ޚާއްސައެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި މައްސައެއްގައި ދައުވާއުފުލައިފި

Loading

Facebook
Twitter
WhatsApp

އައްޑޫސިޓީ ހިތަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ދެ މީހެއްގެ މަށްޗަށް ދައުވާކޮށް އެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.

 

މިދިޔަ މަހު 31 ވަނަދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ އަންހެންމީހާ ރޭޕްކުރިކަމަށް ދައުވާކޮށްފައިވަނީ އައްޑޫ ހިތަދޫ ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރު އާއި މާލެ، ދަފްތަރު ނަންބަރު963، މަޚްތޫމް މޫސާ ދީދީގެ މަށްޗަށެވެ.

 

އެ ދެ މީހުންމަށްޗަށް ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު ޝިމާއުއަށް މި ދައުވާގެއިތުރުން ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.

 

އެ މީހުންގެ މަށްޗަށް އުފުލާފައިވާ ނުކުޅެދުންތެރިކަން ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.

 

ރޭޕްގެ މައްސަލަތައް ހުށަހަޅާލެއް ފަހަކަށް އައިސް އިތުރުވެފައި ވީ ނަމަވެސް މިފަދަ މައްސަލަތަކުގައި ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފް ނުލިބޭކަމަށް ބުނެ ވަރަށްގިނަ ރައްޔިތުން ސަރުކާރަށް އެކި ގޮތަށް ފާޑުކިޔުން ވަނީ އިތުރުވެފަ އެެވެ. އަދި ބައެއް ފަރާތްތަކުން ރޭޕްގެ މައްސަލަތަކަށް އިންސާފް ހޯދައި ދިނުމަށް އެދިގޮވާލާ މުޒާހަރާތައް ވެސް ބާއްވާފައިވެ އެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް