ގުޅީފަޅުން ހައުސިންްޔުނިޓް ގަތްފަރާތްތަކަށް ގެއްލުމުގެ ބަދަލު ދޭން ސަރުކާރުންނިންމައިފި

Loading

Facebook
Twitter
WhatsApp
maldives news

ގުޅީފަޅުން ހައުސިން ޔުނިޓުގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިހާތަނަށް ހައުސިން ޔުނިޓް ލިބިފައި ނުވާތީ، އެފަރާތްތަކަށް ބަދަލުދޭން ސަރުކާރުންނިންމައިފައިވާކަމަށް ހައުސިންމިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ 140 ފަރާތަކުން ގުޅީފަޅުގައި ދިރިއުޅުމަށް ގެދޮރުގަތުމަށް އެކިމަރުހަލާތަކުގައި މަސައްކަތް ކޮށްފައިވާކަމަށެވެ.

އެގޮތުން ބައެއްފަރާތްތަކުން  ޑައުންޕޭމަންޓްދައްކާ އަދި ބައެއް ފަރާތްތަކުން އެއަށްވުރެ ގިނައިން ފައިސާ ދައްކާފައިވާ ކަމަށާ  އެހެންކަމުން އެފަރާތްތަކަށް އެކިގޮތްތޮތަށް ބަދަލުދޭނެ ގިނަ ގޮތްތަކެއް ސަރުކާރުން ކަނޑައަޅައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ “ އެއް ނިންމުމަކީ ގުޅީފަޅުން ހައުސިން ޔުނިޓް ގަންނަން ފައިސާ ދައްކާފައިވާ ކޮންމެ ފަރާތަކަށް ބަދަލުގެ ގޮތުގައި އެއް ހައުސިން ޔުނިޓް މި އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެކުރިން ގަނެވޭނެ ގޮތެއް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން.“ ކަމަށެވެ.

ދެވަނަ ގޮތެއްކަމަށް މިނިސްޓަރު ވިދާޅުވީ ގުޅިފަޅުން ބޯހިޔާވަހިކަން ނުލިބުނު ފަރާތްތަކަށް ހިޔާމަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރަތްކޮށްފައިވާ ހައުސިން ޔުނިޓްގެ ތެރެއިން އެ ފުރުސަތު ދިނުންކަމަށެވެ.

“ ދެވަނަ ކަމަކަށް ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހުޅުމާލޭގައި އިމާރަތްކޮށް މި ނިމެމުންދާ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓްގެ ތެރެއިން ޔުނިޓެއް އެ ސްކީމުގެ ދަށުން ދޫކުރާ ހައުސިން ޔުނިޓަށް ފައިސާ ދެއްކުމަށް ކަނޑައަޅާއުސޫލުތަކާއި އެއްގޮތަށްގަތުމުގެ ފުރުސަތު“ މިިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި ގުޅިފަޅުން ހައުސިން ޔުނިޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ފައިސާ ދޫކުރުމީ ވެސް ސަރުކާރުން ނިންމެވި އެއްގޮތްކަމަށެވެ.

”ހައުސިން ޔުނިޓް ނުލިބުނުގެ ސަބަބުން ބޯހިޔާވަހިކަމަށް މި މުއްދަތުގައިވާ ކޮށްފއިވާ ޚަރަދުގެ ބަދަލެއްގެ ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު 20 އިން ފެށިގެން ހިނގާ ކޮންމެ މަހަކަށް ތިން އަހަރު ދުވަހަށް 12،000 ރުފިޔާގެ ރޭޓުން ކޮންޕެންސޭޝަނެއް ދިނުން. ޖުމްލަ މެކްސިމަކް ކެޕެއްގެ ގޮތުގައި 432،000 ރުފިޔާ“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހައުސިން ޔުނިޓް ގަތުމަށް ދެއްކި ފައިސާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ކަނޑަ އަޅާފައިވާ ފައިސާއާއި 432،000 ރުފިޔާ ގަންނަ ހައުސިން ޔުނިޓެއްގެ އަގުން އުނިކުރުމަށްފަހު ބާކީވާ އަދަދު 20 އަހަރަށް ބަހާލައިގެން ދައްކާގޮތަށް އަލަށް ލިބޭ ހައުސިންޔުނިޓްގެ ކަންތައްތައް ހަމަޖެއްސުމީ ވެސް މީގެ ތެރޭގައި ހިމެނޭކަމަށެވެ.

އަދި މި ގޮތަށް އަމަލުކުރާއިރު ގަންނަ ހައުސިން ޔުނިޓްގެ އަގު  ކުރިން ދައްކާފައިވާ ފައިސާއަށް ވުރެ ކުޑަނަމަ އިތުރުވި އަދަދެއް އެ ފަރާތްތަކަށް އަނބުރާ ދޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާ ދެ ކޮޓަރީގެ ހައުސިން ޔުނިޓަށް ވުރެ ބޮޑު ތަނެއް ބޭނުންވާ ފަރާތްތަކަށް މިއަންނަ އަހަރުގެ ޑިސެމްބަރުގެ ކުރިން ތިންކޮޓަރީގެ ހައުސިން ޔުނިޓެއް ގަތުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މި އަހަރުގެ ޑިސެމްބަރުން މިއަންނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް ބަދަލުގެ ގޮތުގައި އިތުރަށް ފައިސާ ނުލިބޭނެކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް