މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްވިކަންއެގުނީ އެތަށްބަޔަކު މޫނުބަލަންދިޔަފަހުން

Loading

Facebook
Twitter
WhatsApp
news

އިއްޔެ މަރުވި 70އަހަރުގެ އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެންގީ އެތައްބަޔަކު އޭނާގެ މޫނު ބަލަން ދިޔަފަހުންކަން ހާމަވެއްޖެއެވެ.

އާއިލާއިން މައުލޫމާތު ދިން ގޮތުގައި އެ އަންހެން މީހާ ހެނދުނު ނުތެދުވެގެން ބެލިއިރު މަރުވެފައި އޮތުމުން އައިޖީ އެމް ހޮސްޕިޓަލަށް ގެންގޮސް މަރު ސާބިތުކުރިއެވެ.

”މެންދުރު އެއްކެއްޖެހި ހާކަށް ހާއިރު މަރު ސާބިތު ކުރުމަށް ފަހު ކޮވިޑް ނެތްމީހެއްގެ ގޮތުގައި އ ާސަހަރާއަށް ކަށުކަމާ ކެމީގެކަންކަންކުރިއަށް ގެންދިއުމަށް ފޮނުވާލީ. އޭރު އެމީހުން ބުނީ ކޮވިޑެއް ނެތޯ“ އާއިލާގެ ފަރާތުން ވާހަަކަ ދެއްކ މީހާ ބުންޏެވެ.

ކޮވިޑް-19 ބަލިމާޑު ކަމާއިގުޅިގެން މަރުވާ މީހުންގެ ކަށުކަމާ ކެމީގެ ކަންތައް ހަމަޖެއްސުމަށް މިދުވަސް ވަރު އަމަލުކުރަމުން ދާ އުސޫލުގެ ދަށުން އައިޖީއެމްއެޗް އިން ދޫކުރި ފޯރމު ގައި ވާ ގޮތުން ވެސް  އެ މައްޔިތާގެ ކަށުކަމާކެމީގެ ކަންކަން ގެންދަން ހުއްދަ ދީފައި އޮތީ ކޮވިޑް- 19 އާއިގުޅުމެއްނެތް މީހަކުނަމަ  ކަނޑައަޅައިފައިވާ ގޮތާ އެއްގޮތަށެވެ.

އާއިލާގެ ފަރާތުން ބުނީ މައްޔިތާ ހިނަަވަން ހަމަޖައްސާފައި އޮތީ އަސުރަށް ފަހުގައިކަމަށާއި ކޮވިޑަށް- 19 އަށް ޕޮޒިޓިވް ވިކަން އެންގީ އަސުރު ނަމާދު ގަޑީގައި ކަމަށެވެ.

“ އެހާތަނަށް އާއިލާއާއި ގާތް މީހުން އަންނަމުން ދިޔައީ“  އޭނާ ބުންޏެވެ.

ކޮވިޑަށް ޓެސްޓް ހެދުމަށްފަހު އޭގެ ނަތީޖާ ނުލިބެނީސް މައްޔިތާ ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާގެ މީހުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

“ އެމީހުން ( ހޮސްޕިޓަލް)ގެ ފަރުވާ ކުޑަކަމުން ކިތައްމީހުން ރިސްކަކަށް މިވައްޓާލީ. މި އީ ބަލައިގަނެވޭނެ ކަމެއް ނޫން. މިކަން ތަހުގީގު ކޮށް ބެލެންޖެހޭނެ “ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކަށުނަމާދު އިއުލާން ކުރާ “ ކަށުނަމާދު އެމް ވީ “ އިން ވެސް މި އަންހެން މީހާގެ ކަށުނަމާދުގެ މައުލޫމާތު އާންމުކުރިއެވެ. ނަމަވެސް ކޮވިޑް- 19 އަށް ޕޮޒިޓިވް ވިކަން އެގުމުން އެ ޕޯސްޓް ފަހުން ވަނީ ނަގައިފައެވެ.

ކޮވިޑް ޖެހިފައިވާ މީހުން މަރުވީމަ ކަންތައް ކުރާ އުސޫލުގެ ދަށުން ރޭގެ ވަގުތެއްގައި އެ މައްޔިތާ ވަނީ ހުޅުމާލޭ ސަހަރާގައި ވަޅުލާފައެވެ.

އަދި އެނާއާ ގާތް ކޮންޓެކްޓްވި ބައެއް މީހުންގެ ސާމްޕަލް މިހާރު ނަގައިފައިވާ ކަމަށް ވެސް އާއިލާއިން މައުލޫމާތު ދެއްވައެވެ.

މިއީ ރާއްޖޭގައި ކޮވިޑް – 19 ގައި މަރުވި 13 ވަނަ މީހާ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް