ބިޔަރު ދަޅު ތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މާލެއިން ބިޔަރު ދަޅުތަކަކާއެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލައި ފާސްކުރި އިރު އެގެއިން 240 ބިޔަރު ދަޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ބިޑި ފެނިފައި ވެއެވެ.

ފުލުހުން ވިދާޅުވީ ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ތަކެތި އަތުލައިގަނެ، މި ތަކެއްޗާއި ގުޅުން ހުރިކަމުގެ ތުހުމަދުގައި މީހުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހަތް މީހުންނަކީ 19 އަހަރާއި 28 އަހަރާ ދެ މެދު މީހުންކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް