ގިނައަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭސިޓީގެ ތިން ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އާއިއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ގަލޮޅުގެ އަކާއި މާފަންުގެ ދެ ގެއެއް ފާސްކޮށް ބެލިބެލުމުން މަސްތުވާތަކެއްޗާއި ފައިސާ ފެނިގެން މިދިޔަ ހޯމަ ދުވަހުގެ ރޭގަޑުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވިގޮތުގައި މާފަންނުން ފުލުހުން ބަލައި ފާސްކުރި ދެ ގޭގެތެރެއިން އެއްގެއިން މަސްތުވާވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 84 ދަޅާއި ރަބަރު ޕެކެޓަކާއި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން 2750 ރުފޔާ ފެނިފައިވާ ކަމަށެވެ. އަދި އަނެއްގެއިން 54800 ރުފިޔާ ވަނީ ފެނިފައެވެ.

ގަލޮޅުން ބަލައި ފާސްކުރި ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅުގެ އިތުރުން ދެ ޖޫސްޕެޓީ ކޮތަޅު ވެސް ފެނުނުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންގައި 3.301 ކިލޯގެ ބަރުދަނުގެ މަސްތުވާތަކެތި ފެނުނުކަމަށާ އެއިދާރާއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް