ސިއްޚީ ނުރައްކަލުގެ ހާލަތުގައި، ސިއްޚީ މާހިރުންނަށް ލިބިފައިވާ ބާރު ހަނިކުރާތީ ޑރ ނިޔާފް ކަންބޮޑުވުން ފާޅުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާތަނަށް ސިއްޚީ މާހިރުންނަށް ދިފައިވާ ބާރު ހަނިކޮށް، ރައްޔިތުންގެ މަޖިލީހަށް އެ ބާރު ދޭން އުޅޭ އުޅުމަށް ރާއްޖޭގެ މަޝްހޫރު ނިއޮރޮލޮޖިސްޓް ޑރ.އަލީ ނިޔާފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިހާރު އަމަލުކުރަމުން އަންނަ އާންމު ސިއްޚަތު ރައްކާތެރިކުރުގެ ގާނޫނުގައި ވާގޮތުން ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައި މަޖިލީހުގެ ދައުރެއް ނޯވެއެވެ.

މިކަމުގެ ބާރު ގާނުން ލިބިދީފައިވަނީ ހެލްތު މިނިސްޓަރަށެވެ. އަދި ވަޒީރަށް ލިބިދޭ ޚާއްސަ ބާރެއްގެ ދަށުން ނުވަތަ ވަޒީރު އުފުލަންޖެހޭ ވަކި ޚާއްސަ މަސްއޫލިއްޔަތެއް، ޑިރެކްޓަރ ޖެނެރަލް އާ ހަވާލުކެރެވިދާނެވެ. އެހެންކަމުން މިހާރު އަމަލު ކުރާގޮތުން ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފިޔަވަޅުތައް އެޅުމުގެ ބާރު މި އޮންނަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްގެ އަތްމަތީގައެވެ.

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުން ރުހުން ހޯދަންޖެހޭގޮތަށް އަދި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ބާރު މަޖިލީހަށް ލިބޭގޮތަށް އާންމު ސިއްޚަތުގެ ގާނޫނަށް އިސްލާލުކުރަން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީމެންބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުވިއެވެ.

ޑރ ނިޔާފް ކަންބޮޑުވުން ފާޅުކުރެއްވީ މި އިސްލާހާމެދު އާންމުންގެ ޚިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ބޭއްވި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ތަމްސީލް ކުރައްވައި ޚިޔާލުފާޅުކުރައްވަމުން ޑރ. ނިޔާފް ވިދާޅުވީ ސިއްޚީ ބޮޑު ބަލިމަޑުކަމެއް ފެތުރިގެންދާ ހާލަތުގައި ސިއްޚީ މާހިރުންގެ ބަހެއް ނޯންނާނެ ފަދަ ގޮތަކަށް ނުކުތާއެއް ބިލުގައިވާ ކަމަށައި އެއީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމށެވެ.

“ މިސާލަކަށް ބަލިތަކެއް ފެތުރެމުންދާ ތނެއްގައި އެޕަޑެމިކް ޕެންޑެމިކްއަކަށް ބަދަލުވެގެން މުޅިދުނިޔޭގައި ޕެންޑެމިކް ފެތުރިގެންދާ ހާލަތެއްގައި އެއަށް ގޮތްކިޔާ އެންމެ އިސް ބަޔަކަށް ޑޮކްޓަރުން ނޫނިއްޔާ އެކަމުގައި ހަވާލުވެގެން ތިބިމީހުންނެތް، ނޫނިއްޔާ އެ މީހުންގެ ބާރު ނުފޯރާ ވަރުގެ ޕޮއިންޓްތަކެއް ހުރިކަމަށް އަޅުގަނޑަށް ގަބޫލްކުރެވޭތީ، އަޅުގަނޑު އެކަން ވަރަށްބޮޑަށް ގަބޫލް ނުކުރާކަން ދަންނަވަން “ ނިޔާފް ވިދާޅުވިއެވެ.

އޭނާ އަށް ޖަވާބު ދެއްވަމުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑިޕީ މެންބަރު އިމްތިޔާޒު ފަހުމީވިދާޅުވީ މަޖިލީހުން ދައްކަނީ ސިއްޚީ ކަންކަމުގައި މަޖިލީހުން ގޮތްނިންމާ ވާހަކައެއް ނޫންކަމަށާއި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާއިރު އޭގައި އިގްތިސާދީ ކަންތައްތަކާއި ގައުމަށް ދިމާވާ ހުރިހާ މައްސަލަތައްވެސް އެފަދަ ގަރާރެއްގައި އޮންނާނެކަމަށެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަން ލިބުނު ދެވަނަ ފުރުސަތުގައި ނިޔާފް ވިދާޅުވީ ސިއްޚީ މާހިރުންގެ ބަހެއް އޮންނަ ގޮތަށް ބިލް ބަދަލުކޮށްދެއްވުމަށް ވަރަށްބޮޑަށް އެދިވަޑައިގަންނަވާކަމަށެވެ.

“ އަޅުގަނޑުމެން ނިންމާ ނިންމުން ތަކާދޭތެރޭގައި، ސިއްޚީ ޑޮކްޓަރުންތަކެއް އެއްވެތިބެގެން ނިންމާ ނިންމުންތަކާދޭތެރޭގައި ތިޔަބޭފުޅުން ގޮތެއްކިޔައި އޭތި ބާތިލް ކުރުމާދޭތެރޭގައި ވިސްނާވަޑައިގަންނަވަންވީ ސަބަބެއް ހަމައެއްވެސް ގޮތަކަށް ނުވިސްނޭތީ އެޕޮއިންޓްގައި އިތުރުކޮށްދޭން އަޅުގަނޑުމިއެދެނީ ތިޔަބޭފުޅުންގެ އަރިހުން ސިއްޚީ މާހިރުންގެ ލަފައާއެކު އިތުރުކޮށްލައިދެއްވައިފިއްޔާ އަޅުގަނޑަށް ހަމަވަރަށް ފުރިހަމަ ވާނޭ އިގޯތޯ ބިލް“ ނިޔާފް ވިދާޅުވި އެވެ.

މިފޯރަމުގައި ނިޔާފްވަނީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބާއްވާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސިއްޚީ ނުރައްކަލުގެ ކުއްލި ހާލަަތަށް މަޖިލީހުގެ ރުހުން ހޯދަން ނުޖެހުނަސް  ގާނޫނު އަސާސީގައި މިހާރުވެސް ވާގޮތުން ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ. އަދި ރައީސް ނިންމަވާ ކުއްލިނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ބާރު ވެސް ގާނޫނުއަސާސީން މަޖިލީހަށް ލިބިދީފައި އެޮވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް