ކޮވިޑް-19 : ރާއްޖެ އައި އެމެރިކާ ފަތުރުވެރިޔަކު ޕޮޒިޓިވް ވެއްޖެ

138

ރާއްޖެ އައި އެމެރިކާގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޗަވަލް ބްލަންކް ރަންދެލި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދާ މި ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ ހޮނިހިރުދުވަހުގައެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ އަދިވެސް ހުރީ އެ ރިސޯޓްގައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު އެމެރިކާއަކީ މިބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އަދި ދުނިޔޭގެ ނިސްބަތުން އެންމެގިނަ މީހުންނަށް މިބަލި ޖެހިފައިވާ ގައުމެވެ. އެގައުމުގައި މިހާތަނަށް 4،225687 މީހުން ކޯވިޑް- 19 އަށް ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް

146546 މީހުން މިބަލީގައި މަރުވެފައި ވެއެެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް އެންމެ ގިނަައިން އައިސްފައިވަނީ އެމެރިކާގެ ފަތުރުވެރިންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.

މިއީ ކޯވިޑް-19 ފުރަބަންދަށްފަހު މިމަހު 15ގައި ބޯޑަރު ހުޅުވައިލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއީސ)ީގެ ތަރުޖަމާނު ޑރ. ނަޒުލާ ރަފީގް ވިދާޅުވީ އެމެރިކާ ފަތުރުވެރިޔާ ކޮވިޑް 19 އަށް ޓެސްޓްކޮށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ރާއްޖެއަށް ފަތުރުވެރިން އައުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޓެސްޓް ހެދިއިރު ކަމަށާއި އެމީހާގެ ކިބައިން މިހާތަނަށް ބަލީގެ އެއްވެސް އަލާމާތެއް ފެންނަންނެތްކަމަށެވެ.

ނަޒްލާ ވިދާޅުވިގޮތުގައި ފަތުރުވެރިޔާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 3509 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3302 އަށް އަރާފައެވެ.

 

1 ހިޔާލު

  1. ތިހަދާ ޓެސްޓުތައް ރަނގަޅުތޯ އެހެން މިދެންނެވީ ބައެއްފަހަރު ޕޮޒިޓިވެ ދެން ޗެކްކުރީމަ ނެގެޓިވް. ޓުއަރިޒަމް ހުއްޓުމުން އަނގަޔާއި އަތާ ދިމާނުވާ މީހުން ވަރަށް ގިނަވެއްޖެ. އެހެންވެ ހަމަ އަހާލީ. ޝުކުރިއްޔާ!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ