ކެމެރާ ބްރޭޑްގެ ދަރިންނާއެކު ކެމެރާގެ ތެރޭ ދިރިއުޅޭ ފޮޓޯގްރާފަރު

ކޮންމެ ކުއްޖަކީ ވެސް ކުޑައިރު އެކިކަހަލަ ކަންކަމަށް ޝައުގުވެރިވާ ކުދިންނެވެ. ކުއްޖާ ބޮޑުވާ ވަރަކަށް ކުއްޖާގެ ވިސްނުމާއި ހުނަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުއްޖާ ޝައުގުވެރިވާ ކަންކަމާއި ގަޔާވާ ކަންކަމަށް ވެސް ބަދަލުތަކެއް އާދެއެވެ. ބޮޑުވެގެން ވާން ބޭނުންވަނީ އެވެނި މިވެނި ދާއިރާއެއްގެ މިވެނި މީހަކަށޭ ބުނުމަކީ ކުޑަކުދިންގެ އާދައެކެވެ. މި ދަންނަވާ ޝައުގު ވެރިކަމަކީ ކުއްޖާ ބޮޑުވަމުން އަންނަވަރަކަށް ބަދަލުވާ ކަންކަމެވެ. ބޮޑުވެގެން ވާންބޭނުންވަނީ ޕައިލެޓަކަށޭ ބުނެފަ ދުވަސް ކޮޅެއްފަހުން ތިމަންނަ ބޭނުންވަނީ ޑޮކްޓަރަކަށް ވާށޭ […]

ތުޅާދޫ ޓްރޮފީ ވަރަށް ވެސް ފުރިހަމަ

news

ބ އަތޮޅު ތުޅާދޫ އަކީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ލާމަސީލު ބައެއް ދިރިއުޅެމުންދާ ހިތްގައިމު ކުޑަ ރަށެކެވެ. ރާއްޖޭގައި ފަންނުވެރިކަމުގެ ހުނަރު ދައްކުވައިދޭ ކޮންމެ ހަފްލާއެއްގައި ތުޅާދޫ މީހުންގެ ހުނަރު ދައްކުވައިދެނީ ވަރަށްވެސް ޒީނަތްތެރިކޮށެެވެ. އެ ހަފްލާތަކަށް އެ ރަށުމީހުން ޖަރީކޮށްފައި ހުންނަ ލިޔެލާޖެހި ތަކެތީގެ ސަބަބުން އެތަށް ބައެއްގެ ލޯ އެއަށް ހުއްޓުވައިލައެވެ. މި ފަންނު ވެރިކަމުގެ ސަބަބުން ތުޅާދޫ މީހުންނަށް ވަނީ އެތަށް އެވޯޑެއް ވެސް ލިބިފައެވެ. މިފަހަރުވެސް އެންމެންގެ ލޯތަށް ތުޅާދޫ އަށް ހުއްޓިއްޖެއެވެ. […]

ޖިންސީ ގޯނާ އާއި ދެކޮޅަށް ”ޖާގައެއްނެތް“ ނަމުގައި މުޒާހަރާކޮށްފި

news

ޖިންސީގޯނާ އާއި ދެކޮޅަށް އަޑު އުފުލައި “ ޖާގައެއްނެތް“ ނަމުގައި މިއަދު ހޮޓެލް ޖެން ކުރިމަތީ މުޒާހަރާ ކޮށްފި އެވެ. މިއަދުގެ މުޒާހަރާގައި ބައިވެރިން ގޮވަމުން ދިޔައީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި މީހުންގެ މައްސަަލަތައް ބަލައިދިނުމަށާއި އެފަދަ ފަރާތްތައް މަގާމުން ވަކިކޮށް ދިނުމަށެވެ. ގާނޫނީ ބައެއް ވަކީލުން ވެސް ބައިވެރިވި މި މުޒާހަރާގައި ވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކެޓަރީ ހަސަން އިސްމާއީލް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭިއރު އޭނާ […]

ކުޑަފަރިން މަނަދޫ އަށް ގެންދިއުމަށްފަހު މާލެ ގެނައި ބަލިމީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

news

ނ އަތޮޅު ކުޑަފަރީން އެ އަތޮޅު ވެރިކަން ކުރާރަށް މަނަދޫ އަށް ގެންދިއުމަށްފަހު މާލެ ގެނައި އުމުރުން ދުވަސްވީ ބަލި މީހަކު ކޮވިޑް -19 އަށް ޕޮސިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އުމުރުން 92 އަހަރުގެ މި ފިހެން މީހާ ފާޚާނާ ތެރެއަށް ވެއްޓި ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ފަރުވާދިނުމަށް ނ އަތޮޅު މަނަދޫ ހޮސްޕިޓަލް އަށް ގެންގޮސް ބެލި ބެލުމުން އޭނާގެ ފައިކަށީގެ ރެދު ލައިފައި ވާކަމަށް ޓޮކްޓަރުން ބުނެފައިވއެވެ. އެ […]

ނިއުމަތްތައް ބީވެގެން ދަނީ ނިއުމަތްތައް ދެއްވިފަރާތް އޮޅި އެފަރާތަށް ޝުކުރުވެރިނުވުމުން :ޚުތުބާ

news

އިންސާނުންނަށް ދެއްވާ ނިއުމަތްތައް އެމީހުންގެ އަތުން ބީވެގެން ދަނީ އެނިއުމަތް ދެއްވިފަރާތްތައް ޝުކުރުވެރި ނުވުމުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. ކޮވިޑް-19 ގެ ބަލިމަޑިކަމާއި ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަސްވަންދެން ޖަމާއަތުގައި ހުކުރުކުރުން މެދުކެޑުމަށްފަހު މިއަދު ޖަމާއަތުގައި ކުރަންފެށި ހުކުރުގައި އިއްވި ޚުތުބާގައި ބުނީ ނިއުމަތްތައް ދެމި އޮންނާނީ އެ ނިއުމަތަކާއި މެދު ޝުކުރުވެރިވާނަމައެވެ. “ ތިޔަބައިމީހުން މާތްﷲގެ ނިއުމަތްތަކަށް ޝުކުރުވެރިވެލައްވާ. އުރެދުންތަކާއި ދުރުހެލިވެލައްވާ. ނިއުމަތްތައް ބީވެގެންދަނީ ނިއުމަތްތައް ދެއްވިފަރާތް އޮޅި އެ ފަރާތަށް ޝުކުރުވެރިނުވުމުގެ […]

މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްވިކަންއެގުނީ އެތަށްބަޔަކު މޫނުބަލަންދިޔަފަހުން

news

އިއްޔެ މަރުވި 70އަހަރުގެ އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެންގީ އެތައްބަޔަކު އޭނާގެ މޫނު ބަލަން ދިޔަފަހުންކަން ހާމަވެއްޖެއެވެ. އާއިލާއިން މައުލޫމާތު ދިން ގޮތުގައި އެ އަންހެން މީހާ ހެނދުނު ނުތެދުވެގެން ބެލިއިރު މަރުވެފައި އޮތުމުން އައިޖީ އެމް ހޮސްޕިޓަލަށް ގެންގޮސް މަރު ސާބިތުކުރިއެވެ. ”މެންދުރު އެއްކެއްޖެހި ހާކަށް ހާއިރު މަރު ސާބިތު ކުރުމަށް ފަހު ކޮވިޑް ނެތްމީހެއްގެ ގޮތުގައި އ ާސަހަރާއަށް ކަށުކަމާ ކެމީގެކަންކަންކުރިއަށް ގެންދިއުމަށް ފޮނުވާލީ. އޭރު އެމީހުން ބުނީ ކޮވިޑެއް […]

މިނިވަންދުވަހުގެ ހަފްލާތަށް މިއަހަރު ނުބާއްވަން ނިންމައިފި

news

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ކޮންމެ އަހަރަކު ވެސް ސަރުކާރުން ބާއްވަމުން އަންނަ ހަފްލާތަށް ކޮވިޑް -19ގެ ބަލިމަޑުކާމާއި ގުޅިގެން މިއަހަރު ނުބާއްވަން ސަރުކާރުން ނިންމައިިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުމާއި މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައްވެސް މި އަހަރުގައި ނުބާއްވާނެ ކަމަށެވެ. ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މިނިވަންދުވަހުގެ ހަފްލާތައް މިއަހަރު ނުބާއްވަން ނިންމީ ކޮވިޑް -19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިލާންޖެހުނު […]

ހިޔާ މަޝްރޫއުގެ ދަށުން ދިރިއުޅުމުގެ ހާލަތުދެނެގަތުމަށް ނުގުޅުނު ފަރާތްތަކުގެ ނަންތައް އާންމުކޮށްފި

Maldives News

ހިޔާ މަޝްރޫއުގެ ދަށުން ފުލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ނުގުޅުނު ފަރާތްތަކުގެ ނަންތައް ރައީސް އޮފީހުން އާންމުކޮށްފި އެވެ. ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނާގޮތުން މިއަދު އާންމު ކުރި ނަންތަކަކީ ހިޔާ މަޝްރޫއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުރުހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް  ކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަަށަވަރު ކުރުމުގެ މަސައްކަތުގެ […]

ގުޅީފަޅުން ހައުސިންްޔުނިޓް ގަތްފަރާތްތަކަށް ގެއްލުމުގެ ބަދަލު ދޭން ސަރުކާރުންނިންމައިފި

maldives news

ގުޅީފަޅުން ހައުސިން ޔުނިޓުގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިހާތަނަށް ހައުސިން ޔުނިޓް ލިބިފައި ނުވާތީ، އެފަރާތްތަކަށް ބަދަލުދޭން ސަރުކާރުންނިންމައިފައިވާކަމަށް ހައުސިންމިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ 140 ފަރާތަކުން ގުޅީފަޅުގައި ދިރިއުޅުމަށް ގެދޮރުގަތުމަށް އެކިމަރުހަލާތަކުގައި މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުން ބައެއްފަރާތްތަކުން  ޑައުންޕޭމަންޓްދައްކާ އަދި ބައެއް ފަރާތްތަކުން އެއަށްވުރެ ގިނައިން ފައިސާ ދައްކާފައިވާ ކަމަށާ  އެހެންކަމުން އެފަރާތްތަކަށް […]

ހިޔާ ފްލެޓްތައް ނިންމަން އަދި އަށް މަސް ނަގާނެ: އަސްލަމް

news

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 6،720 ފްލެޓަށް މީހުން ވަދެވޭވަރަށް ނިންމަން އަދި އިތުރު އަށް މަސް ނަގާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ދެން ކުރިއަށް އޮތީ ފްލެޓްތަކުގައި ތަޅުން އެޅުމާއި ކަރަންޓާއި ފެން މީޓަރު ލުމުގެ މަސައްކަތްކަމަށާއި އެކަންތައް ނިންމަން އަށް މަސް ނަގާނެ ކަމަށެވެ. […]