ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މާލެސިޓީން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އާއި އެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ މި މީހުން ހައްޔަރު ކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ހެންވޭރު ގެ އެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިގެންނެވެ.

އެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ  އެއްޗެއްހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ދެލޯފިންކޮޅާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެެވެ.

އަދި މިތަކެތީގެ އިތުރުން މަނާ ބޭހުގެ 225 ގުޅައާއި ބަނގުރާ ފުޅިއަކާއި 17150 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުުހުން މައުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ  19 އަހަރާއި 28 އަހަރާ ދެމެދުގެ ހަތް ފިރިހެނުންކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް