ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ހެދި ގަވާއިދު އުވާލައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ޚިދުމަތްދޭ ޝިޕިން އޭޖެންސީތައް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކުރަން ލާޒިމްކޮށް އުފެއްދި ގަވާއިދު “ ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު“ އުވާލައިފިއެވެ.

މޯލްޑިވްސް ޓްރާންޕޯޓް އޮތޯރިޓީން އެ ގަވާއިދު އުވާލައި އެކަން މިހާރުވަނީ ގެޒެޓް ކޮށް އިއުލާންކޮށްފައެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވީ އެ ގަވާއިދު އުވާލީ ގަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވުމުން އަލުން މުރާޖައާ ކުރަންކަމަށެވެ.

ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފެށީ ޖުލައި 16 ވަނަދުވަހުގައެވެ.

އެ ގަވާއިދުގައި ވާގޮތުން މިދިޔަ މަހުގެ 16ގެ ކުރިން ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ ޝިޕިން އޭޖެންސީތައް ރަޖިސްޓްރީ ކުރަންޖެހެއެވެ.

ގަވާއިދުގައި ބުނެފައިވާގޮތުން ރާއްޖޭގެ ވިޔަފާރި ބަދަރުތަކުގައި ޝިޕިން އެޖެންޓްކަން ކުރަންވާނީ ޓްރާސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ހޯދުމަށްފަހުގައެވެ. ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މި ލައިސަންސް އެހެން ފަރާތަކަށް ބަދަލުކުރުމަކީ މަނާކަމެކެވެ.

އެ ގަވާއިދު އުފެއްދީ ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންގެ ބޭނުންވި ގޮތަށް ކަމށް އޭރު ޓްރާސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ވިޔަފާރިވެރިންގެ ގިނަ ޝަކުވާތަކެއް ކުރިމަތިވާ ކަމެއް ކަމަށްވާ ތަފާތު ނަންނަމުގައި އެޖެންސީތަކުން ނަގަމުން އަންނަ ފީހުއްޓުވުން ފަދަ ކަންތައް ހުއްޓި ވިޔަފާރަވެރިންނަށް ފައިދާ ވާގޮތަށް އެކުލަވާލި ގަވާއިދެއްކަމަށް އޭރުވަނީ ވިދާޅުވެފައެވެ.

 

Loading

One Response

  1. ގިނަވިޔަފާރިވެރިންތަކެއްގެ ބޭނުންވިގޮތަށް ނޫނީ ވަކިބަޔަކު ބޭނުންވާގޮތަށްް ގަވައިދު ހެދުމުގެ ބަދަލުގައި ގާނޫނާއި ގަވައިދު ހަދަން ޖެހޭނީ ކުރިމަތީގައި އޮތް މައްސަލަ ހައްލުކުރާށެވެ. އެހެންނޫނީ ދިމާވާނީ މިކަހަލަ ގޮތެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް