އެތެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން ފަސްމީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ހާމަކުރިގޮތުގައި ހައްޔަރު ކޮށްފައިވަނީ ޕާކިސްތާނުގެ ހަތަރު ފިރިހެނުންނާއި ކެންޔާ އަންހެނެކެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ޕާކިސްތާނަށް ނިސްބަތްވާ ހަތަރުމީހުންނަކީ އަހުސަން އުލްހަސަން،30، މުހައްމަދު ބާއިގް،41 އާއި މުހައްމަދު ސާދު ވަރްސީ، 22 އަދި އަބްދުﷲ އަލީ ހަސަން،34 އެވެ.

އެމީހުން ރާއްޖެއައުމުން އެމީހުންނާމެދު ޝައްކުތަކެއް ކުރެވިގެން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަލެއް ހުރިކަމަށް ފާހަގަ ކުރެވުމުން ހޮސްޕިޓަލުގައި އެމީހުން އެޑްމިޓް ކުރިކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކުރި ޕާސްކިސްތާން މީހުން ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 11ގއެވެ. ކެންޔާ އަންހެންމީހާ އައި މިދިޔަމަހުގެ 29ގައިކަމަށް ފުލުހުން ހާމަކުރެއެވެ.

އެމީހުން ހައްޔަރުކުރީ އެމީހުން އެޑްމިޓްކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އިރު އެމީހުން ބޮޑުކަމު ދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޕާކިސްތާނުގެ ހަރަތު މީހުންގެ އަތުން މަސްތުވާތަކެތިކަމށް ޝައްކުކުރެވޭ 81 ބްލެޓް ފެނުނުކަމަށް ވެއެވެ. މި ތަކެތީގެ ބަރުދަނުގައި 791ގްރާމް ހުރިކަމަށް ވެސް ފުލުހުން މައުލޫތުދެއްވައެވެ.

ކެންޔާއަށް ނިސްބަތްވާ ޖެޑިޑާ އެންޑުގޫ،27ގެ ހަށިގަނޑުން މަސްތުވާތަކެތިކަމަށްޝައްކުކުރެވޭ 53 ބްލެޓް ފެނުނުކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މިމައްސަލައިގައި ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއްގައި އެމީހުން ބަންދުގައި ބެހެއްޓުމަށް އަމުރުނެރެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް