ދަތުރުވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުން ކޮވިޑް ޓެސްޓްހަދައިދޭން ފަށައިފި

ރާއްޖެއިން ބޭރަށްދާ ދަތުރުވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ހަދައިދޭން ފަށައިފިއެވެ. ހުޅުމާލޭ ހުސްޕިޓަލުން ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބިދޭސީންނަށް ވެސް އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށެވެ. ދުވާލަކު 20 ފަތުރުވެރިންނަށް ޓެސްޓްހަދައިދޭން ހަމަޖައްސާފައިވާއިރު ޓެސްޓް ހަދަން ބޭނުންވާ ފަރާތްތަކުން 1417 އަށް ގުޅާލުމުން ޓެސްޓްހެދުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ދަތުރުކުރާފަރާތްތަކުން ފުރުމުގެ 48 ގަޑިއިރުކުރިން ޓެސްްޓް ކޮވިޑަށް ޓެސްޓްކުރަން ބޭނުންވާ […]
ބިޔަރު ދަޅު ތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށްފި

މާލެއިން ބިޔަރު ދަޅުތަކަކާއެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލައި ފާސްކުރި އިރު އެގެއިން 240 ބިޔަރު ދަޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ބިޑި ފެނިފައި ވެއެވެ. ފުލުހުން ވިދާޅުވީ ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ތަކެތި އަތުލައިގަނެ، މި ތަކެއްޗާއި ގުޅުން ހުރިކަމުގެ ތުހުމަދުގައި މީހުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހަތް […]
އެމްޕީއެލް އިން ނަގާ ސާރޗާރޖު ތިރީސް ޕަސަންޓް ކަނޑާލައިފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ( އެމްޕީއެލް) އިން ނަގަމުންގެންދާ ބައެއް ފީތަކަށް ގެނައި ބަދަލަށް އަމަލުކުރުން އެކުންފުނިން ފަސްކޮށްފި އެވެ. އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެކުންފުނިން ރޭގަނޑު 11 އިން ހެނދުނު 7:30 އާ ދެމެދު ދެވޭ ޚިދުމަތުގެ ގޮތުގައި ނަގަމުން އަންނަ 30 ޕަސެންޓް ޗާޖާއި ހޭންޑްލިންގ އެންޑް ފޯވެޖް ޗާޖަށް ބަދަލުގެނެސްް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އިއުލާން ކުރި ކުރުމަށް މިހާރު ވަނީ ބަދަލުގެނެސްފައެވެ. […]
ހުޅުމާލޭ ހޮސްޕިޓަލްގައި ކޮވިޑް-19އަށް ޓެސްޓްކުރަން ފަށައިފި

ާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ޓެސްޓް ހެދުން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓްތައް ކުރަން ފަށައިފިއެެވެ. ކޮވިޑް-19 އަށް ޓެސްޓް ކުރަން އެ ހޮސްޕިޓަލުން ފަށާފައިވަނީ މި ދިޔަ ބުރާސްދުވަހުއެވެ. ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ މި އެ ހޮސްޕިޓަލުގެ އަމާޒަކީ ދުވާލެއްގެ މަށްޗަށް 200 ސާމްޕަލް ޓެސްޓްކުރުމަށް ކަމަށާއި ޓެސްޓްހެދުމަށް ބޭނުންވާ ވަސީލަތްތައް ލިބެމުން ދާވަރަކަށް ޓެސްޓް ކުރާމިންވަރު އިތުރުކުރާނެ ކަމަށެވެ. ޓެސްޓް ހެދުމުގެ މަސައްކަތުގައި ހުޅުމާލޭ […]
ތިން ރަށެއްގެ ބަނދަރު ހެދުމަށް ބަޔަކާ ހަވާލުކޮށްފި

ބ. އަތޮޅުގެ ތިން ރަށެއްގެ ބަނދަރު ހެދުމަށް 108.3 މިލިއަން ރުފިޔާއަށް އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީ ހޯގާޑް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒަމީރެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ހެނދުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ކުޑަރިކިލު، ކިހާދޫގެ އިތުރުން ދޮންފަނެވެ. ބަނދަރު ހެދުމުގެ […]
ގިނައަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާލޭސިޓީގެ ތިން ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އާއިއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ގަލޮޅުގެ އަކާއި މާފަންުގެ ދެ ގެއެއް ފާސްކޮށް ބެލިބެލުމުން މަސްތުވާތަކެއްޗާއި ފައިސާ ފެނިގެން މިދިޔަ ހޯމަ ދުވަހުގެ ރޭގަޑުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. ފުލުހުން ވިދާޅުވިގޮތުގައި […]
ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ރަށްރަށުގައި އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި އެވެ. އެމްބިއުލާންސް ފޮނުވާފައިވަނީ ހއ.ކެލާ، ގއ ދާންދޫގެ އިތުރުން ގދ ހޯޑެއްދޫއަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މި އެމްބިއުލާންސްތައް ފޮނުވާފައިވަނީ ސިއްޚީ ޚިދުމަތް ހޯދުމަށް އާންމުން އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެއްގެ ތެރެއިން ފޯރުކޮށްދީފައިވާ އެމްބިއުލާންސްތަކެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން މީގެ ކުރިންވެސް ވަނީ އެމްބިއުލާންސްނެތް ހަތަރުރަށަކަށް އެމްބިއުލާންސް ފޮނުވާފައެވެ. އެއީ ބ.ފޮޅަދޫ، ފެހެންދޫ، ކިހާދޫގެ […]
އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަފްތާއަކު ފަސްދަތުރު ކުރަންހަމަޖައްސައިފި

އަވައްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަފްތާ އަކު ފަސް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ. ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވާގޮތުން މި މަހު ތިންވަނަ ދުވަހުން ފެށިގެން އިންޑިގޯ އެއަރލަިންސް އިން އިންޑިއާގެ ކޮޗިން އާއި މާލެ އާދެމެދު ހަފްތާއަކު ދެ ދަތުރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މިމަހު 10 އަކުން ފެށިގެން މާލެ އާއި ޓްރަވިންޑްރަމާއި ދެމެދުގައި އިތުރު ދެ ފަލއިޓެއް ބޭއްވުމަށް ރާއްޖޭގެ ގައުމީ […]
ގުރައިދޫ ފަޅުތެރެއަށް ވެއްޓި މީހަކު ނިޔާވެއްޖެ

ތ. ގުރައިދޫ ފަޅުތެރެއަށް ވެއްޓި އުމުރުން ދުވަސްވީ މީހަކު ރޭ ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެރަށުފަޅުތެރެއަށް ވެއްޓިގެން ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ވެއްޓިފައިވާނީ އެރަށު ޖެޓީއާއި ދިމާލުން ފަޅުތެރެއަށް ރޭ 20:45 ހާއިރު އެވެ. އޭނާ ނިޔާވެފައި ވަނީ އެރަށު ހެލްތުސެންޓަރަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އޭނާ ބަނދަރަށް ވެއްޓުނީ ކޮންއިރަކުކަމެއް އަދި ސާފެއް ނުވެއެވެ. ބަދަރު ސަރައްދު މޫދުން އެމީހާ ނަގާފައިވަނީ ޑިންގީއެއްގެ ތިބި ބަޔެކެވެ. […]
ވަގަށްނަގާފައިވާ 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަޅުލާފައިހުއްޓާ ހޯދައިފި

ލ. ކަލައިދޫން ވަގަށްނާގާފައިވާ 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަޅުލާފައިހުއްޓާ އިއްޔެ ފުލުހުން ހޯދައިފި އެވެ. ފުލުހުން ވިދާޅުވީ މި ފައިސާތަކަކީ އެރަށު ގެ އަކުން ވަގަށްނަގާފައިވާ ފައިސާތައްކަމަށާއި ފައިސާތައް ފެނިފައިވަނީ އެ އަތޮޅު އިސްދޫ ޕޮލިސް ސްޓޭޝަން އާއި ގަން ޕޮލިސްސްޓޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ރޭގެ ދަންވަރުގެ ވަގުތެއްގައިކަމަށެވެ. ފުލުހުން ހާމަކުރެއްވިގޮތުގައި ވަޅުލާފައި ހުއްޓާ 352500 ރުފިޔާ ފެނިފައިވެ އެވެ. މިއީ ވަގަށްނެގި ހުރިހާ ފައިސާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން […]