ޕިކަޕަކާއި ވޭން އަކުން ގިނަ އަދަދެއްގެ ބަނގުރާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

މާލެ ސިޓީގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ޕިކަޕަކާއި ވޭން އެއް ބަލައި ފާސްކޮށް އޭގެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މި ވެހިކަލްތައް ބަލައި ފާސްކުރިކުރުމުންް 511 ބިޔަރު ދަޅާއި 116 ބަނގުރާ ފުޅި ފެނިފައިވާކަމަށެވެ.

އެގޮތުން އަންގާރަދުވަހު މާލޭ ސިނާއީ ސަރަހައްދުން ވޭން އެއް ހުއްޓުވައި ބަލައި ފާސްކުރި އިރު 116 ފުޅި ބަނގުރާ ފެނުނުކަމަށެވެ.

މި މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފޮރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން މި މަހުގެ 13 ވަނަދުވަހުގެ ވަގުތެއްގައި ހެންވޭރު ގެއެއް ކައިރީގައި އޮތް ޕިކަޕަކުން އެއްޗެހިތަކެއް ބާލަމުންދިޔަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ޕިކަޕް ބަލައި ފާސްކުރި އިރު އޭގެ ތެރެއިނ ް511 ބިޔަރު ފެނުނުްކަމަށް ވެސް ފުލހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަތައް އިތުރައް ތަހުގީގީގު ކުރަމުންނެވެ.

Loading

One Response

  1. މިއީ މިއަދުގެ ޙާލަތެވެ. މީގެ 50-60 އަހަރު ކުރީގައިވެސް ބަނގުރަލާ ބިޔަރު މަދެއްނުވާނެއެވެ. އެކަމަކު ސަންދާނުގައި މިއަދު ޝާއިޢު ކޮށްފައިވާ ލިއުމެއްގައިވެސް ބުނެފައިވާފަދައިން އޭރުގެ މީހުންނަށް އޭރުގައިވެސް އަދި މިހާރަކުވެސް ބަނގުރަލަކީ އެހާދޯޅު އެއްޗަކަށް ނުވެއެވެ. ގައުމުގައި ފަގީރުކަން އިންތިހާއަށް ޢާންމުވެއްޖެއެވެ. މަކަރާ ހީލަތާއި ވައްކަން ކުރުން ދަނީ ގިނަވަމުންނެވެ. މިކަންތައްތަކާ ވިސްނިވަރަކަށް ބޯހަލާކުވަނީއެވެ. މަންމަނަކަށް ވީކަންވެސް ނަސީބެކެވެ. ވާހަކަނުދެއްކުން އުޒުރެކޭ ބުނެވިދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް