ވައިޓް ހައުސް އަށް ބައެއް ނޫސް ތައް ނުވައްދަން ޓްރަމްޕް ނިންމި ނިންމުން ކޯޓުން ބާތިލު ކޮށްފި

Loading

September 24, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްއަށް ބައެއް މީޑިޔާ ޗެނެލްތައް ނުވައްދަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިއްމެވި ނިންމެވުން އެމެރިކާގެ ކޯޓަކުން ބާތިލު ކޮށްފިއެވެ.


ފެޑަރަލް ކޯޓެއްގެ ފަޑިޔާރު ބުރާސްފަތި ދުވަހު ވަނީ ވައިޓްހައުސް އަށް ވަނުން ޓްރަމްޕް މަނާ ކުރެއްވި ތިން މީޑިޔާ އައުޓްލެޓް ކަމަށްވާ ސީއެންއެން،އެމްއެސް ނައު އަދި ޕޮލިޓިކޯ، މިތިން މީޑިޔާ އަށް ވައިޓްހައުސް އަށް ވަނުމުގެ ހުއްދަ ވަގުތުން ދީ އަދި އެމީހުން އަތުން އަތުލެވުނު ފާސްތައް ވަގުތުން ދިނުމަށް ޓްރަމްޕަށާ ސަރުކާރުގެ އޮފިޝަލުންނަށް އަމުރު ކުރައްވާފައެވެ.
އަދި މިގޮތަށް މީޑިޔާ އައުޓްލެޓްތައް ”ބޭން“ ކުރުމަކީ ގާނޫނުތައް ހުއްދަދޭކަމެއް ނޫންކަމަށާ އެއީ ޑިއު ޕްރޯސެސް ހައްގުތަކާވެސް ޚިލާފް ކަމެއްކަމަށް ފަޑިޔާރު ވިދާޅުވެފައިވެއެވެ.
ފަޑިޔާރު އިތުރަށް ވިދާޅުވެފައިވާގޮތުން ސެޕްޓެމްބަރ18 ވަނަ ދުވަހު ބޭން ކުރެވުނު ތިން މީޑިޔާ އައުޓްލެޓް ވަނީ ރައީސް ޓްރަމްޕާއި ދެކޮޅަށް މިދިޔަ ހޯމަދުވަހު ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. މި ތިން އައުޓް ލެޓުން ވަނީ ޓްރަމްގެ މިއަމަލަކީ ފްރީޑަމް އޮފް ސްޕީޗް، ފްރީޑަމް އޮފްދަ ޕްރެސް އަދި އެހެން ބައެއް ގާނޫނުތަކާ ޚިލާފް ކަމެއް ކަމުގައި ބުނެފައެވެ.
ތިން މީޑިޔާ އައުޓްލެޓް ގެ ނޫސްވެރިން ވައިޓްހައުސް އަށް ވަނުން މަނާ ކުރައްވަމުން ޓަރަމްޕް ސޯޝަލް މީޑިޔާގައި ލިއުއްވާފައިވަނީ ތެދުނޫން ޚަބަރު ފެތުރުމުގެ ގޮތުން އެފަރާތްތަކުން ބޭނުންހާ އެއްޗެއް ލިޔެވިގެން ނުވާނެ ކަމުގައެވެ.
ނަމަވެސް އެމީހުން ބޭން ކުރީ ސުވާލެއް ކޮށްލުމުގެ ފުރުސަތުވެސް ނުދީ ކަމަށް މީޑިޔާތަކުންބުނެއެވެ.
ފެށޭ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު އޮންނަ މިޑްޓަރމް އިންތިޚާބްގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އަށް އަޤުލަބިއްޔަތު ގެއްލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެމުން ދާއިރު މީޑިޔާ ތަކުގެ ފުރިހަމަ ތާއީދު ޕާޓީ ތަކަށް މުހިންމު ވާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް