ޤުރުއާން ކްލާސްތަކާއި ޕްރީ ސްކޫލްތަކުން އެހީގެ ފައިސާއަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކަމަށް އެހީވުމުގެ ގޮތުން ޤުރުއާްން ކުލާސްތަކާއި އަމިއްލަ ޕްރީ ސުކޫލްތަކުގެ އިތުރުން ކޮމިއުނިޓީ ޕްރީ ސްކޫލުތަކުން މާލީ އެހީގެ ފައިސާ އަށް އެދުމުގެ  މުއްދަތު އެޑިއުކޭޝަން މިނިސްޓްރީން އިތުރުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެހީއަށް އެދުމުގެ ފުރުސަތު އިތުރުކުރީ ކުރިން މިކަމަށް އިއުލާންކުރުމުން އެހީގެ ފައިސާ އަށް އެދުނު ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓްކުރިއިރު އެހީ ލިބޭފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، ވީހާވެސް ގިނަ ފަރާތްތަކަކަށް މި އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ފައިސާގެ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅޭނެކަމަށާއި މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު  މި މަހު އަށެއްވާ އަންގާރަދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީ ސްކޫލްތައް އަދި ކޮމިއުނިޓީ ޕްރީ ސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީތެރިވުުގެ ގޮތުން ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާ ޚަރަދު ކުރަން ވަނީ ނިންމާފަ އެވެ.

އެމިނިސްޓްރީން ބުނީ މި އެހީގެ ތެރެއިން ފަސްލައްކަ ރުފިޔާ ޤުރުއާން ކުލާސްތަކަށް ޚާއްސަކޮށްފައިވާކަމަށާއި ދެން އޮތް އެއް މިލިއަން ޚާއްސަ ކޮށްފައިވާނީ ޕްރީ ސްކޫލްތަކަށް އެހީވުމަށްކަަމަށެވެ.

މި އެހީ ލިބޭނީ އެމިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަދި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ތަންތަނަށެވެ.

އަދި މީގެ އިތުރުން ޕްރީސްކޫލްތަކުން މިނިސްޓްރީގެ އެޑިއުކޭޝަން އިންފޮމޭޝަން ސިސްޓަމް ( މީމިސް) އަށް ރަޖިސްޓްރީކޮށްފައިވުމާއި، ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކޮށްފައި ވުން ޝަރުތުކޮށްފައިވެ އެވެ.

ގުރުއާން ކުލާސްތަކަކީ 18 އަހަރުންދަށުގެ ކުދިންނަށް ކިޔަވަދޭ ކުލާސްކަމުގައި ވާންޖެހެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއިގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ޕްރީސްކޫލް އަދި ޤުރުއާން ކުލާސްތަކުގައި ކިޔަވައިދިނުން ހުއްޓުވަލުމުން އެފަަދަ ފަރާތްތަކަަށް މާލީގޮތުން ބޮޑު ގެއްލުމެއްދަނީ ލިބެމުންނެވެ. އެއާއެކު ބައެއް ތަންތަނުން ޓީޗަރުންނަށް މުސާރަދެވޭނެ ގޮތެއްނެތިގެން ޓީޗަރުން ކަނޑާލައިފައި ވެސް ވެއެވެ. އެޑިއުކޭޝުން ވަނީ ޓީޗަރުންނާމެދު މިފަދަ ގޮތަކަށް އަމަލުނުކުރުމަށް އެފަރާތްތަަކށް އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް