ޖިންސީ ގޯނާ އާއި ދެކޮޅަށް "ޖާގައެއްނެތް" ނަމުގައި މުޒާހަރާކޮށްފި

Loading

Facebook
Twitter
WhatsApp
news

ޖިންސީގޯނާ އާއި ދެކޮޅަށް އަޑު އުފުލައި “ ޖާގައެއްނެތް“ ނަމުގައި މިއަދު ހޮޓެލް ޖެން ކުރިމަތީ މުޒާހަރާ ކޮށްފި އެވެ.

މިއަދުގެ މުޒާހަރާގައި ބައިވެރިން ގޮވަމުން ދިޔައީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި މީހުންގެ މައްސަަލަތައް ބަލައިދިނުމަށާއި އެފަދަ ފަރާތްތައް މަގާމުން ވަކިކޮށް ދިނުމަށެވެ.

ގާނޫނީ ބައެއް ވަކީލުން ވެސް ބައިވެރިވި މި މުޒާހަރާގައި ވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކެޓަރީ ހަސަން އިސްމާއީލް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭިއރު އޭނާ މަގާމުން ވަކިކޮށްފައި ނުވާތީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ފަޑުކިޔާ ފައެވެ.

އަދި މިފަދަ މަގާމުތަކުގައި ޖިންސީ ގޯނާ އަށް ތުހުމަތު ކުރެވޭމީހުން ތިބޭނަމަ މިފަދަ ކުށް ތަކުރާރުވެ، އެފަދަ މީހުންނަށް ކުށަށް އިތުރަށް އަރައިގަތުމަށް ހިތްވަރެއް ލިބޭނެކަމެއްކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާފައެވެ.

ގަޑިއެއް ހާއިރު ވަންދެން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ޖިންސީގޯނާ އާ ދެކޮޅަށް އިންސާފު ހޯދަން މިހާރު ދަތިއުދަގޫ ކަމަކަށް ވެފައިވާ ކަމަށްބުނެ،  އިންސާފު ހޯދަން ދެން ދާވީ ކޮންތާކަށް ތޯ ސުވާލުކޮށ ބައިވެރިން ދިޔައީ ގޮވަމުންނެވެ.

މުޒާހަރާ ކުރި މީހުން ތުހުމަތު ކުރާގޮތުން ސަރުކާރުގެ އިސްފަރާތްތަކުން ދަނީ ޖިންސީ ގޯނާ ކުރާ ފަރާތްތައް ހިމާޔަތްދެމުންނެވެ. ނަމަވެސް އެފަދަ ފަރާތްތަކާއި ދެކޮޅަށް އެމީހުން ނުކުނާނެ ކަމަށާއި ހިމޭނުން ނުތިބޭނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވަމުންނެވެ.

އަދި މީގެ އިތުރުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވި މަގާމުން ވަކިކޮށްފައިވާ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަށް އެންމެ އެދެވޭ އަދަބު ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މި މުޒާހަރާގައި އިސްކޮށް ބައިވެރިވި ބައެއް ވަކީލުންގެ ތެރޭގައި ގާނޫނީ ވަކީލު މަރިޔަމް ޝައުނާ އާއި ނޫރުބާން ފަހުމީ އުޅުއްވިއެވެ. އަދި މީގެ އިތުރުން ދަ އެޑިޝަންގެ އެޑިޓަރު ރާއީ މުނައްވަރުވެސް މި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެފައިވއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް