ހުޅުމާލޭ ހޮސްޕިޓަލްގައި އޮތް މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިލް ވެއްޖެ

Loading

Facebook
Twitter
WhatsApp
maldives news

ހުޅުމާލޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް މާބނޑު އަންހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެގިފައިވާ ގޮތުގައި އެއަނހެންމީހާ އަށް ބަލި ޖެހިޖެހިފައިވާކަން އެގުނީ އޭނާ ވިހަންވެގެން އެޑްމިޓްވުމަށްފަހު މިހާރު އޮންނަ ކޮވިޑް-19 އަށް ޓެސްޓް ހެދުމުގެ އުސޫލުގެ ދަށުން ހެދިޓެސްޓުންނެވެ.

އައިޖީއެމްއެޗް އިން ދާދި ފަހުން ވަނީ އެ ހޮސްޕިޓަލުގެ މުއައްޒަފުންތަކަކާއި ބަލި މީހުންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. ހުޅުމާލޭ ހޮސްޕިޓަލްވެސް މިހާރު ހިންގަމުން ދަނީ އައިޖީއެމްއެޗްގެ ދަށުންނެވެ.

ސިއްޚީ ޚިދުމަތްދޭ ތަންތަނުގައި ކޯވިޑް- 19  ފެތުރުނަ ނުދިނުމުގެ ގޮތުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

މިހާތަަށް ރާއްޖެއިން 3175 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 2498 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިބަލީގައި މިހާތަނަށް 15 މީހަކު ވަނީ ނިޔާވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް