ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި އިއްޔެ ގޮވި ބާރުގަދަ ގޮވުންތަކަކީ ޙަމަލާ އެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މި ޙާދިސާ އާއި ގުޅިގެން ލުބްނާނަށް ޙަމްދަރުދީ ފޮނުއްވަމުން މި ގޮވުންތަކަކީ ޙަމަލާއެއްކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެހެން ވިދާޅުވި ސަބަބެއް އޭނާ ހާަމައެއް ނުކުރައްވައެއްވެ.
ޓްރަމްޕް މިޙާދިސާ ޙަމަލާއެއް ކަމަށް ސިފަ ކުރެއްވުމާއި ގުޅިގެން ލުބްނާނުގެ އޮފިޝަލުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ބާރުގަދަ ގޮވުންތަކާއެކު ވަރުގަދަ ލޮޅުންތަކެއްއަރާ 80 އެއްހާ މީހުން މަރުވެފައިވާ މި ހާދިސާ އަކީ ޙަމަލާއެއްކަމަށް އެގައުމުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެގައުމުގެ ބޮޑުވަޒީރު ޙަސަން ދިއާބް ވިދާޅުވި ގޮތުގައި އިއްޔެ ހިނގި މި ހިތާމަވެރި ޙާދިސާ ހިނގާފައިވަނީ ގަވާއިދާ ޚިލާފަށް 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައިވާ ގުދަނެއްގައި ގޮވައިގެންނެވެ. އެ ގުދަނުގައި އެ އެޗެހި ރައްކާކޮށްފައި ހުންނަތާ ހަ އަހަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ގޮވުންތައްގޮވަން މެދުވެރި ސަބަބެއް ހޯދުމުގެ ތަޙުގީގު ކޮށް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ތަޙުގީގު ރިޕޯޓް ނެރެވޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
މި ގޮވުންތަކާއެކު ބައެއްފަތާތްތަކުން އިސްރާއީލާއި އަދި ހިސްބުއްލޯ ޖަމާއަތުން ކުރިކަމެއްކަމަށް ތުޙުމަތު ކުރިނަމަވެސް އެ ދެފަރާތަކުންވެސް ވަނީ އެކަން ދޮގުކޮށްފައެވެ.
މިހާދިސާ އާއި ގުޅިގެން މިހާތަނަށް 80 އެއްހާ މީހުން މަރުވެފައިވާއިރު 4000 ވުރެ ގިނަމީހުން ވަނީ ޒަޚަމްވެފައވެ. އަދި މިޢަދަދު އިތުރަށް މަށްޗަށް ދާނެކަމަަށްވެސް ލަފާ ކުރެވޭކަމަށް ލުބްނާނުގެ އޮފިޝަލުން ވަނީ އަންދާޒާކޮށްފަ އެވެ.
ބެއިރޫތާއި ދުރު ސަރަޙައްދު ތަކަށްވެސް ލޮޅުމުގެ އަސަރު ކުރި މިހާދިސާހިނގި ބަދަރު ސަރަޙައްދު އެއްކޮށް ވަނީ ސުންނާފަތިވެފައެވެ. 16 މީޓަރު ސަރަހައްދުގައިހުރި އިމާރާތްތަކާއި އުޅަދު ތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގައުމުގެ 150 މޭލު ދުރުގައި އޮންނަ ސައިފްރަސް އާއި ހަމައަށް މިގޮވުންތަކުގެ އަޑު އިވުނުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ވީޑީއޯ ލޮންކު
https://www.theguardian.com/world/live/2020/aug/04/beirut-explosion-huge-blast-port-lebanon-capital