ވޭތުވެދިޔަ 50 އަހަރު ސިއްޚީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރެއްވި ފަރާތްތަކާއި މަޖިލީހުން ބައްދަލުކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ ސިއްޚީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރެއްވި ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުން ބައްދަލު ކުރުމަށް ނިންމައިފި އެވެ.

އޭގެ ތެރޭގައި އެ ދުވަސްތަކުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި، ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް މަގާމުގައި ތިބި ފަރާތްތަކާއި ޑޮކްޓަރުންގެ އިތުރުން ސިއްޚީ ދާއިރާއާ ގުޅުންހުރި އެހެނިހެން ފަރާތްތައް ވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން ރައްރިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި  ބުނެފައިވަނީކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެ އިދާރާގެ އިޖްތިމާއީ ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތުގެތެރެއިން ދިރާސާތަކެއް ކުރުމަށް ނިންމާފައިވާ ކަމަށާއި، ސިއްޚީދާއިރާގެ އިސްކޮށް މަސައްކަތް ކުރެއްވި ފަރާތްތަކާއި ބައްދަލުކުރަނީ މިދިރާސާގެ މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

“ މި މައްސަލަ ދިރާސާ ކުރެއްވުމުގެ ގޮތުން ބައެއް ޑޮކްޓަރުންނާއި، ހެލްތު ޕްރޮޓެކްޝަން އެތޯރިޓީގެ ބޭފުޅުންނާއި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ބޭފުޅުންނާއި، ވޭތުވެދިޔަ 50 އަހަރު ދުވަހު،ރާއްޖޭގައި ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް މަގާމުގައި ތިބި ފަރާތްތަކާއި، މިނިސްޓަރ އޮފް ހެލްތުގެ މަގާމު ފުރުއްވި ބޭފުޅުންނާއި، ކަމާގުޅުންހުރި ޖަމިއްޔާތަކާއި ރީޖަނަލް ހޮސްޕިޓަލް އަދި އެ ނޫންވެސް ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ފާސްކުރައްވާފައެވެ.“ އެ އިދާރާގެ ބަޔާނުގައި ވެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި ދިރާސާގައި އާންމު ސިއްޚަތުގެ ހާލަތުގައި ރާއްޖޭގައިކުރިން ކަންތައް ކަންތައްތައް ގެންގޮަސްފައިވާ ގޮތާއި، މިހާރުކަންކަން ކުރިއަށް ގެންދާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައްތައް ރާވާފައިވާ ގޮތް ދެނެވޭނެ ކަމަށެވެ.

ކޮވިޑް-19ގެ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ލޮކްޑައުން ކުރުމަށްފަހު ލުއި ދިނުމާއި ގުޅިގެން ބަލި އިތުރައްފެތުރި ޕޮޒިޓިވްވާމީހުން ގިނަވާންފެށުމުން އަނެއްކާވެސް ސަރުކާރުންއަންނަނީ އާންމުންނަށް ދީފައިވާ ލުއިތަކަށް ބަދަލުގެންނަމުން ނެވެ.

ސަރުކާރުން ކުރިން ދީފައިވާ ލުއިތަކާއި އެއްގޮތަށް މިދިޔަ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވިނަމަ ވެސް މިހަފްތާގައި ބާއްވަން ހަމަޖެއްސި މަޖިލީސްޖަލްސާ އަންނަ ހަފްތާގައި ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދުނަޝީދު ވަނީ ނިންމަވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް