ކުޑަފަރިން މަނަދޫ އަށް ގެންދިއުމަށްފަހު މާލެ ގެނައި ބަލިމީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Loading

Facebook
Twitter
WhatsApp
news

ނ އަތޮޅު ކުޑަފަރީން އެ އަތޮޅު ވެރިކަން ކުރާރަށް މަނަދޫ އަށް ގެންދިއުމަށްފަހު މާލެ ގެނައި އުމުރުން ދުވަސްވީ ބަލި މީހަކު ކޮވިޑް -19 އަށް ޕޮސިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އުމުރުން 92 އަހަރުގެ މި ފިހެން މީހާ ފާޚާނާ ތެރެއަށް ވެއްޓި ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ފަރުވާދިނުމަށް ނ އަތޮޅު މަނަދޫ ހޮސްޕިޓަލް އަށް ގެންގޮސް ބެލި ބެލުމުން އޭނާގެ ފައިކަށީގެ ރެދު ލައިފައި ވާކަމަށް ޓޮކްޓަރުން ބުނެފައިވއެވެ.

އެ މީހާ މާލެ ފޮނުވައިލީ މަނަދޫ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުން އިޔެގެ ވަގުތެއްގައެވެ.

އާއިލާ އާއި ހަވާލާދީ ”މިހާރު“ ނޫހުން ބުނެފައިވާ ގޮތުން އިއްޔެ މެދުރު 12 ޖަހާކަށް ހާއިރު އައިޖީއެމްގައި އެ މީހާ އެޑްމިޓްކޮށް ޓެސްޓް ކުރުމަށްފަހު ނަތިޖާ ލިބުނީ ރޭ އަށެއް ޖަހާކަށް ހާއިރުގައެވެ. އަދި އެނާ ހުޅުމާލޭ ކަރަންޓީން ފެސިޓީއަށް ގެންގޮސްފައިވާ ކަމަށާއި ދެވަނަ ޓެސްޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމށް ވެސް އާއިލާ އާއި ހަވާލާދީ މިހާރު ނޫހުން ބުނެއެވެ.

އެ މީހާ އަށް ބަލިޖެހުނު ގޮތާއި މެދު ވެސް އާއިލާއިން ދަނީ ސުވާލު އުފައްދަމުންނެވެ. އާއިލާ މީހާކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް ގައިބުނެފައިވަނީ އެ ބޭބެ އަކީ އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުކުމެ ރަށުތެރޭގައި އުޅޭ މީހެއް ނޫންކަމަށާއި އަދި މާލެއިން ރަށަށް ދިޔަ މީހަކާ ބައްދަލުވެފައިވާ މީހެއްވެސް ނޫންކަމަށެވެ.

މި މީހާ ޕޮޒިޓިވް ވުމާއި ގުޅިގެން އާބާދިގައި ގާތްގަޑަކަށް  700 އެއްހާ މީހުން ދިރިއުޅޭ ކުޑަފަރީނނާއި އަދި މަނަދޫން ކޮންޓެކްޓް ވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި އެޗްޕީއޭ އާއި ހިއްސާކުރެވިފައި ވާކަމަށް މަނަދޫ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

ކުޑަފަރީން މީގެ ކުރިން މި ބަލި ފެނިފައި ނުވިނަމަވެސް މީގެ ކުރިން އުމުރުން ދުވަސް ވީ މަނަދޫ އަންހެނަކު ކޮވިޑް -19 އަށް ވަނީ ޕޮޒިޓިވްވެ ބަލި ރަގަޅުވިފަހުން މަރުވެފައެވެ.

އެކަމާއި ގުޅިގެން މަަނަދޫ މޮނިޓަރިންގެ ހާލަތަށް ގެންދިއުމަށްފަހު އިތުރަށް ބަލި ފެތުރިފައި ނުވާތީ މިހާރު އެރަށް ވަނީ އާންމު ހާލަތަށް ބަދަލު ކޮށްފައެވެ.

ނަމަވެސް ރޭގަ ފެނުނު ކޭސް އާ ގުޅިގެން އަމަލުކުރާނެ ވަކިގޮތެއް އެޗްޕީއޭ އިން މަނަދޫއަށް އަދި އަންގާފައި ނުވާކަމަށްް އެރަށުން މައުލޫމާތު ދެއެެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް