އުގެއިލް ފައުންޑޭޝަނުން ހުޅުމާލޭގައި ލައިބްރަރީއެއްހަދައިފި

Loading

Facebook
Twitter
WhatsApp

ޕްރޮފެސަރު ހަސަން އުގައިލް ހިންގަވާ އުގައިލް ފައުންޑޭޝަނުން ހުޅުމާލޭގައި ޕަބްލިކް ލައިބްރަރީއެއް ހަދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)އާ ގުޅިގެން ހަދައިފައިވާ މި ލައިބްރަރީ ހުންނަނީ ހުޅުމާލޭ ސެންޓްރަލް މޯލްގެ ތިންވަނަ ފަންގިފިލާގައެވެ.

މި ފެށޭ މަހު ހުޅުވުމަށް ތައްޔާރުވަމުންދާ މި ލައިބްރަރީގައި ހުރިހާ އުމުރުފުރައަަކަށް ޚާއްސަ ފޮތްތައް ހުރެއެވެ. އޭގެ ތެރޭގައި ޒަމާނީ ހަމައެއްގައި މައުލޫމާތު މުއްސަތި ކުރުމަށް ޚާއްސަ ގިނަ ފޮތްތަކާއި އެކި އުމުރުފުރައަށް ޚާއްސަ ވާހަކަ ފޮތްތައް ވެސް މި ލައިބްރަރީގައި ހުރެ އެވެ.

އުގައިލް ފައުންޑޭޝަން އިން މައުލޫމާތު ދޭ ގޮތުގައި މިލައިބްރަރީން ފޮތްކިއުމުގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްސަ ކޮށްގެން އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

އެގޮތުން ކުރިއަށް ގެންދާ ފުރަތަމަ ހަރަކާތް “ ދަ ސާކަލް ޕްރޮކްރާމް“ގެ ނަމުގައި ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ލައިބްރަރީގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ޕޮރޮފެސަރ އުގައިލް އަންނަނީ އިލްމީ ގޮތުން ރާއްޖެ ކުރިއެރުވުމަށްޓަކާ ގިނަ ޕްރޮގްރާމްތަކެއްް ރާްއްޖޭގެ އެކި ހިސާބުތަކުގައި ބާއްވަމުންނެވެ. ޚާއްސަކޮށް ސައިންސާއި ޓެކްނޮލޮޖީ އަދި ހިސާބުގެ މައުލޫމާތު މުއްސަތިކުރުމަށް އެކި ސުކޫލުތަކުގައި އުގައިލް ފައުންޑޭޝަން އިން ކުރިއަށް ގެންދާ ޕްރޮގްރާމްތައްް ވެފައިވަނީ ވަރަށްގިނަ މީހުންގެ ސަޕޯޓް އެއަށް ލިބޭ ޕްރޮގްރާމްތަކަކަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް