ދެ ޕެޓްރޯލް ޝަޑަކުން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން

ފިއުލްސަޕްލައި އޮފް މޯލްޑިވްސް ( އެފްއެސްއެމް) އިން މާލޭގައި ހިންގާ ދެ ޕެޓްރޯލް ޝެޑެއްގައި އަންނަ ހޯމަ ދުވަހުން ފެށިގެން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެކުންފުނިން ކުރި އިއުލާންއެއްގައި ބުނެފައިވާ ގޮތުން ކާޑުން ފައިސާ ދެއްކޭގޮތަށް ހަމަޖައްސާފައި ވާނީ ކާނިވާ ސަރަހައްދުގައި ހުންނަ އީޒީފިލް 2 އާއި މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ އީޒީފިލް 4 ގައެވެ. އެކުންފުނިން ބުނީ ސްޓެލްކޯ ސަރަހައްދުގައި ހުންނަ އީޒީފިލް 1 އަދި […]
ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދެއް ނެރެފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނެވޭނެގޮތާއި، ވަޒީފާ އަދާކުރުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކޮށް ”ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު“ގެ ނަމުގައި ވަޒީފާ އަދާކުރުމާބެހޭ ގަވާއިދެއް އިކޮނޮމިކްސް މިނިސްޓްރީން ނެރެފި އެވެ. ރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ހަދައިފައިވާ މި ގަވާއިދުގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ހުއްދަ ( އެމްޕްލޯއިމަންޓް އެޕްރޫވަލް) ދިނުމާއި، އެ ހުއްދަދިނުމުގައި އަމަލުކުރަންވީ ގޮތާއި މިކަންކަމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންހިމަނައިފައިވެއެވެ. މި ގަވާއިދުަގައިވާ ބަޔާންކޮފައިވާގޮތުން ރާއްޖޭގައި މަސައްކަތެއްކުރުމަށް ބިދޭސީން ރާއްޖެ ގެންނަންވާނީ […]
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިމީހަކު ޝަރީއަތްނިމެންދެން ބަންދުކޮށްފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކި ދުވަސްމަތިން ކުޑަ އަންހެންކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ޝަރީއަތްނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ގއ. ދެއްވަދޫ ތިރުގެ، އިބްރާހިމް ނަދީމް ސާލިހު 32، އެވެ. ނަދީމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި ކޯޓް އަމުރެއްގެ ދަށުން އޭގެ ދެ ދުވަސް […]
ކުނިން ހަކަތައުފެއްދުމުގެ މަޝްރޫއަކަށް އޭޑީބީން 1.1 ބިލިއަން ރުފިޔާ ދީފި

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުނިން ހަކަތަ އުފެއްދުމަށް ހިންގާ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑިބީން ) 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ. އޭޑީބީން މައުލޫމާތުދޭގޮތުގައި މި އެހީން މާލެސަރަހައްދުގައި ކުނިންހަކަތަ އުފައްދާ ވޭސްޓް ޓްރީޓްމަންޓް ފެސިޓީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި ބަހައްޓާ ޕްލާންޓްތަކުން ދުވާލަކު 500ޓަނުގެ ކުނި މެނޭޖްކޮށް، އަށް މެގަވޮޓްގެ ކަރަންޓް އުފައިދޭނެކަމަށް […]
އިންޑިއާ ފުލުހުން ތިން މުސްލިމުގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން އަވައްޓެރި އިންޑިއާގެ ބެންގަލޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށް ތިން މުސްލިމެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ އިންޑިއާގެ ސިޔާސީ ލީޑަރެއްގެ އާއިލާމީހަކު ކީރިތިރަސޫލާ އަށް ފުރައްސާރަވާގޮތަށް ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން މުސްލިމުންގެ ބަޔަކު އެ ސިޔާސީ ލީޑަރުގެ ގޭދޮށަށް އެއްވެ ހިނގި ހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގަ އެވެ. މިހަމަނުޖެހުމުގެ ތެރޭގައި އެއްވެ […]
ކާޑެއްދޫ އެއަރޕޯޓުން އަތުލައިގަތް ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

ގދ ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ. ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާ ތަކަކީ ކާޑެއްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ. ފުލުހުން ބުނީ މި ތަކެއްޗަކީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 162 ފުޅި އާއި 20 ދަޅު ބިޔަރު ހިމެނޭކަމަށެވެ. މިތަކެތި ނައްތާލައިފަވަނީ ތިނަދޫ ޕޮލިސްސްޓޭޝަންގެ ގޯތި ތެރޭގައި […]
މީޑިއާ އާ ގުޅޭމަސައްކަތައް އެއް ފުރާޅަކަށް ގެނައުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ހިންގާ ޕްރިންޓް، އޮންލައިން އަދި ބޮރޮޑްކާސްޓިން މީޑިއާތައް ރެގިއުލޭޓްކޮށް ބެލެހެއްޓުން އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށައިފި އެވެ. އެގޮތުން ބްރޯޑްކާސްޓްކޮށްގެން ކުރިއަށް ގެންދާ މީޑިއާތަށް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ހަމަޖައްސާފައިވާ މިނިވަން މުއައްސަސާ ބޮރޯޑްކާސްޓިން ކޮމިޝަން ( ބްރޯޑްކޮމް) އާއި އޮންލައިން އަދި ޕްރިންޓް މީޑިއާ ރެގިއުލޭޓް ކޮށް ބަލަހައްޓަމުންގެންދާ މުއައްސަސާ މޯލްޑިވްސް މީޑިއާ ކައުންސިލް ( އެމްއެމްސީ) އަދި އިންފޮމޭޝަން ކޮމިޝަނުރުގެ އޮފީސް ( އައިކޮމް) […]
ކޮވިޑް-19: ރަޝިއާއިން އުފެއްދި ކޮވިޑް ވެކްސިން ފުރަތަމަ ޖަހަނީ ޑޮކްޓަރުންނާއި ޓީޗަރުންގެ ގަޔަށް

ރަޝިއާ އިން ކޮވިޑް-19 ބައްޔަށް އުފެއްދި ވެކްސިން ފުރަތަމަ ވެސް ޖަހަން ނިންމާފައިވަނީ އެގައުމުގެ ޑޮކްޓާރުންނާއި ޓީޗަރުންގެ ގަޔަށް ކަމަށް އެގައުމުން ހާމަކޮށްފި އެވެ. އެގައުމުގެ ހެލްތު މިނިސްޓަރު މީކާއީލް މުރަޝްކޯ އާ ހަވާލާދީ މީޑީއާ ރިޕޯތްތައް ބުނާގޮތުން އެގައުމުގެ ދައުލަތުގެ ރިސާޗް ފެސިލިޓީއކަމުގައިވާ ގަމަލެޔާ އިންސްޓްޓިއުޓުން އުފެއްދި ވެކްސިންގެ ކްލިނިކަލް ޓްރެޔަލްތައް މިހާރުވަނީ ނިމިފަ އެވެ. އެ ވެކްސިން ރަޖިސްޓްރީ ކުރުމަށް ކަރުދާހުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް މިނިސްޓަރަާއި ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. މީޑިއާ […]
އެއާރއިންޑިއާގެ މަތިންދާބޯޓެއް ވެއްޓި 17 މީހަކު މަރުވެއްޖެ

އެއަރ އިންޑިއާ މަތިންދާބޯޓެއް ކެރެލާ ސްޓޭޓްގެ ކޮހިކޯޑް އެއަރޕޯޓަށްޖައްސަން އުޅެނިކޮށް ވެއްޓި އޭގެއިން ދަތުރުކުރި 17 މީހަކު މަރުވެ ގިނައަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ އެވެ. ދުބާއީން ފުރައިގެން 191 ޕަސިންޖަރުންނާއެކު ދަތުރުކުރި މިބޯޓު ކޮހިކޯޑް އެއަރޕޯޓަށް ވެއްޓުނީ މިރޭ އިންޑިއާ ގަޑިން 7:45 ހާއިރު އެވެ. މިބޯޓްގައި 10 ކުޑަކުދިންގެ އިތުރުން 184 ދަތުރުވެރިންނާއި 7 ފަޅުވެރިންވަނީ ދަތުރުކޮށްފަ އެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި ދެ ޕައިލެޓުންވެސް ވަނީ މަރުވެފައެވެ. އަދި ޒަޚަމްވި މީހުންތައް ހިސާބުގަނޑުގެ އެކިހޮސްޕިޓަލްތަކަށް […]
މައިންބަފައިންނަށް ހެޔޮކޮށް ނުުހިތާމީހާއީ އަބާއްޖަވެރިއެއް: ޚުތުބާ

ބާއްޖަވެރިޔަކީ ﷲއަށް ތަގުވާވެރިވުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތާމީހާ ކަމަށާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ހެޔޮކޮށްނުހިތާމީހަކީ އަބާއްޖަވެރިއެއްކަމާމެދު އެއްވެސް ޝައްކެތްނެތްކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ. މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ މައިންބަފައިންނަށް އިޚްލާސްތެރިވެ ހެޔޮކޮށް ހިތުމުގެ މަށްޗަށެވެ. މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މައިންބަފައިންނަށް ކަމޭހިތުމަކީ ސާލިހުންގެ ރިވެތި އާދައެއްކަމަށާއި އެއީ މުސިބާތްތަކުން ސަލާމަތްވެވޭ ބަރަކާތް ހާސިލްކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަބަބެއްކަމަށެވެ. އަދި ކަންބޮޑުވުންތަކާއި ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ލިބި ދިރިއުޅުން ރަގަޅުވެގެންދާނެ ކަމެއްކަމަށެވެ. ﷲ ތައާލާ ވަނީ […]