ހުޅުމާލޭ ހޮސްޕިޓަލްގައި ކޮވިޑް-19އަށް ޓެސްޓްކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

ާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ޓެސްޓް ހެދުން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓްތައް ކުރަން ފަށައިފިއެެވެ.

 

ކޮވިޑް-19 އަށް ޓެސްޓް ކުރަން އެ ހޮސްޕިޓަލުން ފަށާފައިވަނީ މި ދިޔަ ބުރާސްދުވަހުއެވެ.

 

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ މި އެ ހޮސްޕިޓަލުގެ އަމާޒަކީ ދުވާލެއްގެ މަށްޗަށް 200 ސާމްޕަލް ޓެސްޓްކުރުމަށް ކަމަށާއި ޓެސްޓްހެދުމަށް ބޭނުންވާ ވަސީލަތްތައް ލިބެމުން ދާވަރަކަށް ޓެސްޓް ކުރާމިންވަރު އިތުރުކުރާނެ ކަމަށެވެ.

 

ޓެސްޓް ހެދުމުގެ މަސައްކަތުގައި ހުޅުމާލޭ ހޮސްޕިޓަލްގައި އެކަމަށް ޚާއްސަ ހަތް މުއައްޒަފަކު ހަރަކާތްތެރިވާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

 

ރާއްޖޭގައި ކޮވިޑް- 19 ޓެސްޓް ހެދުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު ރަށްތަކެއްގައި ޓެސްޓް ހެދުމުގެ ކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރަމުންުންނެވެ.

އެގޮތުން ށ. ފުނަދޫ ޅ.ނައިފަރު، ގއ.ވިލިގިލި އަދި ފުވައްމުލަކުގައި ކޮވިޑް-19 އަށް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް