ކުލަގަދަ ރަސްމިއްޔާތަކާއެކު ކުމުންދޫގެ ނޭޗަރ ޕާކް ހުޅުވައިފި

ހދ. ކުމުންދޫ ޒުވާނުން އެރަށު ކުޅީގައި ތަރައްގީކުރި ނޭޗަރޕާކް ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ސަގާފީ ހަރަކާތްތަކާއެކު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕާކް ރަސްމީކޮށް ހުޅުވައިދެއްވީ އަފީފުއްދީން ސުކޫލްގެ ޕްރިންސިޕަލް ނާސިހާ އިދްރީސް އެވެ. ”ވެހިސަރާ“ގެ ނަމުން ނަންދީފައިވާ މި ޕާކް ހަދައިފައިވަނީ އެރަށު ކުރެވި ޖަމިއްޔާގެ ގޮތްޕެއް ކަމަށްވާ ޒީރޯ ސްޕޯޓްސް އިން އިސްނަގައިގެންނެވެ. ގާތްގަޑަކަށް ދެ ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްފައިވާ މި ޕާކް ހުންނަނީ އެރަށުގެ ކުޅީގައެވެ. ކުޅީގެ މެދުގައި 12 ފޫޓް […]
ކޮވިޑް-19ގެ ހާލަތުގައި އެންމެބޮޑު ހަތިޔާރަކަށް ވާންޖެހޭނީ ގަޟާގަދަރަށް އީމާންވުން: ޚުތުބާ

ކޮވިޑް19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި އެންމެ ބޮޑު ހަތިޔާކަށް ވާންޖެހޭނީ ގަޟާގަދަތަށް އީމާންވުންކަމަށް މި އަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެ އެވެ. މިންވަރަށް އީމާންވުން މި މައުޟޫއަށް ޚާއްސަކޮށްފައިވާ މިއަދުގެ ޚުތުބާގައި ވިދާޅުވީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައި މިވާ ނުތައްކާތެރި ބަލިމަޑުކަމުގައި ގަޟާގަދަރަށް އީމާންވެ ކެތްތެރިވާން ޖެހޭނެކަމަށެވެ. “ ކޮވިޑް-19ގެ ހާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ގަޟާގަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުން. އީމާންކަމާއި ކެތްތެރިވުމުން ހިމާޔަތް ލިބިގެންފިނަމަ ދުނިޔެމަތީގައި ލިބެންއޮތް ހެވެއް އެއްވެސް މީހަކަށް […]
ލޯންތަކަށް މި މަހުންފެށިގެން ފައިސާ ދައްކަންޖެހޭނެ: އެޗްޑީއެފްސީ

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ( އެޗްޑީއެފްސީ)ން ނަގާފައިވާ ލޯންތަކަށް މިމަހުންފެށިގެން ފައިސާ ދައްކަންޖެހޭނެކމަށް އެކޯފަރޭޝަނުން ވިދާޅުވެއްޖ ެއެވެ. އެޗްޑީއެފްސީން މިއަދު ނެރުނު އިއުލާނުގައި ވިދާޅުވެފައިވަނީ ހައުސިން ފައިނޭންސިން ފެސިލިޓީތައް ނަންގާފައިވާ ފަރާތްތަކަށް ފައިސާ ދެއްކުން ލަސްކުރެވިފައިވަނީ އޯގަސްޓްމަހުގެ ނިޔަލަށް ކަމަށާއި އެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އެކުންފުނިން ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާދެއްކުމަށް ލުޔެއްދިނީ ހަލުވިކަމާއެކު މިހާރު ފެތުތެމުންދާ ކޮވިޑް-19ގެ ބަލިމަޑުމަޑުކަމާއި ގުޅިގެން ދިރިއުޅުމުގެ އާންމު ހާލަތަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ […]
ޤުރުއާން ކްލާސްތަކާއި ޕްރީ ސްކޫލްތަކުން އެހީގެ ފައިސާއަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކަމަށް އެހީވުމުގެ ގޮތުން ޤުރުއާްން ކުލާސްތަކާއި އަމިއްލަ ޕްރީ ސުކޫލްތަކުގެ އިތުރުން ކޮމިއުނިޓީ ޕްރީ ސްކޫލުތަކުން މާލީ އެހީގެ ފައިސާ އަށް އެދުމުގެ މުއްދަތު އެޑިއުކޭޝަން މިނިސްޓްރީން އިތުރުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެހީއަށް އެދުމުގެ ފުރުސަތު އިތުރުކުރީ ކުރިން މިކަމަށް އިއުލާންކުރުމުން އެހީގެ ފައިސާ އަށް އެދުނު ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓްކުރިއިރު އެހީ ލިބޭފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، ވީހާވެސް ގިނަ ފަރާތްތަކަކަށް މި އެހީ […]
ގަސް ރާއްޖެ އެތެރެކުރުމުގައި ގަވާއިދަށް އަމަލުކުރުމަށް އެދެފި

ރާއްޖެ އަށް އެތެރެކުރާ ގަސްގަހާއި ގަހުގެ ބާވަތްތައް އެތެރެކުރުމުގައި ގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން އިލްތިމާސްކޮށް ފިއެވެ. އެގްރިކަލްޗަރ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަސްގަހާއި ގަހުގެ ބާވަތްތަކަކީ ”ގަސްގަހާއިގެހި ހިމާޔަތްކުރުމުގެ ގާނޫނު“ގެ ދަށުން ބަލިތަކާއި ބަލި ޖައްސާ ފަނިފަކްސާ ސޫފާސޫފި އަދި ޖަރާސީމްތައް ތައާރަފްވުމާއި ފެތުރުން ރަައްކާތެރެިވުމަށްޓާކައި އެ މިނިސްޓްރީން ކަނޑއަޅާފައިވާ ފައިޓޯ ސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އެތެރެކުރާ ތަކެތި ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގަސްއެތެރެކުރަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށް […]
ކަރަންޓީން ފެސިލިޓީތަކުން ފިލައިގެންއުޅޭ 11 ބިދޭސީއަކު ހޯދަންފަށައި

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މީހުން ކަރަންޓީންކުރަން ހަދާފައިވާ ފެސިލިޓީތަކަކުން ފިލައިގެން އުޅޭ 11 ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ފިލައިގެން އުޅޭމީހުންގެ ވަނަވަރު މިއަދު އާންމުކޮށް ފުލުހުން ބުނީ އެމީހުންނަކީ ބަންގްލަދޭޝް މީހުންކަމަށާއި އެމީހުންނަކީ ގަވާއިދާޚިލާފަށް އުޅޭބައެއްކަމަށެވެ. އަދި އެމީހުން ފިލާފައިވަނީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ : ލޮފަކްކުރި، ލަކްސްމިޕޫރު ( ޕާސްޕޯޓް ނަންބަރު : BM0938722 ) ބައްޗު، […]
ކޮވިޑަށް ޕޮޒިޓިވްވި މިހާ ވިލިގިއްޔަށް އެރުވުމަށް ދެކޮޅު ހެދި މީހުންނަށް ހަރުކަށި އަދަބުދޭން އެ ރަށުކައުންސިލުން ގޮވާލައިފި

ގއ ވިލިގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތްކުރި ކޮވިޑް-19 އަށް ޕޮޒިޓިވް އުމުރުން ދުވަސްވީ މީހާ އެ ރަށަށް އަރުވަން ދެކޮޅު ހެދި މިހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އެރަށު ކައުންސިލުން ގޮވާލައިފި އެވެ. އަތޮޅުކައުންސިލް އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގދ ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހާ ވިލިގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމާއި ދެކޮޅަށް މަދު ބަޔަކު ނިކުމެ ހިންގާފައިވާ އަމަލަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށެވެ. “ މިއަދު ވިލިގިލީގައި […]
ކޮވިޑަށް ޕޮޒިވި ތިނަދޫމީހާ ވިލިގިއްޔަށް ނޭރުވުމުން މާލެގެނެސްފި

ގއ ވިލިގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތްކުރި ކޮވިޑް-19 އަށް ޕޮޒިޓިވް އުމުރުން ދުވަސްވީ މީހާ އެ ރަށަށް އަރުވަން ރަށުގެ ބައެއް މީހުން ދެކޮޅު ހެދުމުން އޭނާ ހުޅުމާލޭ ކަރަންޓީން ފެސިޓީއަށް ގެނެސްފި އެވެ. ވިލިގިލީ ކަރަންޓީން ފެސިލިޓީއަށް ގެންދަން މަސައްކަތްކޮށްފައިވަނީ ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހެކެވެ. އެމީހާ ވިލިގިޔަށް ގެންދިޔަ ލޯންޗް ވިލިގިއްޔާ ކައިރިކުރިއިރު އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކުދިޔައީ އެކަމާ ދެކޮޅުހަދައި ބަނދަރުމަތީ އިހުތިޖާޖުކުރަމުންނެވެ. ގިނައިރުތަކެއްވަނދެން ލޯންޗް ރަށާކައިރިކޮށްގެން އޮތުމަށްފަހު އެނބުރި […]
ޚާއްސައެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި މައްސައެއްގައި ދައުވާއުފުލައިފި

އައްޑޫސިޓީ ހިތަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ދެ މީހެއްގެ މަށްޗަށް ދައުވާކޮށް އެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ. މިދިޔަ މަހު 31 ވަނަދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ އަންހެންމީހާ ރޭޕްކުރިކަމަށް ދައުވާކޮށްފައިވަނީ އައްޑޫ ހިތަދޫ ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރު އާއި މާލެ، ދަފްތަރު ނަންބަރު963، މަޚްތޫމް މޫސާ ދީދީގެ މަށްޗަށެވެ. އެ ދެ މީހުންމަށްޗަށް ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ […]
އިސްދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފި އެވެ. މި މަޝްރޫއުގެ ދަށުން 27129 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 230 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 208 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 1560 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ. ޕްލޭނިންގް […]