ފުވައްމުލަކު ހޮސްޕިޓަލް މެދުވެރިކޮށް ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ހުޅުވައިލައިފި

Loading

Facebook
Twitter
WhatsApp
news

ފުވައްމުލުލަކު ހޮސްޕިޓަލު މެދުވެރިކޮށް ހުޅުމާލޭ ހޮސްޕިޓަލްގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުނަށް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އޮންލައިންކޮށް ދެވޭ މި ޚިދުމަތުގެ ތެރެއިން ޖުމްލަ ހަ ދާއިރާއިރާއެއްގެ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު އެ ރަށުގައި ތިބެގެން ލިބިގެން ދާނެއެވެ.

އެ ދާއިރާތަަކަކީ އަންހެނުންނަށް ޚާއްސަ ބަލިތައް، ކުޑަކުދިންނަށް ޚާއްސަ ބަލިތަައް، ހިތުގެ ބަލި، ހަމުގެބަލިތައް، ޖެނެރަލް ސާޖަރީ އަދި މީގެ އިތުރުން ކަށީގެ ބަލިތަކާއި ނަފްސާނީ މައްސަލަތަކެވެ.

ޚިދުމަތް ބޭނުނުވާފަރާތްތަކުން ފޯނު ނުވަތަ ވައިބަރ މެދުވެރިކޮށް ނަންނޯޓްކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

ހޮސްޕިޓަލުން ބުނީ އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އެ ހޮސްޕިޓަލުގައި ގާއިމް ކުރެވުނީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާ އެކުއެވެ. އަދި މި ވަސީލަތް ބޭނުންކޮށްގެ ކުރިއަތްއޮތާގައި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އިތުރަށް ފުޅާކުރަން މަސައްކަތް ކުރަމުންއަންނަ ކަމަށް އެހޮސްޕިޓަލުން މައުލޫމާދު ދެއެވެ.  މިއީ ޝައްކެއްނެތް ގޮތުގައި ރަށުގެ ރައްޔިތުންނަށް ލިބިދެވުނު ވަރަށް ބޮޑު އެހީތެރިކަމަކާއި ކުރިއެރުމެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަލުތަކުގެ ސަބަބުން އަތޮޅުތެރެއިން މާލެ އަށް ޑޮކްޓަރަށް ދައްކަން އަންނަން ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކަށް ޑޮކްޓަރަށް ދެއްކުުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް