ކަރަންޓީން ފެސިލިޓީތަކުން ފިލައިގެންއުޅޭ 11 ބިދޭސީއަކު ހޯދަންފަށައި

Loading

September 2, 2020
profile
Facebook
Twitter
WhatsApp

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މީހުން ކަރަންޓީންކުރަން ހަދާފައިވާ ފެސިލިޓީތަކަކުން ފިލައިގެން އުޅޭ 11 ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފިލައިގެން އުޅޭމީހުންގެ ވަނަވަރު މިއަދު އާންމުކޮށް ފުލުހުން ބުނީ އެމީހުންނަކީ ބަންގްލަދޭޝް މީހުންކަމަށާއި އެމީހުންނަކީ ގަވާއިދާޚިލާފަށް އުޅޭބައެއްކަމަށެވެ. އަދި އެމީހުން ފިލާފައިވަނީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ :

ލޮފަކްކުރި، ލަކްސްމިޕޫރު ( ޕާސްޕޯޓް ނަންބަރު : BM0938722 )

ބައްޗު، ކޮމިލަ ( ޕާސްޕޯޓް ނަންބަރު : 0872347BR )

އެމްޑީ ސަހަޑަ މަތުއްބަރު ( ޕާސްޕޯޓް ނަންބަރު : BH0071527)

އެމް.ޑީ މިލޮންޝެކް، ޖެނައިޑާހް ( ޕާސްޕޯޓް ނަންބަރު : BX0843257 )

ސުމޮން އަހުމަދު ( ޕާސްޕޯޓް ނަންބަރު : BX0843257 )

ރަބް، ކޮމިއްލަ ( ޕާސްޕޯޓް ނަންބަރު : BE0876943 )

މުހައްމަދު ރުބެލް މިއަހް ކޮމިލަ ( ޕާސްޕޯޓް ނަންބަރު : BJ0081953 )

މަޒްނު ޕްރަމަނިކް، ތަޖްބަރީ ( ޕާސްޕޯޓް ނަންބަރު : BM0067339 )

ޚޯކޮން މާލިކް، ޗަންދުޕޫރު ( ޕާސްޕޯޓް ނަންބަރު : BX0536661 )

ޝަހާދަތު ހޮސައިން، ޗަންދުޕޫރު ( ޕާސްޕޯޓް ނަންބަރު : BE0524543 )

މި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9631696 އަށް ގުޅައި އެކަން އެ މުއައްސަސާއަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ކޮވިޑް-19 މާލޭގައި ފެތުރެންފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭޕްރީލް 15 ގައި މާލެ ސަރަހައްދު ލޮކްޑައުންކޮށް މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ކަރަންޓީން ފެސިލިޓީސްތަކަށް ބަދަލުކުރިއެވެ.

މި ފެސިލިޓީސްތަކުން ބައިތިއްބާފައިތިބި ބިދޭސީން އެކިދުވަސްމަތިން ދަނީ ފިލަމުންނެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 7804 މީހުން މިހާތަނަށް ޕޮޒިޓިވް ވަފައިވާއިރު މީގެތެރެއިން 2309 މީހުންނަކީ ބަގްލަދޭޝް މީހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް