އެއާރއިންޑިއާގެ މަތިންދާބޯޓެއް ވެއްޓި 17 މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އެއަރ އިންޑިއާ މަތިންދާބޯޓެއް ކެރެލާ ސްޓޭޓްގެ ކޮހިކޯޑް އެއަރޕޯޓަށްޖައްސަން އުޅެނިކޮށް ވެއްޓި އޭގެއިން ދަތުރުކުރި 17 މީހަކު މަރުވެ ގިނައަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ އެވެ.

ދުބާއީން ފުރައިގެން 191 ޕަސިންޖަރުންނާއެކު ދަތުރުކުރި މިބޯޓު ކޮހިކޯޑް އެއަރޕޯޓަށް ވެއްޓުނީ މިރޭ އިންޑިއާ ގަޑިން 7:45 ހާއިރު އެވެ. މިބޯޓްގައި 10 ކުޑަކުދިންގެ އިތުރުން 184 ދަތުރުވެރިންނާއި 7 ފަޅުވެރިންވަނީ ދަތުރުކޮށްފަ އެވެ.

މިހާދިސާގައި ބޯޓުން ދަތުރުކުރި ދެ ޕައިލެޓުންވެސް ވަނީ މަރުވެފައެވެ. އަދި ޒަޚަމްވި މީހުންތައް ހިސާބުގަނޑުގެ އެކިހޮސްޕިޓަލްތަކަށް ފޮނުވާފައިވާއިރު އޭގެ ތެރެއިން ގިނަމީހުން ހާލު ސީރިއަސްކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެއާއިންޑިއާގެ ބޮއިންގ 727 މަރުކައިގެ މި މަތިންދާބޯޓު ވެއްޓިފައިވާ މަންޒަރުތަކުން ފެންނަގޮތުގައި ބޯޓުވަނީ ދެފަޅިއަށް ބުރިވެފަ އެެވެ.

މިފްލައިޓަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ އެކިހިސާބުތަކުގައި ތިބި އިންޑިޔާ ރައްޔިތުން ގައުމަށް އަނބުރާ ގެނައުމަށް “ ވަންދޭބާރަތު ރީފެޑްރިއޭޝަން މިޝަން“ގެ ނަމުން ކުރިއަށް ގެންދާ މިޝަންގެ ދަށުން ދަތުރުކުރި ފްލައިޓެ ކެވެ.

ބޯޓްވެއްޓުނު ރަންވޭ އިންސްޕެކްޓް ކުރަން މީގެ ނުވަ އަހަރުކުރިން އުޅުނުމީހަކު އިންޑިއާގެ ނޫސް އެޖެންސީ އެއްކަމުގައިވާ އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނީ ބޯޓްޖެއްސި ރަންވޭއަކީ އެންމެ އެކަށީގެންވާ ހާލަތެއްގައި ހުރި ތަނެއްނޫންކަމަށެވެ. މިހާދިސާ ހިނގިވަގުތު ވެސް އެހިސާބަށް ބޯކޮށް ވާރޭވެހެމުންދިޔަކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސިވިލްއޭވިއޭޝަން މިނިސްޓަރު ހަރްދީޕްސިންޕޫރީ މީޑއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާދިސާ ހިނގަންމެދުވެރިވި ސަބަބު ހޯދަން މަސައްކަތްތައް ކުރެވެމުންދާކަމަށާއި އދި މިހާތަނަށް ސަބަބުހޯދިފައި ނުވިނަމަވެސް ވަރަށް އަވައަށް ސަބަބު ހޯދުމަށްފަހު މީޑައާއާ ހިއްސާކުރާނެކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް