ހިޔާ މަޝްރޫއުގެ ދަށުން ފުލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ނުގުޅުނު ފަރާތްތަކުގެ ނަންތައް ރައީސް އޮފީހުން އާންމުކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނާގޮތުން މިއަދު އާންމު ކުރި ނަންތަކަކީ ހިޔާ މަޝްރޫއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުރުހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަަށަވަރު ކުރުމުގެ މަސައްކަތުގެ ދަށުން ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަންބަރަށް ނުގުޅޭ ފަރާތްތަކުގެ ލިސްޓެވެ.
މިއަދު އާންމުކުރި ލިސްޓުގައި ހިމެނެނީ H4, H5 ,H6 ,H8 އަދި H10 މި ކެޓަގަރީގެ ދަށުން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަންބަރުން ނުގުޅުނު ފަރާތްތަކެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި H7 އާއި H9 ކެޓަގަރީއަށް ފޯމް ލީ މީހުންގެ ތެރެއިން ދިރިއުޅުމުގެ ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައިނުވާތީ އެ ދެކެޓަގަރީގެ ލިސްޓް މި ލިސްޓާ އެކު އާންމު ކޮށްފައި ނުވާނެއެވެ. ނަމަވެސް އެ ދެ ކެޓަގަރީގެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައްވެސް އާންމު ކުރާނެކަމަށް ވެސް އެބަޔާނުގައި ވެއެވެ.
މިއަދު އާންމުކުރި ލިސްޓުގައި 475 މީހުން ހިމެނެއެވެ. މި ފަރާތްތަކުން މި މަހުގެ 14 ވާ އަންގާރަ ދުވަހުގެ ތިނެއްގެ ކުރިން އެ އޮފީހުން ހަމަޖައްސާފައިވާ އޮންލައިން ފޯމް ފުރިހަމަކުރުމަށް ފްލެޓް މައްސަލަ ބަލާ ކޮމިޓީން އެދިވަޑައިގަންނަވައެވެ.
ފޯމްގެ ފުރުމަށް މި އޮންލައިން ލިންކު އަށް ފިއްތާލައްވާށެވެ.
ހައުސިން މިނިސްޓްރީން ހާމަ ކުރައްވާ ގޮތުގައި މިހާތަނަށް 40 ޕަސެންޓް މިހުންގެ ގޭގެ އަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަނީ ބެލިފައެވެ. ކޮވިޑް- 19 އާ ގުޅިގެން މި މަސައްކަތަށް މަޑު ޖެހިފައިވީ ނަމަވެސް އަލުން މަސައްކަތް ފަށައި ބަކީ ހުރި 60 ޕަސެންޓް މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު މި މަސް ނިމޭހާތާގަ ލިސްޓް އާންމުކުރަން ފަށާނެ ކަމަށް ވެސް އެ މިނިސްޓްރީން ހާމަ ކުރައްވައެވެ.
.