އިސްދޫ ބަނދަރުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފި އެވެ.

މި މަޝްރޫއުގެ ދަށުން 27129 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 230 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 208 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ.

އަދި 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 1560 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއަށް 34.735.60 މިލިއަން ރުފިޔާ ޚަރަދު ވާނޭކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

މި މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީ އާއި ހާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ރާއްޖޭގެ ގިނަ ރައްތަކެއްގެ ބަނދަރާއި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. ކޮވިޑް-19ގެ ބަލިމަޑްކަމާއި ގުޅިގެން މި މަޝްރޫތަކަށް މަޑުޖެހިލުމެއް އައުމަށްފަހު އެކުންފުނިން މިހާރުދަނީ މަޝްރޫއުތަކުގެ މަސައްކަތް ވީހާވެސް އަވަސްމުއްދަތެއްގައި ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް