ޑރ.ނިޔާފްގެ ވާހަކަފުޅަށް ތާއީދު ކުރެއްވުމުން އެމްޑީޕީގެ ނުރުހުން ރޮޒައިނާއަށް

Loading

Facebook
Twitter
WhatsApp

ސިއްޚީ ނުރައްކަލުގެ ހާލަތުގައި، ގާނޫނޫން ސިއްޚީ މާހިރުންނަށް ލިބިދޭ ބާރު ހަނިކުރަން އުޅޭތީ، އެކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރެވި ޑރ. އަލީ ނިޔާފުގެ ޚިޔާލުފުޅަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވުމުން އެކަމާ ނުރުހުންވެ، އެމްޑީޕީ ބައެއް މެންބަރުންގެ ފާޑުކިޔުން ރޮޒައިނާ އަށް އަމާޒުކޮށްފިއެވެ.

އާންމު ސިއްޚަތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ބޭއްވި ފޯރަމުގައި

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ތަމްސީލް ކުރައްވައި ޚިޔާލުފާޅުކުރައްވަމުން ޑރ. ނިޔާފް ވިދާޅުވީ ސިއްޚީ ބޮޑު ބަލިމަޑުކަމެއް ފެތުރިގެންދާ ހާލަތުގައި ސިއްޚީ މާހިރުންގެ ބަހެއް ނޯންނާނެ ފަދަ ގޮތަކަށް އޮތް އޮތުން ބަދަލުކުރުމަށް ފެނި ވަޑައިގަންނަވާކަމަށެވެ.

ޑރ. ނިޔާފުގެ ވާހަކަފުޅަށް ތާއީދުކުިރައްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒައިނާ ޓްވީޓް ކުރައްވާ ވިދާޅުވީ، ބިލް އިސްލާހު ކުުރާއިރު ނިޔާފުގެ ކަންބޮޑުވުންތަކަށް ކޮމިޓީން ރިއާޔަތް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރޮޒައިނާ ޚިޔާލު ފާޅުކޮށް ބަހުސްކުރަންވީ ސޯޝަލް މީޑީއާގައި ނޫންކަމަށާއި އެކަމާމެދު ޚިޔާލު ފާޅުކޮށް ބަހުސް ކުރަންޖެހޭނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ކަަމަށެެވެ.

އާޒިމްއަށް ޖަވާބު ދެއްވަމުން ރޮޒައިނާ އަނެއްކާވެސް ޓްވީޓެއް ކުރައްވާ ވިދާޅުވީ ދަންވަރު 1249 ގައި ކުރެއްވި އެ ޓްވީޓްގައި އޭނާ ވިދާޅުވީ ރައްޔިތުންގެމަޖިލީހަށް މީހަކު ފާޑުކިޔާ ކޮންމެ ފަހަރަކު އެކަން ބަލައިނުގަނެ އަޑު ނޭހުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

ރޮޒެއިނާގެ މިޓްވީޓަށް ރައްދު ދެއްވައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑިޕީ މެންބަރު އިމްތިޔާޒު ފަހުމީވިދާޅުވީ އެބޭފުޅާ ނިދަން އުޅޭކަމަށާއި ރޮޒެއިނާ އާންމުކޮށް މަޖިލީހަށް ވަޑައިގަންނަވާ ގަޑި ކަމަށްވާ 11:30 ގައި އަންނަން ނުނިދާ މަޑުކުރެވިދާނެކަމަށެވެ. އިންތިގެ މިވާހަފުޅަށް ރައްދުދެއްވައި ރޮޒައިނާ ވިދާޅުވީ މިހާރު ޒާތީވާން ފެށީކަމަށެވެ.

މީގެ ކުރިންވެސް ރޮޒައިނާ ފާޅުކުރައްވާބައެއް ޚިޔާލުފުޅުތަކާ ހިތްހަމަނުޖެހި އެމްޑީޕީގެ މެންބަރުންގެ ނުރުހުން އޭނަަޔަށް އަމާޒުވެފައި ވެއެވެ.

މިހާރު އަމަލުކުރަމުން އަންނަ އާންމު ސިއްޚަތު ރައްކާތެރިކުރުގެ ގާނޫނުގައި ވާގޮތުން ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައި މަޖިލީހުގެ ދައުރެއް ނޯވެއެވެ.

މިކަމުގެ ބާރު ގާނުން ލިބިދީފައިވަނީ ހެލްތު މިނިސްޓަރަށެވެ. އަދި ވަޒީރަށް ލިބިދޭ ޚާއްސަ ބާރެއްގެ ދަށުން ނުވަތަ ވަޒީރު އުފުލަންޖެހޭ ވަކި ޚާއްސަ މަސްއޫލިއްޔަތެއް، ޑިރެކްޓަރ ޖެނެރަލް އާ ހަވާލުކެރެވިދާނެވެ. އެހެންކަމުން މިހާރު އަމަލު ކުރާގޮތުން ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފިޔަވަޅުތައް އެޅުމުގެ ބާރު މި އޮންނަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްގެ އަތްމަތީގައެވެ.

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުން ރުހުން ހޯދަންޖެހޭގޮތަށް އަދި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ބާރު މަޖިލީހަށް ލިބޭގޮތަށް އާންމު ސިއްޚަތުގެ ގާނޫނު އިސްލާކުރަން އެމްޑީޕީގެ ގިނަ މެނބަރުން ތާއީދުކުރައވައި ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ހުރިހާ ބާރެއް މަޖިލީހުގެ ރައީސްގެ މުށުތެރެއަށް ލައްވަން އުޅުއްވާކަމަށް ތުހުމަތުކޮށް ގިނަ އަދަދެއްގެ ސިއްޚީ މާހިރުންނާއި އާންމުން ދަނީ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް