ފްލެޓްތަކުގެ ކުލިދެއްކުން އިތުރު ތިން މަހަށް ފަސްކޮށްފި

ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން މާލެސިޓީ އާއި އަތޮޅުތެރެއިން ދޫކޮށްފައިވާ ފްލެޓް އަދި ހައުސިން ޔުނިޓްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ދެއްކުން އިތުރު ތިން މަހަށް ފަސްކޮށްފި އެވެ. ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުލި ދެއްކުން އިތުރުކުރީ ވަރަށްގިނަ ފަރާތްތަކުން މިތަންތަނުގެ ކުލި އިތުރުކޮށްދިނުމަށް އެދެމުން ދާތީކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެނ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން ހަދާފައިވާ ފްލެޓްތަކާއި ހައުސިން ޔުނިޓްތަކުގެ ކުލި ދެއްކުން ވަނީ މިދިޔަ މާޗް މަހުން […]
ލައްކަ އަކަށްވުރެ މަތިން ފައިސާ ދެއްކޭނީ އޮންލައިންކޮށް: މީރާ

އެއްލައްކަ ދިވެހި ރުފިޔާ އާއި ފަސް ހާސް ޑަލަރުން މަތީގެ ހުރިހާ މުއާމަލާތެއް އަންނަ މަހު އެކަކުން ފެށިގެން ހަމައެކަނި އޮންލައިންކޮށް ބަލައިގަންނަގޮތަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ( މީރާ) އިން ހަމަޖައްސައިފި އެވެ. މީރާއިން ބުނީ ބޮޑެތި އަދަދުތަކުން ނެގޭ ފައިސާ އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެއްސީ ދިވެހިރާއްޖޭގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ޚިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިގްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރުކުޑަކުރުމުގެ ގޮތުންކަމަށެވެ. މީރާ އިން ބުނީ އަންނަ […]
ބަނގުރާ އުފުލި ޕިކަޕެއްހުޓުވުމުން ބިދޭސީންތަކެއް ފުލުހުންނަށް ހަމަލާދީފި

މާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާ އާއެކު ދަތުރުކުރި ޕިކަޕެއް ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން އޭގައި ތިބި ބިދޭސީން ތަކެއް ފުލުހުންނަށް ހަމަލާދީފި އެވެ. ފުލުހުން މިއަދު ވިދާޅުވީ އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮފަރޭޝަނެއްގައި ހަނދުވަރީ ހިނގުމުން ދުއްވާފައިދިޔަ ޕިކަޕެއް ބަލައި ފާސްކުރަން އެ ޕިކަޕް ހުއްޓުވަން މަަސައްކަތް ކުރުމުން އޭގެއިން ދަތުރުކުރި ބިދޭސީންތަކެއް ފިލަން މަސައްކަތް ކޮށް ފުލުހުންނަށް ހަމަލާދީފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ އެ ޕިކަޕްތެރެއިން ބަލައި ފާސްކޮށް ގިނަ […]
ކުޑަކުދިންނަށް ޖިންސީގޯނާކުރުން ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފި

ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައަޅައިފި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެ ގާނޫނު ތަންފީޒުކުރުމުގައި ގާނޫނީ ގޮތުން ދިމާވެފައިވާ ދަތިތައްހައްލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލަށް މުހިންމު އިސްލާހުތައް ގެނެސް އެ ބިލު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ އިއްޔެގައެވެ. މި އިސްލާހުގެ ތެރޭގައި ”ޖިނާއީ ބޮޑު ކުށެއް“ ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރޭގައި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ […]
ބައިނަލްއަގްވާމީ ބަނދަރެއް ގުޅީގަފަޅުގައި ހެދުމަށް އާންމުންގެ ޚިޔާލުހޯދަށް ސާރވޭއެއް ފަށައިފި

ގުޅީފަޅުގައި ބައިނަލް އަގްވާމީ ބަދަނރެއް ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އިކޮނުމިކް ޑިވެލޮޕްމަންޓުން ސާރވޭ އެއް ފަށައިފި އެވެ. މި ސާވޭ އަކީ މި މަޝްރޫގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައުއަށް އަސަރުފޯރާނޭ މިންވަރު ބެލުމުގެ ގޮތުން ލޭންޑް އެންޑް މެރިން އެންވަޔަރަމެންޓަލް ރިސޯސް ގްރޫޕު(ލަމަޔަރ) އިން ތަައްޔާރުކުރާ ރިޕޯޓަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރާ ސާރވޭއެކެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ސާވޭ އަކީ މާލޭގެ ބަނދަރުތަކުގައި ދެވޭ ޚިދުމަތްތައް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއުރާވާލެވިފައިވާ ގޮތާމެދު […]
އަތޮޅުތެރޭ ކުރި ފުރަތަމަ ނާރުގެ އޮޕަރޭޝަން އައްޑޫސިޓީގައި ކޮށްފި

އަތޮޅުތެރޭ ރަށެއްގައި ކުރި ފުރަތަަމަ ނާރުގެ އޮޕަރޭޝަން އައްޑޫސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޮށްފިއެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ ބޮލަށް ބޮޑެތި ގެއްލުންތަކެއް ވެގެން އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ 62 އަހަރުގެ ފިރިހެނަކަށްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އުމުރުން ދުވަސްވީ މި މީހާއަކީ މަސައްކަތުގައި އުޅެނިކޮށް ބޮަލުގައި އެއްޗެއްޖެހި ބޮލަށް ބޮޑެތި ގެއްލުންތަކެއް ވެފައި ހުރި މީހެކެވެ. ހޮސްޕިޓަލުން ވިދާޅުވީ އެމީހާގެ ހޮސްޕިޓަލަށް ގޮސް ހެދި ޓެސްޓުތަކުން ދެއްކީ ބޮލުގެ ނާށިގަނޑުތެރެއަށް ލޭ އެޅިފައިވާކަމެވެ. މ […]
ޕިކަޕަކާއި ވޭން އަކުން ގިނަ އަދަދެއްގެ ބަނގުރާ ފެނިއްޖެ

މާލެ ސިޓީގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ޕިކަޕަކާއި ވޭން އެއް ބަލައި ފާސްކޮށް އޭގެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކެއް ފުލުހުން ހޯދައިފިއެވެ. ފުލުހުން ވިދާޅުވީ މި ވެހިކަލްތައް ބަލައި ފާސްކުރިކުރުމުންް 511 ބިޔަރު ދަޅާއި 116 ބަނގުރާ ފުޅި ފެނިފައިވާކަމަށެވެ. އެގޮތުން އަންގާރަދުވަހު މާލޭ ސިނާއީ ސަރަހައްދުން ވޭން އެއް ހުއްޓުވައި ބަލައި ފާސްކުރި އިރު 116 ފުޅި ބަނގުރާ ފެނުނުކަމަށެވެ. މި މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފޮރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. […]
ފޯކައިދޫ ބަނދަރު ހެދުމަށްދިޔަ ވަފްދަށް ހޫނު މަރުހަބާއެއް ކިޔައިފި

ށ. ފޯކައިދޫއަށް ޒަމާނުއްސުރެ ދިމާވަމުން އައި ލަފުރުމުގެ ދަތިތަކަށް ހައްލެއް ގެނައުމަށް އެރަށު ބަނދަރު ހަދަންފިޔަ އެމްޓީސީިގެ ވަފްދަށް ރަށުގެ ރަށްޔިތުން ވަރަށް ހޫނު މަރުހަބާއެއްކިޔައިފި އެވެ. ރަށު ބަނދަރުހަދަން ބުރާސްފަތި ދުވަހު އެރަށަށް ދިޔަ ވަފްދު ރަށަށް ދިޔައީ ބަދަނރު ހެދުމަށް ބޭނުންވާ ހުރިހާ ސަމާނާ އެކީގައެވެ. ފޯކައިދޫ ރައްޔިތުންވަނީ ބަނދަރު ސަރަހައްދު ވަރަށްބޮޑަށް ޒީނަތްތެރިކޮށް ގިނަ އަދަދެއްގެ ގައުމީ ދިދައާ އެކު އެމްޑީސީސީގެ ވަފްދަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. […]
ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ހެދި ގަވާއިދު އުވާލައިފި

ރާއްޖޭގައި ޚިދުމަތްދޭ ޝިޕިން އޭޖެންސީތައް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކުރަން ލާޒިމްކޮށް އުފެއްދި ގަވާއިދު “ ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު“ އުވާލައިފިއެވެ. މޯލްޑިވްސް ޓްރާންޕޯޓް އޮތޯރިޓީން އެ ގަވާއިދު އުވާލައި އެކަން މިހާރުވަނީ ގެޒެޓް ކޮށް އިއުލާންކޮށްފައެވެ. ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވީ އެ ގަވާއިދު އުވާލީ ގަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވުމުން އަލުން މުރާޖައާ ކުރަންކަމަށެވެ. ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު ގެޒެޓްކޮށް […]
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފި

މާލެސިޓީން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އާއި އެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ވިދާޅުވީ މި މީހުން ހައްޔަރު ކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ހެންވޭރު ގެ އެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިގެންނެވެ. އެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ދެލޯފިންކޮޅާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި […]