އައިއެސް ދައުލަތުގެ ތެރޭ ރާއްޖެ ހިމެނުމަށް އެމީހުން ބޭނުންވޭ: ނަޝީދު

އިސްލާމިކް ސްޓޭޓްސް ( އައިއެސް) ދައުލަތުގެ ތެރޭގައި ރާއްޖެ ހެދުމަށް މަސައްކަތްކުރަމުން ދާކަމަށް މަޖިލީހުގެ ރައީސް މުހައްމަދުނަޝީދު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމާއި ގުޅިގެން ގައުމާއި މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މި ދިވެހި ރާއްޖޭގައި ތަފާތު ފިކުރު އެބަ އުފެދިގެން ދާކަމަށާއި އެއް ދައުލަތެއްގެ ގޮތުގައި އަރަބިކަރައިގައި އުފެދޭ ރޫހު އަބަދު ވެސް މި ދިވެހި ދައުލަތް އޭގެ ތެރެއަށް ގެންދިއުމަށް މަސައްކަތްކުރާކަމަށެވެ. “ އެނގިވަޑައިގަންނަވާނެ އައިއެސް ޖަމާއަތުން އެ […]

ބިދޭސީން ގައުމަށް ދެވޭނެ ފަސޭހަ އިމްތިޒާމްތަކެއް ހަމަޖައްސައިފި

news

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސިންނަށް ފަސޭހަ އިމްތިޒާމްތަކެއް ރާއްޖޭގެ އިމިގްރޭޝަން އިން ހަމަޖައްސައިފިއެވެ. އިމިގްރޭޝަން އިން ބުނީ ކޮވިޑް-19ގެ ބަލިމަޑިކަމާއި ގުޅިގެން ބައިނަލް އަގްވާމީ ވައިގެ ބަދަނރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިސާ އާއި އެމްޕްލޯއީމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާކަން ފާހަގަ ކުރެިވަފައިވާ ކަމަށެވެ. މިކަން ހާމަކޮށް އިމިގްރޭޝަން އިން ކުރި […]

ހުޅުމާލޭ ހޮސްޕިޓަލްގައި އޮތް މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިލް ވެއްޖެ

maldives news

ހުޅުމާލޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް މާބނޑު އަންހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެގިފައިވާ ގޮތުގައި އެއަނހެންމީހާ އަށް ބަލި ޖެހިޖެހިފައިވާކަން އެގުނީ އޭނާ ވިހަންވެގެން އެޑްމިޓްވުމަށްފަހު މިހާރު އޮންނަ ކޮވިޑް-19 އަށް ޓެސްޓް ހެދުމުގެ އުސޫލުގެ ދަށުން ހެދިޓެސްޓުންނެވެ. އައިޖީއެމްއެޗް އިން ދާދި ފަހުން ވަނީ އެ ހޮސްޕިޓަލުގެ މުއައްޒަފުންތަކަކާއި ބަލި މީހުންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. ހުޅުމާލޭ ހޮސްޕިޓަލްވެސް މިހާރު ހިންގަމުން ދަނީ އައިޖީއެމްއެޗްގެ ދަށުންނެވެ. ސިއްޚީ ޚިދުމަތްދޭ ތަންތަނުގައި […]

ފުވައްމުލަކު ހޮސްޕިޓަލް މެދުވެރިކޮށް ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ހުޅުވައިލައިފި

news

ފުވައްމުލުލަކު ހޮސްޕިޓަލު މެދުވެރިކޮށް ހުޅުމާލޭ ހޮސްޕިޓަލްގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުނަށް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އޮންލައިންކޮށް ދެވޭ މި ޚިދުމަތުގެ ތެރެއިން ޖުމްލަ ހަ ދާއިރާއިރާއެއްގެ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު އެ ރަށުގައި ތިބެގެން ލިބިގެން ދާނެއެވެ. އެ ދާއިރާތަަކަކީ އަންހެނުންނަށް ޚާއްސަ ބަލިތައް، ކުޑަކުދިންނަށް ޚާއްސަ ބަލިތަައް، ހިތުގެ ބަލި، ހަމުގެބަލިތައް، ޖެނެރަލް ސާޖަރީ އަދި މީގެ އިތުރުން ކަށީގެ ބަލިތަކާއި ނަފްސާނީ މައްސަލަތަކެވެ. ޚިދުމަތް ބޭނުނުވާފަރާތްތަކުން […]

ރާއްޖޭގެ ފަސް މީހަކަށް ހައްޖުވުމުގެ ފުރުސަތު މުޅިން ހިލޭ ލިބިއްޖެ

ސައުދި އަރަބިޔާގައި ދިރިއުޅޭ ރާއްޖޭގެ ފަސް މީހަކަށް މިއަހަރުގެ ހައްޖުގެ މާތް އަޅުކަން ކުރުމުގެ ފުރުސަތު މުޅިން ހިލޭ އެގައުމުގެ  ސަރުކާރުން ދީފި އެވެ. ސައޫދީ ސަރުކާރުގެ އެހީގެ ދަށުން ހައްޖުވުމުގެ ފުރުސަތު ލިބުނީ އެގައުމުގައި ވަޒީފާ އަދާކުރާ ރާއްޖޭގެ މުއައްޒަފެއްގެ އިތުރުން ހަތަރު ދަރިވަރަކަށެވެ. ހައްޖުވުމުގެ ފުރުސަތުލިބުނު މުއައްޒަފަކީ ހާއިލް ޕްރޮވިންސްގައި އެއަރކްރާފްޓް އޮފީހެއްގައި މަސައްކަތްކުރާ އިންޖިނިއަރެކެވެ. މީގެ އިތުރުން ހިމެނެނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގައި ކިޔަވަމުންއަންނަ ދެ ދަރިވަރަކާއި އެގަމުގެ ވެރިރަށް ރިޔާދުގައި މެޑިސިން […]

ޑރ.ނިޔާފްގެ ވާހަކަފުޅަށް ތާއީދު ކުރެއްވުމުން އެމްޑީޕީގެ ނުރުހުން ރޮޒައިނާއަށް

ސިއްޚީ ނުރައްކަލުގެ ހާލަތުގައި، ގާނޫނޫން ސިއްޚީ މާހިރުންނަށް ލިބިދޭ ބާރު ހަނިކުރަން އުޅޭތީ، އެކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރެވި ޑރ. އަލީ ނިޔާފުގެ ޚިޔާލުފުޅަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވުމުން އެކަމާ ނުރުހުންވެ، އެމްޑީޕީ ބައެއް މެންބަރުންގެ ފާޑުކިޔުން ރޮޒައިނާ އަށް އަމާޒުކޮށްފިއެވެ. އާންމު ސިއްޚަތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ބޭއްވި ފޯރަމުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ތަމްސީލް ކުރައްވައި ޚިޔާލުފާޅުކުރައްވަމުން ޑރ. ނިޔާފް ވިދާޅުވީ ސިއްޚީ […]

ސިއްޚީ ނުރައްކަލުގެ ހާލަތުގައި، ސިއްޚީ މާހިރުންނަށް ލިބިފައިވާ ބާރު ހަނިކުރާތީ ޑރ ނިޔާފް ކަންބޮޑުވުން ފާޅުކުރައްވައިފި

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާތަނަށް ސިއްޚީ މާހިރުންނަށް ދިފައިވާ ބާރު ހަނިކޮށް، ރައްޔިތުންގެ މަޖިލީހަށް އެ ބާރު ދޭން އުޅޭ އުޅުމަށް ރާއްޖޭގެ މަޝްހޫރު ނިއޮރޮލޮޖިސްޓް ޑރ.އަލީ ނިޔާފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މިހާރު އަމަލުކުރަމުން އަންނަ އާންމު ސިއްޚަތު ރައްކާތެރިކުރުގެ ގާނޫނުގައި ވާގޮތުން ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައި މަޖިލީހުގެ ދައުރެއް ނޯވެއެވެ. މިކަމުގެ ބާރު ގާނުން ލިބިދީފައިވަނީ ހެލްތު މިނިސްޓަރަށެވެ. އަދި ވަޒީރަށް ލިބިދޭ ޚާއްސަ ބާރެއްގެ ދަށުން ނުވަތަ ވަޒީރު […]

ކަރަންޓީން ފެސިލިޓީއަކުން ފިލި ބިދޭސީއެއް ހޯދަންފަށައިފި

news maldives

ކޮވިޑް-19ގެ ބަލިމަޑީކަމާއި ގުޅިގެން ކަރަންޓީންފެސިލިޓީ އެއްގައި ބެހެއްޓި ބިދޭސީއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުންބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭސް މީހެއްކަމަށްވާ ބަހާދުރު، ކުމިލަ ނަމަކަށް ކިޔާ ފިރިހެނެއް ކަމަށެވެ. ކަރަންޓީން ފެސިޓީގައި ބަހާއްޓައިހުއްޓާ އެމީހާ ފިލާފައިވާކަން އެ ވުޒާރާއަށް ހުށަހަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ފުލުހުން ބުނެއެވެ. އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ ފުލުހުންގެ ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްގެ ނަންބަރު 9980062 އަށް ގުޅުއްވައި މައުލޫމާތު […]

ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 ޕަސެންޓް ނިމިއްޖެ : އެމްޓީސީސީ

maldives news

ބ. ފެހެންދޫ ބަނދަރު ހެދުމާއި ބަނދަރާއި ގުޅޭ އެނޫންވެސް ބައެއް މަސައްކަތް ހިމެނޭ މަޝްރޫއުގެ 45 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީން) މިއަދު ބުނެފިއެވެ. ނޭޝަނަލް ޕްލޭނިންގ މިނިސްޓްރީން 49.6 މިލިއަން ރުފިޔާ އަށް ހަވާލު ކުރި މި މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 10 އެއްގައެވެ. އެމްޓީސީސީން  ބުނީ މި މަޝްރޫއުގެ ތެރެއިން ނެރުފުންކުރުމުގެ 75 ޕަސެންޓް މަސައްކަތް ނިންމައި ހާބާރ ބޭސިންގެ މަސައްކަތުގެ […]

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދައް

maldives news

އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް، ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލޭ ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ނ.ލަންދޫ ޗިޗަންޑާގެ، އިބްރާހިމް ނިހާން، 22، އަށެވެ. ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ވަގުތެއްގައި އުމުރުން 17 އަހަރުގެ އަންހެންކުއްޖަކަށް ބިރުދައްކައި ބުލެކްމެއިލް ކޮށް އެކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ […]