދައިފި

ޕްރޮފެސަރު ހަސަން އުގައިލް ހިންގަވާ އުގައިލް ފައުންޑޭޝަނުން ހުޅުމާލޭގައި ޕަބްލިކް ލައިބްރަރީއެއް ހަދައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)އާ ގުޅިގެން ހަދައިފައިވާ މި ލައިބްރަރީ ހުންނަނީ ހުޅުމާލޭ ސެންޓްރަލް މޯލްގެ ތިންވަނަ ފަންގިފިލާގައެވެ. މި ފެށޭ މަހު ހުޅުވުމަށް ތައްޔާރުވަމުންދާ މި ލައިބްރަރީގައި ހުރިހާ އުމުރުފުރައަަކަށް ޚާއްސަ ފޮތްތައް ހުރެއެވެ. އޭގެ ތެރޭގައި ޒަމާނީ ހަމައެއްގައި މައުލޫމާތު މުއްސަތި ކުރުމަށް ޚާއްސަ ގިނަ ފޮތްތަކާއި އެކި އުމުރުފުރައަށް ޚާއްސަ ވާހަކަ ފޮތްތައް ވެސް މި ލައިބްރަރީގައި […]
ކޮވިޑް-19 : ރާއްޖެ އައި އެމެރިކާ ފަތުރުވެރިޔަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެ އައި އެމެރިކާގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ޗަވަލް ބްލަންކް ރަންދެލި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދާ މި ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ ހޮނިހިރުދުވަހުގައެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ އަދިވެސް ހުރީ އެ ރިސޯޓްގައެވެ. ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު އެމެރިކާއަކީ މިބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އަދި ދުނިޔޭގެ ނިސްބަތުން އެންމެގިނަ މީހުންނަށް މިބަލި ޖެހިފައިވާ ގައުމެވެ. އެގައުމުގައި މިހާތަނަށް 4،225687 މީހުން ކޯވިޑް- 19 އަށް ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް 146546 […]