ކުނިން ހަކަތައުފެއްދުމުގެ މަޝްރޫއަކަށް އޭޑީބީން 1.1 ބިލިއަން ރުފިޔާ ދީފި

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުނިން ހަކަތަ އުފެއްދުމަށް ހިންގާ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑިބީން ) 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީއެއް  ދިނުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.

އޭޑީބީން މައުލޫމާތުދޭގޮތުގައި މި އެހީން މާލެސަރަހައްދުގައި ކުނިންހަކަތަ އުފައްދާ ވޭސްޓް ޓްރީޓްމަންޓް ފެސިޓީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި ބަހައްޓާ ޕްލާންޓްތަކުން ދުވާލަކު 500ޓަނުގެ ކުނި މެނޭޖްކޮށް، އަށް މެގަވޮޓްގެ ކަރަންޓް އުފައިދޭނެކަމަށް ވެސް އެބޭންކުން ބުނެ އެވެ.

އަމިއްލަފަރާތަކާއި ހަވާލުކޮށްގެން ގާއިމް ކުރުމަށް ހަމަޖައްސާފައިވާ މި ޕްލާންޓްގެ މަސައްކަތް އެފަރާތުން 15 އަހަރުގެ މުއްދަތަކަށްް ބަލަހައްޓާނެ ކަމަށް ވެސް އޭޑީބީން ހާމަކުރެ އެވެ.

އެ ބޭންކުން މިދޭ އެހީގެ ދަށުން އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތަށް ހަރުދަނާކުރުމަށް ވެސް ވަނީ ހަމަޖެހުފައިވެއވެ.

މި މަޝްރޫއުއަށް ޖުމްލަ 2.3 ބިލިއަން ރުފިޔާ ޚަރަދުވާއިރު އޭޝިއަން އިންޕްރާންޗަރ ބޭންކުން 616 މިލިއަން ރުފިޔާގެ ލޯނުގެ އެހީއެއް ވެސް ވުމަށް ހަަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ”ޖަޕާނުގެ ފަންޑް ފޯ ދަ ޖޮއިންޓް ކްރެޑިޓިން މެކޭނިޒަމ“ ް އިންވެސް މި މަސައްކަތަށް 154 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށް ދޭގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ގިނަ ރިސޯޓްތައް ހިންގާއިރު އެންމެ ގިނަ ރިސޯޓްތައް ހިންގަނީ މާލެ ސަރަހައްދުގައެވެ. މި ރިސޯޓްތަކުން ގެންނަ ކުންޏާއި އަދި މީހުންދިރިއުޅޭ ރައްތަކުން ކުނި ގެންސަނީ ތިލަފުއްޓަށެވެ. ތިލަފުށީގައި ދުވާެލެއްގެ މަށްޗަށް ގާތްގަޑަކަށް 830 ޓަނުގެ ކުނި އަންދައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް