ވިސާ އާ ނުކުރެވިފައިވާ ބިދޭސީން، ބަނދަރަށް ދިއުމުން ފުރޭނެ އިންތިޒާމް ހަމަޖައްސައިފި

ރާއްޖޭގައި ތިބި ބިދޭސިންގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން ވިސާ އާ ނުކުރެވި ތިބި ބިދޭސިންގެ ވިސާގެ މުއްދަތު އިތުރުނުކޮށް ފުރާ ބަނދަރަށް ދިއުމުން ފުރޭނެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ. އިމިގްރޭޝްނ އިން މިއަދު ނެރު އިއުލާންއެއްގައި ބުނެފައިވަނީ މި އިންތިޒާމްގެ ދަށުން ޓޫރިސްޓް ވިސާ އާއި ބިޒްނަސް ވިސާ އަދި ކަނޑުބޯޓްތަކުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވިސާ މާޗް 19ގެ ފަހުގެ ތާރީޚަކަށް ހަމަވާނަމަ ވަޒީފާގެ މުއްދަތު އިތުރުނުކޮށް […]

ސަބަބުތަކަކީ ކަމެއް ހާސިލް ކުރަން މުހިންމު ކަމެއް ނޫންކަން ދުށުމީ ސިކުޑީގެ އުނިކަމެއް: ޚުތުބާ

ސަބަބުތަކުގައި ހިފުމަކީ މާތްﷲ އަށް ކިޔަމަން ތެރިކަން އަދާކޮށް އެކަލާނގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި، އެ ސަބަބުތަކަކީ ކަމެއް ހާސިލް ކުރުމުގައި މުހިންމު ކަމެއް ނޫންކަމުގައި ދުށުމީ ސިކުޑީގެ އުނިކަމެއްކަމަށް ޚުތުބާގައި ބުނެފި އެވެ. ހައްގުގޮތުގައި ﷲ އަށް ވަކީލުކުރުމުގެ މައުޟޫއަށް ޚާއްސަ ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މާތްﷲ ކާއިނާތުގެ ކަންކަން ރާއްވަވައި ހިންގަވަނީ އެކަލާނގެ ލައްވާފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތަށް ކަމަށާ ކޮންމެ ކަމެއް ވުމަށްޓަކައި ވެސް އެކަލާނގެ ލައްވާފައިވާ […]

ޕެންޝަނަށް އެދި ފޯމް ހުށަނޭޅިދާ ދުވަސްތަކަށް ވެސް ފައިސާ ލިބޭގޮތް ހަދައިފި

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކަނޑައަޅާފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޕެންޝަން އަށް އެދި ފޯމު ހުށަނޭޅި ދާ ދުވަސްތަކަށް ވެސް އަސާސީ ޕެންޝަނުންވާ ފައިސާ ދޭ ގޮތަށް ނިންމައި އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު އިސްލާހު ކޮށްފި އެެވެ. އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު އިސްލާހުކޮށް  މިއަދު ވަނީ ގެޒެޓް ކޮށްފަ އެވެ. މި އިސްލާހުގައި ވާގޮތުން  އާންމު ސިއްޚަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަސް ކަމަށްވާ މާޗް 12 […]

ވެސްޓޯ މޯބައިލް ފިހާރަ ފަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ތަކެތި ހޯދައިފި

މާލެސިޓީގެ މަޖީދީ މަގުގައި ހުންނަ ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށް އެ ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރި އިރު އެ ފިހާރައިން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި އޭނާ ދިރިއުޅޭ ގެއިން ފެނިގެން ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރުމަށް […]

ލަންދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ނ.ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން  މިއަދު ފަށައިފި އެވެ. މި މަސައްކަތްކުރުމަށް ބޭނުންވާ މެޝިނަރީސްތައް އެރަށަށް ގެންގޮސްފައިވަނީ މި މަހު 12 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން  25000 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 256 މީޓަރު ސަރަހައްދުގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން 1280 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ. ޕްލޭނިންގް […]

ގިނަ ދުވަސްވީ މުދާ ކުލިއަށްކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި މުދާތަކުގެ ތެރެއިން ކްލިއަރނުކޮށް ގިނަ ދުވަސްވެފައިވާ މުދާ ކްލިއަރ ކުރުމަށް ހަތްދުވަހުގެ މުއްދަތެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލ)ް އިން ދީފި އެވެ. އެމްޕީއެލް އިން ބުނީ އެކުންފުނިން މި ހަތްދުވަހުގެ ތެރޭގައި މުދާ ކްލިއަރ ނުކޮށްފި ނަމަ މިފަދަ މުދަލާއިމެދު އަމަލު ކުރުމަށް ހަމަޖެހިފައވާ ގަވާއިދުގެ ދަށުން މި މުދާތަށް ނީލަމުގައި ވިއްކައި ލެވޭނެކަމަށެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި މުދާ ވިއްކާ ނުލެވުނުނަމަ އެމުދާތަށް ނައްތާލެވޭނެ ކަަމަށާއި، […]

ކީރިތި ރަސޫލާގެ ހިޖްރައިން އިބްރަތްހާސިލްކޮށް، ގައުމު ސަލާމަތްކުރައްވާ

ހިޖްރީ އާއަހަރަކަށް އަލިވިލައިފި އެވެ. ހިޖްރީ އާ އަހަރަކީ މުހައްރަމް މަހުގެ އެއްވަނަ ދުވަހެވެ. މި ދުވަހު މުހިންމުވާ ގިނަ ސަބަބުތަކެއް ވެއެވެ. ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ ރަސޫލާ ސައްލައްﷲ އަލަހި ވަސައްލަމް ހިޖުރަ ކުރައްވައި މައްކާއިން މަދީނާ އަށް ވަޑައިގެންނެވި މަތިވެރި ހާދިސާ އާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާ އެވެ. ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުން މައްކާގައި ތިއްބެވިއިރު މުޝްރިކުންގެ ދުއްތުރާ އިންތިހާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އަމިއްލަ […]

ދަރަވަންދޫ އެއަރޕޯޓުން އަތުލައިގަތް ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ. ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާ ތަކަކީ ދަރަވަންދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ. ފުލުހުން ބުނީ މި ތަކެއްޗަކީ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 350 ބަނގުރާ ފުޅި އާއި 211 ދަޅު ބިޔަރު ހިމެނޭކަމަށެވެ. މިތަކެތި ނައްތާލައިފަވަނީ އެއަތޮޅު ދަރަވަންދޫ ކުނިގޮޑު ސަރަހައްދުގައި […]

މަސްތުވާތަކެތީގެ މައްސަލައިގައި ކުޑަ ކުއްޖަކާއި އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ތަފާތު ދެ މައްސަލައެއްގައި ކުޑަކުއްޖަކާއި އަންހެނަކު ހައްޔަރުކޮށްފި އެވެ. ފުލުުހުން ބުނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން މިމަހު 17 ގައި އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކެއް ފެނުމާއި ގުޅިގެންނެވެ. ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 17 ރަބަރު ޕެކެޓާއި ބަނގުރާ ކަމަށް އެއްޗެއްހުރި 500 އެމްއެލްގެ ނުވަ […]

މުގައްދަސް ދެ މިސްކިތެއްގެ އިސް މަގާމުތަކަށް އަންހެނުން

maldives news

ސައޫދީގައި މުސްލިމުންގެ މާތްވެގެންވާ ދެ މިސްކިތެއްގެ އިސްމަގާމުތަކަކަށް 10 އަންހެނުން ހަމަޖައްސައިފި އެވެ. އެއީ މައްކާގައި ހުންނަ މަސްޖިދުއް އަލް ހަރަމް އާއި މަދީނާގައި ހުންނަ މަސްޖިދުލް އައްނަބަވީ އަށެވެ. މިކަން އިއުލާންކުރަމުން ޚާދިމް އަލްހަރަމައިން އައްޝަރީފާއިންގެ ރައީސް ޑރ އަބްދުއްރަހުމާން އަލްސުދައިސް ވިދާޅުވީ މި ނިންމުމަކީ ސައޫދީގައި އަންހެނުން ބާރުވެރިކުރުވައި ގައުމުގެ ތިބި ގާބިލް އަންހެނުންގެ ބައިވެރިވުމާއި ލީޑާޝިޕް މަގާމުތަކުގައި ބައިވެރިވުން އިތުރުކުރުމަށް ކުރާކަމަށެވެ. އަދި  ގައުމުގެ އިގްތިސާދު ވެސް އަންއެނުންގެ ބައިވެރިވުމުގެ ދަށުން ކުރިއަށް […]