އިންޑިއާ ކަނޑުގައި އުފެދިފައިވާ ބޮޑު ބާނިތަކުގެ ސަބަބުން ރާޅުއަރާނެ، ސަމާލުވޭ :މެޓް

Loading

Facebook
Twitter
WhatsApp
news

ދެކުނު އިންޑިއާގެ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާ ހަމައަށް ފޯރާނެކަމަށް ލަފާކުރެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރެއަށް ރާޅު އެރުމުގެ ފުރުސަތުބޮޑުވުމުން މިކަމަށް ސަމާލު ވުމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮޖިކަލް ސަރވިސް ( މެޓް) އަންގައިފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށުތެރެއަށް ރާޅުއެރުމުގެ އަަސަރު ކުރާލެއް ބޮޑުވާނެ ކަމަށާއި މިކަމަށް އެންމެހާ ފަރާތްތަކުން ސަމާލުވާން ޖެހޭކަމަށެވެ.

ރަށްތަކަށް ރާޅު އަރާނެ ކަމަށް ބެލެވޭތީ ޚާއްސަކޮށް ގޮޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، މި ދުވަސްތަކުގައި މޫދަށް އެރޭފަރާތްތަކުން މޫދަށް އެރިއުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.

މެޓް އޮފީހުން ބުނީ ކުރިއަތް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާރްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށިގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކިހިސާބުތަކަށް އުދަ އެރުމާއެކު އެކިވަރުގެ ގެއްލުންތައް ދަނީލިބެމުންނެވެ. މިގޮތުން މީގެ ތިންދުވަސް ކުރިން ގދ ތިނަދޫއަށް ވަރަށް ބޮޑަށް އުދައަރައި މޫދުގައި ހުރި އޮޑިދޯނިފަހަރު ވެސް އެއްގަމަށް އަރާފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް