ބަނގުރާ އުފުލި ޕިކަޕެއްހުޓުވުމުން ބިދޭސީންތަކެއް ފުލުހުންނަށް ހަމަލާދީފި

46

މާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާ އާއެކު ދަތުރުކުރި ޕިކަޕެއް ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން އޭގައި ތިބި ބިދޭސީން ތަކެއް ފުލުހުންނަށް ހަމަލާދީފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮފަރޭޝަނެއްގައި ހަނދުވަރީ ހިނގުމުން ދުއްވާފައިދިޔަ ޕިކަޕެއް ބަލައި ފާސްކުރަން އެ ޕިކަޕް ހުއްޓުވަން މަަސައްކަތް ކުރުމުން އޭގެއިން ދަތުރުކުރި ބިދޭސީންތަކެއް ފިލަން މަސައްކަތް ކޮށް ފުލުހުންނަށް ހަމަލާދީފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ އެ ޕިކަޕްތެރެއިން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މިދިޔަ ހޯމަ ދުވަހުގައި ހިންގި މި އޮޕަރޭޝަންގައި ޕިކަޕުބަލައި ފާސްކުރިއިރު އޭގެތެރެއިން 192 ދަޅު ބިޔަރާއި 72 ފުޅި ބަނގުރާ އަދި 10 ޕެކެޓް ބަނގުރާ ވަނީ ފެނިފަ އެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ 31 އަހަރުގެ ދިވެއްސަކާއި 26 އަަހަރުގެ ބަގްލަދޭޝް ދެ ފިރިހެނުންނެވެ. މި ތިން މީހުންގެ އިތުރުން ހައްޔަރޮކޮށްފައިވާ މީހާއަކީ 28 އަހަރުގެ މީހެއްކަމަށް ފުލުހުން ހާމަކޮށްފައިވީ ނަމަވެސް އޭނާ އަކީ ކޮންގައުމެއްގެ މީހެއްކަމެއް ފުލުހުން ހާމަކޮފައި ނުވެއެވެ.

މިމަހު 13 ވަނަ ދުވަހު ވެސް ފުލުހުންވަނީ ހެންވޭރުގެއެއްގެ ކައިރީގައި އޮތް ޕިކަޕަކުން ގިނަ އަދެއްގެ ބިޔަރުދަލުތަކެއް ހޯދައިފައެވެ. އަދި އޭގެ ދެ ދުވަސް ފަހުން މާލޭ ސިނާއީ ސަރަހައްދުން ވޭނެއް ހުއްޓުވައި އޭގެއިންވެސް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުްނ ވަނީ ހޯދާފައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ