އައްޑޫސިޓީން އެއްދުވަހެއްގެ ތެރޭ މައިބަދައިގެ ފަސް އޮޕަރޭޝަންއެއް

އައްޑޫސިޓީގައި އެންމެފަހުން ހުޅުވި ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓާލް ( އޭއީއެޗް) އިން އެއް ދުވަހެއްގެ ތެރޭ މައިބަދައިގެ ފަސް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ. މި އޮޕަރޭޝަންތަކުގެ މައުލޫމާތު ހާމަކޮށް އޭއީއެޗް އިން މިއަދު ކުރި ޓްވީޓެއްގައި ވާގޮތުން މި އޮޕަރޭޝަންތައް ކޮށްފައިވަނީ އައިޖީއެމްއެޗްގެ ކަށީގެ ޚާއްސަ ޑޮކްޓަރެއްކަމުގައިވާ ޑރ. ޔޫސުފް ޝާންގެ ބެއްލެވުމުގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ. އޭއީއެޗް އިން ހާމަކުރެވި ގޮތުގައި މި އޮޕަރޭޝަންތަކުގައި ފުވައްމުލައް ސިޓީ އަދި ގދ. ތިނަދޫން އެ […]
ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށައިފި

ބ.ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ ( އެމްޓީސީސީން) ހާމަކުރެއްވި ގޮތުގައި މި މަޝްރޫގެ ދަށުން 214 ސަރަހައްދެއްގައި އެއްގަމުތޮށި ލައި 130 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލާނެއެވެ. ބަނދަރު ތަރައްގީކުރުމަށް ހިންގާ މި މަޝްރޫއުގެ ދަށުން ފެހެންދޫގެ 25000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 18500 މީޓަރު ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ އިތުރުން އިތުރުން 282 މީޓަރު […]
އެތެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން ފަސްމީހަކު ހައްޔަރުކޮށްފި

އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ. ފުލުހުން ހާމަކުރިގޮތުގައި ހައްޔަރު ކޮށްފައިވަނީ ޕާކިސްތާނުގެ ހަތަރު ފިރިހެނުންނާއި ކެންޔާ އަންހެނެކެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ޕާކިސްތާނަށް ނިސްބަތްވާ ހަތަރުމީހުންނަކީ އަހުސަން އުލްހަސަން،30، މުހައްމަދު ބާއިގް،41 އާއި މުހައްމަދު ސާދު ވަރްސީ، 22 އަދި އަބްދުﷲ އަލީ ހަސަން،34 އެވެ. އެމީހުން ރާއްޖެއައުމުން އެމީހުންނާމެދު ޝައްކުތަކެއް ކުރެވިގެން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން […]
އައްޑޫސިޓީ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 98.6 ކިލޯއަށް އަރާ: ފުލުހުން

އައްޑޫސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮފަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 98.6 ކިލޯ އަށް އަރާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ. ފުލުހުން ރޭ ނެރުރު ބަޔާނެއްގައި ހާމަކުރެއްވިގޮތުގައި މި މައްސަލައާއިގުޅިގެން 14 މީހަކު ހައްޔަރުކޮށް ތަހުގީގު ކުރަމުން ދާ ކަމަށެވެ. ފުލުހުންގެ ބަޔާނުގައި ވާގޮތުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މިމައްސަލައިގައި އިސްކޮށް އުޅުނީ އައްޑޫސިޓީ ހިތަދޫ، ފިނިވަރު، އަބްދުﷲ އިބްރާހިމް 33، ކަމަށެވެ. ޝަރީއަތްނިމެންދެން ބަންދުގައިބެހެއްޓުމަށް މީނާގެ އިތުރުން ހަމަ އެރަށު ކޯޅި، މުހައްމަދު ޔާމިން ނަސީރު ، […]
އައްޑޫސިޓީގައި ހިންގި އޮޕަރޭޝަންގައި 80ކިލޯގެ މަސްތުވާތަކެތި ހޯދައިފި

އައްޑޫސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަންއެއްގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. އިއްޔެގެ ވަގުތެއްގައި ކަނޑުމަތިން އަތުލައިގަތް މި މަސްތުވާތަކެއްޗާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ކޮމިޝަނަރު ވިދާޅުވީ މި އޮޕަރޭޝަން އަކީ ސީދާ ދިވެހި ފުލުހުން ހިންގި އޮޕަރޭޝަން އެއް ކަމަށެވެ. މި އޮޕަރޭޝަން އަކީ ދިވެހި ފުލުހުން ހިންގި އޮޕަރޭޝަން އެއްކަމަށް ސީޕީ ވިދާޅުވި ނަމަވެސް ޕާކިސްތާން ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި އޮޕަރޭޝަން […]
އެއަރޕޯޓްތައް ހިންގުމަށް ކުންފުންޏެއް އުފައްދައިފި

ރާއްޖޭގެ އެއަރޕޯޓްތައް ތަރައްގީކޮށް ހިންގުމަށް “ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް“ގެ ނަމުގައި ކުންފުންޏެއް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދައިފި އެވެ. ރައިސް އޮފީހުން ބުނީ މި ކުންފުނި ހެދުމުގެ މަގްސަދަކީ ސަރުކާރުން ހިންގަމުންގެންދާ ސަރަހައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށްޓަކައި ކަމަށެވެ. މީގެ ކުރިން އެއަރޕޯޓްތައް ބަލަހައްޓަމުން އައީ ރީޖަނަލް އެއަރޕޯޓްސް އެތޯރިޓީ އިންނެވެ. […]
ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އޭނާ ވަނަވަރު ހާމަކޮށްފި

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދާ ނުފެނިފައިވާ މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ހާމަކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ވަނަވަރު އާންމުކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫ، ހަވޭލި މުހައްމަދު ފާޒަލް. 26 އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ މާޗް 12 ވަަނަދުވަހު ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. މުހައްމަދު ފާޒަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުވައި މައުލޫމާތު […]
ކައުންސިލްތަކަށް މުއައްޒަފުން ނެގުމުގެ ހުއްދަދީފި

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށާއި އާ މަގާމުތަކަށް މުއައްޒފުން ނެގުމުގެ ހުއްދަ ހަ މަަސް ފަހުން ސިވިލް ސާވިސް ކޮމިޝަން ( ސީއެސްސީ) ދީފި އެވެ. ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސްމަގާމުތަކަށް މުއްޒަފުން ނެގުމާއި އެ އިދާރާތަކަށް އާ މަގާމު އުފައްދަައިދިނުން ވަގުތީގޮތުން މަޑުޖައްސާފައިވަނީ ފެބުރުއައީ ހަ ވަނަ ދުހަކުއެވެ. ސީއެސްސީން ބުނީ މި މަގާމުތަކަށް މުއައްޒަފުން އައްޔަންކުރަން ހުއްދަދިނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ […]
ކޮޗިން އިން ރާއްޖެ އައި ފުރަތަމަ ކާގޯ ފެރީ

އިންޑިއާ އާއި ރާއްޖެ އާ ދެމެދު ފެށި މުދާ އުފުލާ ފެރީގެ ޚިދުމަތުގެ ދަށުން އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް ފުރި ފުރަތަމަ ކާގޯ ފެރީ މިއަދު ކުޅުދުއްފުޓަށް ބަނދަރުކޮށްފި އެވެ. ކުޅުދުއްފުށީގައި ބަނދަރުކުރި މި ފެރީ ( އާގު ބޯޓް) ކޮޗިން އިން ފުރާފައި ވަނީ މީގެ ހަރަތު ދުވަސްކުރިން މި ދިޔަ އަނގާރަދުވަހު އެވެ. “ އެމް ސީޕީ ލިންޒް“ ނަމަކަމަކަށް ކިޔާ މި ބޯޓަކީ ސައިޕުރަސް ގައި ރެޖިސްޓްރީ ކޮށްފައިވާ ބޯޓެކެވެ. ގުރޮސް […]
ުރަތަމަ ފަސް ގަޑިއިރުތެރޭ 72 ހާހަށްވުރެ ގިނަ މީހުން އުމްރާއަށް ރަޖިސްޓްރީކޮށްފި

އުމްރާގެ މަތިވެރި އަޅުކަންކުރުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވިތާ ފަސް ގަޑިއިރުތެރޭ 72 ހާހަށްވެރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެޅިރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން އުމްރާގެ އަޅުކަން ކުރުން މަޑުޖެހިފައި އުތުމަށްފަހު އަންނަ މަހުގެ ހަތަރަކުން ފެށިގެން އުމްރާގެ އަޅުކަން ކުރުމުގެ ފުރުސަތު ސައުދީ ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ. އުމްރާއަށް ރަޖިސްޓްރީވެވެނީ އެކަމަށް ޚާއްސަ ކޮށްފައިވާ މޯބައިލް އެޕެއް މެދުވެރިކޮށެވެ. މި އެޕް މިއަދު އާންމު ކުރުމާއެކު ފުރަތަމަ ފަސް ގަޑިއިރުތެރޭ 72 […]