މަސްތުވާތަކެތީގެ މައްސަލައިގައި ކުޑަ ކުއްޖަކާއި އަންހެނަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ތަފާތު ދެ މައްސަލައެއްގައި ކުޑަކުއްޖަކާއި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުުހުން ބުނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން މިމަހު 17 ގައި އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކެއް ފެނުމާއި ގުޅިގެންނެވެ.

ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 17 ރަބަރު ޕެކެޓާއި ބަނގުރާ ކަމަށް އެއްޗެއްހުރި 500 އެމްއެލްގެ ނުވަ ފުޅި އޭނާ ދިރިއުޅޭ ގެއިން ފެނިފައިވާކަމަށެވެ.

ދެ ވަނަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ އަންހެނެކެވެ.

މި މީހާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ތ. ތިމަރަފުށީ މަގުމަތިން އިއްޔެ ހަވީރުގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ޗާޖަރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

އދި މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި މާލެއިން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް މައުލޫމާތު ލިބިގެން  ކޯޓް އަމުރެއްގެ ދަށުން އެބޯޓް ފާސްކުރި އިތު އޭގެތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ފޮށިގަޑެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ނަމަވެސް މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.

މި މައްސަލަތައް ފުހުލުން ގެންދަނީ އިތުރައް ތަހުގީގު ކުރަމުންނެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް