ބައިނަލްއަގްވާމީ ބަނދަރެއް ގުޅީގަފަޅުގައި ހެދުމަށް އާންމުންގެ ޚިޔާލުހޯދަށް ސާރވޭއެއް ފަށައިފި

87

ގުޅީފަޅުގައި ބައިނަލް އަގްވާމީ ބަދަނރެއް ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އިކޮނުމިކް ޑިވެލޮޕްމަންޓުން ސާރވޭ އެއް ފަށައިފި އެވެ.

މި ސާވޭ އަކީ މި މަޝްރޫގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައުއަށް އަސަރުފޯރާނޭ މިންވަރު ބެލުމުގެ ގޮތުން ލޭންޑް އެންޑް މެރިން އެންވަޔަރަމެންޓަލް ރިސޯސް ގްރޫޕު(ލަމަޔަރ) އިން ތަައްޔާރުކުރާ ރިޕޯޓަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރާ ސާރވޭއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ސާވޭ އަކީ މާލޭގެ ބަނދަރުތަކުގައި ދެވޭ ޚިދުމަތްތައް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއުރާވާލެވިފައިވާ ގޮތާމެދު ޚިޔާލު ހޯދުމުގެ މަގްސަދުގައި ކުރެވޭ ސާރވޭއެއް ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގައި މިހާރުހުރި ހުރިހާ ވިޔަފާރި ބަދަނރުތަކުގެ މަސައްކަތް ގުޅިފަޅަށް ބަދަލުކުރުން ކަމަށެވެ.

އެގޮތުން މި މަޝްރޫއުގައި  މާލޭގެ ކޮމާޝަލް ހާރބަރ، ނޯތު ހާބަރ އަދި ޓީޖެޓީ ސަރަހައްދުގެ ބައެއްޚިދުމަތްތައް ގުޅިފަޅަށް ބަދަލުކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓރީން ހާމަކުރައްވައެވެ.

މާލޭ ކޮމާޝަލް ހާރބަރ އަކީ މާލޭގެ ހުޅަގު ފަރާތުގައި އޮންނަ ވިޔަފާރި ބަދަނރެވެ. މިއީ ރާއްޖެއިން ބޭރުންއަން ހުރިހާ ބޯޓްފަހަރުތައް ބަނދަރުކޮށް ކޮންޓޭނަރތައް ބާލައި ކުލިއާކުރަމުންއަންނަ ސަރަހައްދެވެ. މި ސަރަހައްދުގެ ހުރިހާ މަސައްކަތެއް އަލަށްހެދުމަށް ހަމަޖައްސާފައިވާ ގުޅީފަޅު ބަދަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ނޯތު ހަރބަރ އަކީ މާލޭ ކޮމާޝަލް ހާރބަރ އާއި ޖެހިގެން އޮންނަ ބަނދަރެވެ. މި ބަދަރަކީ އަތޮޅުތަކުން އަންނަ ދޯނި ފަހަރާއި މަސްދޯނިފަހަރުވެސް ބަނދަރުކުރާ ސަރަަހައްދެވެ. މީގެ އިތުރުން އަތޮޅުތަކުން މުދާ ގެންދިއުމަށް ދޯނިތަކަށް މުދާ އަރުވަނީ ވެސް މި ސަރަހައްދުންނެވެ.

ގުޅީފަޅު ބަރދަރުގެ ހުޅުވުމުން ރަށްރަށަށް މުދާ  އުފުލާ ދޯނިފަހަރުތަކުގެ ހުރިހާ މަސައްކަތެއް ގުޅީފަޅަށް ބަދަލުކުރެވޭނެއެވެ.ނަމަވެސް މަސްދޯނިފަހރާއި ރަށްރަށުން އަންނަ މީހުން އުފުލާ ދޯނިފަހަރުތަކަށް މި ސަރަހައްދާއި ގާތްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ޓީޖެޓީ ސަރަހައްދަކީ ފެރީދަތުރުތަކާއި ރިސޯޓް ބޯޓްފަހަރު މުދާ ބަރުކުރުމާއި ދޯނިފަހަރަށް ތެޔޮއަަޅައި ހަދާ ބަދަރެކެވެ. އަދި މީގެ އިތުރުން މި ސަރަހައްދުގައު ވަރަށްގިނަ ލޯންޗްފަހަރު އަޅާފައި އޮވެއެވެ. ގުޅީފަޅު ޕޯޓް ހުޅުވުމުން ރިސޯޓް މުދާ އުފުލާ ބޯޓްފަހަރުގެ މުދާ އުފުލުމުގެމަސައްކަތް އެ ޕޯޓަށް ބަދަލުކުރެވޭނެއެވެ. ނަމަވެސް ރަށްރަށަށް ކުރާ ފެރީ ދަތުރުކުރުމުގެ ޚިދުމަތާއި ބޯޓް ފަހަރު އެޅުމުގެ ޚިދުމަތްވެސް މިހާރުވެސް ކުރިއަށްގެންދާ ޓީޖެޓީ ސަރަހައްދުގައި ދެވޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވާގޮތުގައި މާލޭގެ އެކި ސަރަހައްދުގައި ހުރި މި ބަދަރުތަކުގެމަސައްކަތއް ގުޅީފަޅަށް ބަދަލުކުރުރެރެވޭނީ 2023 ވަނަ އަހަރުގައެވެ. އަދި އެހާތަނަށް މާލެ، ވިލިގިނލި، އަދި ގުޅީފަޅު ގުޅޫވައިދޭ ބްރިޖް އެޅުމުގެ މަޝްރޫއު ވެސް ނިމޭނެކަމަށް މިނިސްޓްރީން ލަފާކުރައްވައެވެ.

1 ހިޔާލު

  1. ކުރިޔަށް އޮތް ދެތިންއަހަރަށް އަމާޒުކޮށްގެން ހަދާ ބަނދަރެއްނަމަ ބުނާނެ އެއްޗެއް ނެތެވެ. އެކަމަކު ދިގުމުއްދަތަކަށް އިގްތިޞާދު ރާވައިގެން ހަދާ ތަނެއްކަމުގައިވާނަމަ ގުޅީފަޅުގައި ބައިނަލް އަގްވާމީ ސީޕޯޓެއް ހެދުމަކީ ބޭކާރުކަމެކެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ